ބަލި ކުރަން އެނގޭ ކަމަށް ބުނުމުން ދަނޑު މަތިން ނިއުކާސަލް އަށް ޗެލްސީން ރައްދު ދީފި

ޕްރެމިއަރ ލީގު: (މާރޗް 13، 2022 ) ނިއުކާސަލް ގެ ކޯޗަށް އެޑީ ހޮވެ އަށް ޗެލްސީ ބަލިކުރަން އެނގޭ ކަމަށް ބުނެ ޗެލެންޖު ކޮށް ކުޅުނު މެޗުން ނިއުކާސަލް އެކެއް ސުމަކުން ބަލިކޮށް ޗެލްސީން ފުރިހަމަ ރައްދެއް ދީފިއެވެ. ނިއުކާސަލް ބަލި ނުވެ 10 މެޗު ހަމަކުރުމަށް ފަހު ޗެލްސީ ދަނޑުގައި ކުޅުނު މެޗުން ބަލިވެ މިވަނީ ބަލި ނުވެ ދަމަހައްޓަމުން އައި އައުން ނިމުމަކަށް އައިސްފައެވެ. އަދި މޮޅު ވުމާއެކު ޗެލްސީން މިވަނީ ގަދަ ހަތަރެއް ގެ މަގާމު ދިފާއު ކުރުމަށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

ވަރަށް ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލް ޖަހާނެ ހުސް ފުރުސަތު ތަކެއް ލިބިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމި ދެވަނަ ހާފު ގައިވެސް ލަނޑެއް ނުފެނި ދިއުމުގެ ނަތީޖާ އަކަށްވީ ނިއުކާސަލް ގޭމް ލަސް ކޮށް ވަގުތު ބޭކާރު ކުރުމެވެ. ނަމަވެސް ޗެލްސީން ބަދަލު ތައް ގެނެސް ގޯލު ޖަހަން ކުރި މަސައްކަތް ކާމިޔާބު ވީ 89 މިނެޓުގައި ޖޮޖީނިއޯ ތަނަވަސް ކޮށްދިން ފުރުސަތެއް ގައި ކާމިޔާބު ކުރި ލަނޑުންނެވެ.

މިލަނޑާ އެކު އުފާ ފާޅު ކުރަމުން ދިޔަގޮތުން މި މޮޅަށް ބޭނުން ވެފައި ވާ މިންވަރު ހާމަ ވިއެވެ. އަދި ޚާއްސަ ކޮށް މެޗުގެ ކުރިން ނިއުކާސަލްގެ ކޯޗު ދީފައި ވާ ޗެލެންޖް ކާމިޔާބު ކުރިކަމުގެ އުފާ ފާޅުކުރުމެއް ޓުޗެލްގެ ފަރާތުން ފެނިގެން ދިޔައެވެ

ލީގުގައި މިހަފުތާގެ ނަތީޖާތައް

ހޮނިހިރު

ލިވަޕޫލް 2 – 1 ބްރައިޓަން

ބްރެންޓްފޯޑް 2 – 0 ބާންލޭ

ޔުނައިޓެޑް 3 – 2 ޓޮޓެންހަމް

އާދީއްތަ

ޗެލްސީ 1 – 0 ނިއުކާސަލް

ވޮލްވްސް 1 – 0 އެވަޓަން

ލީޑްސް 2 – 1 ނޯވިޗް

ވަޓްފޯޑް 2 – 1 ސައުތްހެމްޓަން

ވެސްހަމް 2 – 1 އެސްޓަންވިލާ

އާސެނަލް  2 – 0 ލެސްޓަރސިޓީ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *