ޕްރެމިއަރ ލީގު: (މާރޗް 11، 2022 )، ޕްރެމިއަރ ލީގުގައި ކުޅެވުނު މެޗުތަކުން ޗެލްސީ އާއި ނޯވިޗް ސިޓީ ބައްދަލު ކުރި މެޗު ޗެލްސީ ކާމިޔާބު ކޮށްފިއެވެ. އިނގިރޭސި ސަރުކާރުން ޗެލްސީ އަށް ދަތި ކުރުމުގެ ފަޔަވަޅުތަކެއް އަޅާފައި ވުމުން މަދު އަދަދެއްގެ ސަޕޯޓަރުން ކުޅިބަލަން ދިޔަ މިމެޗުގައި ފުރަތަމަ ހާފުގެ ކުރީ ކޮޅު ލިބުނު ކޯނަރަކުން 3 ވަނަ މިނެޓްގައި ޗަލޮބަ ލީޑު ހޯދަދިން އިރު ކައި ގެ އެސިސްޓަކުން މައުންޓް އިތުރު ގޯލެއް ޖަހާ 14 ވަނަ މިނެޓްގައި ލީޑު ފުޅާކުރި އެވެ. ފުރަތަމަ ހާފް މުޅިންހެން ކޮންޓްރޯލް ކޮށް ޗެލްސީ މޮޅު ކުޅުމެއް ކުޅުން ކަން ފާހަގަ ކުރެވުނެވެ.
ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ނޯވިޗް ކުޅުން ރަނަގަޅު ކޮށް ޗެލްސީ އަށް ބާރު ބޮޑު ކުރަންފެށިއެވެ. އެގޮތުން ތަނަވަސް ކުރި ފުރުސަތެއް ގައި މެޗުގެ ފުރަތަމަ ގޯލު ޖެހި ޗަލޮބާ ގެ އަތުގައި ބޯޅަ ޖެހި ނޯވިޗް އަށް ޕެންޓި އެއް ލިބުނެވެ. 69 ވަނަ މިނެޓުގައި ޕުކި ކާމިޔާބު ކުރި ޕެނަލްޓީން ދޭއް ، އެކަކަށް ނަތީޖާ ފަރަގު ކުޑަކުރިއެވެ. ނޯވިޗް ގެ ގޯލާއި އެކު ކުޅުން އިތުރަށް ރަނގަޅު ކޮށް ކުޅެމުން ދަނިކޮށް ޗެލްސީން 3 ވަނަ ލަނޑު ޖަހާ 3 ޕޮއިންޓް ޔަގީން ކުރީ ކައި ގެ ގޯލަކުން 90 ވަނަ މިނެޓްގައެވެ. މިއީ ބަލަދު ކުޅުން ތެރިއެއް ގޮތުގައި ނިކުމެ ކާންޓެ ތަނަވަސް ކޮށް ދިން ފުރުސަތެއް ގައި ކާމިޔާބު ކުރި ލަނޑެކެވެ.
ދަނޑުން ބޭރުގައި ޗެލްސީ އަށް ދިމާވެފައިވާ މައްސަލަ ތަކުގެ ސަބަބުން ޚަރަދު ކުރުމުގައި ވަނީ ދަތިތަކާއި ކުރިމަތި ވެފައެވެ. އަދި ސްޕޮންސަރުން އެގްރިމެންޓް ބާތިލު ކުރަން އުޅޭ ވާހަކަ ވެސް މީޑިއާ ގެ ސުރުޚީ ތަކަށް ވަނީ އަރާފައެވެ.
ލީގުގައި ކުޅޭވުނު އެހެން މެޗުތަކަށް ބަލާ އިރު ނިއުކާސަލް ވަނީ ސައުތުހެމްޓަން އަތުން ދޭއް އެކަކުން މޮޅުވެ އެންމެ ފަހުން ކުޅުނު 10 މެޗުން ނުވަ މޮޅު ހޯދާފައެވެ. ވޮލްވްސް 4-0 ކުން ވަޓްފޯޑް ބަލި ކުރި އިރު ޖެރާޑް ގެ އެސްޓަން ވިލާ ވަނީ ލީޑްސް ގެ މައްޗަށް 3-0 ކުން ކުރި ހޯދާފައެވެ
