މެންޗެސްޓަރ ޔުނައިޓެޑް ކަޓައިފި

މެންޗެސްޓަރ (މާރޗް 16، 2022) – ޗެމްޕިއަންސް ލީގުގައި އެޓްލެޓިކޯ މެޑްރިޑާއި އާއި ދެކޮޅަށް ކުޅުމެޗުން އެކެއް ސުމަކުން ބަލިވެ މުބާރާތުން ކަޓައިފިއެވެ. ޔުނައިޓެޑް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި 41 ވަނަ މިނެޓްގައި ރެނަން ވަނީ މެޗުގެ ހަމަ އެކަނި ލަނޑުން ކުރި ހޯދަދީފައެވެ. ގްރިޒްމަން ތަނަވަސް ކޮށްދިން ފުރުސަތުން ޖެހި ލަނޑު ވެގެން ދިޔައީ ޔުނައިޓެޑް ގެ ހިތް ރޮއްވާލި ލަނޑަށެވެ. މިމެޗުގައި އެޓްލެޓިކޯ މެޑްރިޑްގެ ވަރުގަދަ ޑިފެންސް ފެނިގެން ދިޔައެވެ.

އަދި ގަދަ 16 ގައި އަޔަކްސް އާއި ބެންފީކާ މެޗުން ބެންފީކާ ވަނީ ހަމަ އެކެއް ސުމަކުން ކުރި ހޯދާ ގަދަ އަށަކަށް ދަތުރު ކޮށްފައެވެ. މިރޭ ކުޅޭނީ ލިއްލެ އާއި ޗެލްސީ ބައްދަލު ކުރާ މެޗާއި ވިލަރެއާލް އާއި ޖުވެންޓަސް ބައްދަލު ކުރާ މެޗެވެ.

ދެމެޗު ވެސް ފަށާމީ މިރޭ ރައްޖެ ގަޑިން 1 ޖަހާ އިރުއެވެ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *