ރަނާއެވެ. ރަނާއެވެ! ރަނާއެވެ!
އަނާގެ ހިތުގެ އުޑުގެ ތިޔައީ ހަނދެވެ.
ތަނާއި މުޅި ހިތުގެ ދުނިޔެ ހުޅުދާން ކުޅަ ތިޔައީ ހަނދުވަރެވެ.
ރަނާއެވެ! ރަނާއެވެ! ރަނާއެވެ!
މަނާކަމެއް ނެތެވެ. އިޖާޒަތު ވަނީ ދާއިމުވެފައެވެ.
ފަނާވުމެއް ނެތް އަކުރަކުން ލިޔެވިފައިވަނީ ތިބާގެ ނަމެވެ.
އަނާގެ ހިތުގެ މުތީތަކުގައި ބިންވަޅު ނެގިފައިވަނީ ތިޔަ ނަމެވެ.
ރަނާއެވެ! ރަނާއެވެ! ރަނާއެވެ!
ރަނާއެވެ! ތިބާއާ އެކު ވިހުރެނީ ހިމޭންކަމުގެ ވައިރޯޅިއެވެ.
ރަނާއެވެ! ތިބާއާ އެކު ފެތުރެނީ މިސްކުގެ ހުވަނދުވަހެވެ.
ރަނާއެވެ! ތިބާއާ އެކު އޮހެނީ މުތީ ފަދަ ޝަބުނަމެވެ.
ރަނާއެވެ! ތިބާއާ އެކު ވެހެނީ ސާފު ވާރެއެވެ.
ރަނާއެވެ! ރަނާއެވެ! ރަނާއެވެ!
