އެޕަލް ސައިޑަރ ވިނެގަރ އަކީ ގިނަގުނަ ސިއްޙީ ފަރުވާތައް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން ކެއުމަށް ޝައުގުވެރިކަން ކުޑަކޮށްދިނުމުގެ އިތުރުން ކާހިތްވުމުގެ ޝައުގުވެރިކަން ކުޑަކޮށްދީ ފަލަވުން އަދި ބަނޑުހައިވުން ކުޑަކުރުމަށްވެސް އެހީތެރިވެދެ އެވެ. މާބޮޑަށް ފަލަކަމަށް ގަބޫލުކުރެވޭމީހުން ހިމަނައިގެން އެމީހުންގެ ކެއުމުގައި އެޕަލް ސައިޑަރ ވިނެގަރ ބޭނުންކޮށްގެން 12 ހަފްތާވަންދެން ހެދި ދިރާސާއެއްގައި ދައްކާގޮތުން އެޕަލް ސައިޑަރ ވިނިގަރ ބޭނުންކުރި މީހުންގެ ބަރުދަނާއި ބަނޑުގެ ސަރުބީ ދަށްވިކަމަށް ދެއްކިއެވެ. މި ލިޔުމުގައި އަލިއަޅުވާލަނީ މިއިން ލިބޭ އިތުރު ފައިދާތަކަށެވެ.
އެޕަލް ސައިޑަރ ވިނެގަރ ބަރުދަން ލުއިކުރަން އެހީވޭ.
ކާހިތްވުން ކުޑަކުރުމުގެ އިތުރުން އެޕަލް ސައިޑަރ ވިނެގަރ ގެ ސަބަބުން ބަރުދަން ލުއިކުރުމަށް އަސަރުކޮށްފާނެ ކަމަށް ބެލެވޭ ބައެއް މާއްދާތައް ގިނައިން ހުރެއެވެ. އަދި އެޕަލް ސައިޑަރ ވިނެގަރ އިން ހަކުރުބަލި ކޮންޓްރޯލް ކުރެވޭކަން ފާހަގަކުރެވެއެވެ. މި ވައްތަރުގެ ވިނެގަރުން މައިގަނޑު އަނެއް ބޭނުންތެރިކަމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދިނުމުގެ ޤާބިލުކަމެވެ. އެއީ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ކެއުމަށްފަހު ހަށިގަނޑުގެ ލޭގެ ހަކުރު ރެސްޕޮންސް ރަނގަޅުކޮށްދޭ އެއްޗެކެވެ. 2007 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ނިދާއިރު ދެ ސަމުސާ ވިނަގަރ ބުއިމުން ގްލޫކޯޒް 4 އިންސައްތަ އާއި 6 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށްވެއެވެ.
އެޕަލް ސައިޑަރ ވިނެގާ އިން ހަޖަމުކުރުމުގެ މައްސަލަތައް ހައްލުކޮށްދޭ.
އެޕަލް ސައިޑަރ ވިނެގަރ އަކީ ގޭސްޓްރިކްވުން ލަސްކޮށްދޭ އެއްޗެކެވެ. ބަނޑަށް އުނދަގޫވެދާނެ އުނދަގޫ ކެއުމެއް ކާން ރާވާފައި، ކެއުމުގެ ވިހި މިނެޓް ކުރިން ބިއްލޫރި ތައްޓެއްގެ ހޫނުފެނަށް ސައިސަމުސާއެއްހާ އެޕަލް ސައިޑަރ ވިނެގަރ އަޅާ ބޯލާށެވެ. ވިނެގަރ އިން އެސިޑް ރިފްލަކްސް މަދުކޮށްދޭއިރު، ބެކްޓީރިއަލް އިންފެކްޝަނާ ދެކޮޅަށް ހަނގުރާމަ ކުރެވޭ އެންޓިބަޔޮޓިކް ފީޗާސްތަކެއް އެކުލެވިގެންވުމުގެ އިތުރުން ގޮހޮރުގައި ހުންނަ ރިއްސުންތައްވެސް ކޮންޓްރޯލް ކުރެވޭ މާއްދާތައްވެސް އެކުލެވިގެންވެ އެވެ.
އެޕަލް ސައިޑަރ ވިނެގަރ އިން ހިތުގެ ސިއްހަތު ރަނގަޅުކޮށްދޭ.
ސައިންސްވެރިން ދެކޭ ގޮތުގައި އެޕަލް ސައިޑަރ ވިނެގަރ އިން ކޮލެސްޓްރޯލް މިންވަރު ދަށްކޮށްދީ ހިތުގެ ސިއްހަތު ރަނގަޅުކޮށްދެއެވެ. އެއީ ހިތުގެ ބަލިތައް ޖެހުން ދުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވާ އެލްޑީއެލް (ނުބައި) ކޮލެސްޓްރޯލް ޕާރޓިކަލްސް މަދުކޮށްދެއެވެ. މީގެ އިތުރުން ހިތުގެ ބަލިތަކަށް ނުރައްކާވާ އަނެއް ސަބަބެއް ކަމަށްވާ ލޭގެ ޕްރެޝަރުވެސް މިއިން ދަށްކޮށްދޭ އެއްޗެކެވެ.
އެޕަލް ސައިޑަރ ވިނެގަރ އިން ހަމުގެ ކުލަ އަލިކޮށްދޭ.
މިއީ ބަދިގޭގައި އެޕަލް ސައިޑަރ ވިނެގަރ ބެހެއްޓުމުގެ އަނެއް ފައިދާއެވެ. މި ބޭނުންކޮށްގެން ހަމުގެ ކްރީމެއްގެ ގޮތުގައި ފައިދާހުރި އަގުހެޔޮ ކޮސްމެޓިކްއެއް ހެދިދާނެއެވެ. ހަމައެކަނި ކަފަކޮޅެއްގައި އެޕަލްސައިޑަރ ވިނެގަރ ހޭކުމަށްފަހު މޫނުގައި މަޑުމަޑުން އުނގުޅާލުމުން މޫނުގެ ކުލައަލިކޮށްދެއެވެ. އަދި ލޭދައުރުވުން އިތުރުވެ، މޫނުގައި ޖަހާ ބިހީގެ އަސަރު މަދުކޮށްދެ އެވެ. އަދި މީގައި ހިމެނޭ ބޭނުންތެރި މާއްދާތަކުގެ ސަބަބުން އަވިން އަނދާފައިވާ މޫނުގެ ހަންގަޑާއި މާބޮޑަށް ކުރަކިވެފައިވާ ހަންގަނޑު ރަނގަޅުކޮށްދެއެވެ.
އެޕަލް ސައިޑަރ ވިނެގަރ އިން ކަރުތެރެ ރަނގަޅު ކޮށްދޭ.
އާފަލުސައިޑަރ ވިނެގަރ އަކީ ކަރުތެރެއަށް އުނދަގޫވާ މާއްދާތައް ނައްތާލުމަށް ފައިދާހުރި އެއްޗެކެވެ. ތާފަނާފެނަށް ތިންސަމްސާ ވިނެގަރ އެއްކޮށް ދުވާލަކު ދެތިން ފަހަރު ދޮވެލާށެވެ. އޭރުން ކަރުތެރޭގައި ރިއްސުން ހިނގައިދާނެއެވެ.
އެޕަލް ސައިޑަރ ވިނެގަރ އިން އިސްތަށިގަނޑަށް ފަރުވާ ދިނުން.
ބޯ ދޮންނައިރު އެޕަލް ސައިޑަރ ވިނެގަރ ބޭނުންކުރާށެވެ. ވިނެގަރަކީ އެސިޑިކް އެއްޗަކަށް ވާތީ، އޭގައިވާ އެސިޑިޓީގެ ސަބަބުން އިސްތަށިގަނޑުގެ ޕީއެޗް ބެލެންސް ދަމަހައްޓައި، އޭގައި ހިމެނޭ ގުދުރަތީ ތެޔޮތަކަށް ނުރަނގަޅު އަސަރެއްނުކުރާނެއެވެ. ނަތީޖާއެއްގެ ގޮތުން އިސްތަށިގަނޑު އޮމާންވެ، މަޑުވެ މަޑު އޮފްކަމެއް އެކުލެވިގެން ދެއެވެ. އޭގެ އެންޓިބެކްޓީރިއަލް އަދި އެންޓިފަންގަލް މާއްދާތަކުގެ ސަބަބުން ބޮލުގައި ރިއްސުމާއި އިސްތަށިގަނޑު ހިކިވުމާއި، ބޮލުގެ ހަނގަނޑުގެ މައްސަލަތަކަށް ހައްލު ލިބެއެވެ.
