ލިވަޕޫލް ސިޓީ އާއި ތިން ޕޮއިންޓް ގާތަށް

އިންގްލެންޑް (މާރޗް 17، 2022) – އިނގިރާސި ލީގުގައި ލިވަޕޫލް އާއި އާސެނަލް ބައްދަލު ކުރި މެޗުން 2-0 ގެ ނަތީޖާއިން ލިވަޕޫލް މޮޅު ވެއްޖެއެވެ. އާސެނަލް ދަނޑުގައި ކުޅުމެޗު ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ދެވަނަ ހާފުގައި ލިވަޕޫލް ވަނީ 54 ވަނަ މިނެޓުގައި ތިއާގޯ ގެ އެސިސްޓަކުން ޖޯޓާ ލަނޑު ޖަހާ ލީޑުނަގާ ފައެވެ. އަދި 64 މިނެޓުގައި ފަމީނިއޯ ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށް ލީޑު ފުޅާ ކޮށްފައެވެ. މި މޮޅާއި އެކު ސިޓީ އާއި ތިން ޕޮއިންޓަށް ކައިރި ވީއެވެ. އަދި ސިޓީ އާއި ލިވަޕޫލު މެޗެއް ލީގުގައި އޮތުމާއި އެކު ލީގު ފޯރި މިވަނީ އިތުރަށް ގަދަ ވެގެން ގޮސްފައެވެ.

އަދި ބްރައިޓަން އާއި ޓޮޓެންހަމް ކުޅުން މެޗުން ދޭއް ސުމަކުން މޮޅުވެ ޓޮޓެންހަމް ވަނީ މުހިއްމު 3 ޕޮއިންޓް ހޯދާފައެވެ. މެޗުގައި ދެގޯލު ކާމިޔާބު ކޮށް ދިނީ ކްރިސްޓިއަން ރޮމޭރޯ 37 ވަނަ މިނެޓް ގައި ޖެހި ލަނޑާއި ކޭން 57 ވަނަ މިނެޓުގައި ޖެހި ލަނޑުން ނެވެ. މޮޅާ އެކު ޓޮޓެންހަމް ވަނީ 28 މެޗުން 48 ޕޮއިންޓު ހަމަކޮށް ޓޭބަލްގެ 7 ވަނަ އަށް ޖެހިލާފައެވެ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *