ޖޭޕީގެ ޓިކެޓަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތު ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ޖޭޕީގެ ޓިކެޓުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކުން ވާދަކުރުމަށް ފުރުޞަތު ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް ދިން ފުރުޞަތު އިއްޔެވަނީ ހަމަވެފައެވެ.

ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 25ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ފުރުމަށްފަހު، އެ ފަރާތެއްގެ ވަނަވަރާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުމަށް ޖޭޕީން ވަނީ އެދިފައެވެ.
ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތުގެ ޞައްޙަކަމާއި ޤާބިލުކަން ބެލުމަށްފަހު އެ ފަރާތްތަކުގެ ކެންޑިޑެސީ ކަށަވަރު ވާނީ ޕާޓީގެ ކައުންސިލުން ނުވަތަ އެކަމަށްޓަކާ ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުން ވަޒަންކޮށް ބެލުމަށްފަހު ކަމަށް ޖޭޕީން ބުނެފައިވެއެވެ.

2019 ވަނަ އަހަރުބޭއްވި 19 ވަނަ މަޖިލީހަށް ޖުމްހޫރީ ޕާޓީން 41 ދާއިރާއަކަށް ވާދަކޮށް 5 ގޮޑި ކާމިޔާބު ކުރިއެވެ. ކާމިޔާބުވީ ކެންދޫ ދާއިރާއާއި، މާމިނގިލީ ދާއިރާއާއި، ދަނގެތީ ދާއިރާއާއ،ި ތިމަރފުށީ ދާއިރާއާއި އިސްދޫ ދާއިރާއެވެ. ނަމަވެސް މިހާރު ޖުމްހޫރީ ޕާޓީ ތަމްޞީލު ކުރާ ތިއްބެވީ އެންމެ 2 މެންބަރުންނެއެވެ. އެއީ އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިންއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *