ޗެމްޕިއަންސް ލީގު ގަދަ އަށެއްގެ ފަހު ޖާގަ ޗެލްސީ އާއި ވިލަރެއާލް އަށް

ފްރާންސް (މާރޗް 17، 2022) – ޗެމްޕިއަންސް ލިގުގައި ލިއްލެ އާއި ޗެލްސީ ބައްދަލު ކުރި މެޗުން 2-1 ގެ ނަތީޖާއިން  ޗެލްސީ މޮޅު ވެއްޖެއެވެ. ލިއްލެ ދަނޑުގައި ކުޅުނު މެޗުން ފުރަތަމަ ލީޑު ނެގީ 38 ވަނަ މިނެޓް ލިބުނު ޕެނަލްޓީ އަކުން ލިއްލެގެ ތުރުކީ ފޯވާޑް ޔިލްމާޒް އެވެ. އަދި ޖޯޖީނިއޯ ގެ ހިތްގައިމު ޕާހަކުން އެހާމެ ފުރިހަމަ އަށް ނިންމާލައި، ޕުލިސިޗް އެއްވަރު ކުރީ ފުތަރަމަ ހާފުގެ އިތުރު ވަގުތު ގައެވެ. 48 ވަނަ މިނެޓްގެ މި ލަޑާއި އެކު ފުތަމަ ހާފު ނިމުނީ 1-1 ކުން އެއްވަރު ވެގެންނެވެ.

ދެވަނަ ހާފުގައި ލިއްލެ ފޮނުވާލި ނުރައްކާ ތެރި ހަމަލައެއް ގޯލް ދަނޑީގައި ޖެހިފައި ވެއެވެ. އެއަށް ފަހު ޗެލްސީ ގެ މައުންޓް ނަގައިދިން ހުރަހަކުން ކެޕްޓަން އަޒްޕިލިކުއޭޓާ ވަނީ 71 ވަނަ މިނެޓުގައި ފުރަތަމަ ފަހަރަށް މެޗުގައި ޗެލްސީ އަށް ލީޑު ނަގައިދީ ފައެވެ. އަދި މި ނަތީޖާ އިން ދެމެޗުން ހަތަރެއް އެކެއްގެ އެގްރިގޭޓް ނަތީޖާ އާއި އެކު ޗެލްސީ ފަސޭހަ ކަމާއެކު ކުރި ހޯދިއެވެ.

އަދި ގަދަ 16 ގައި ޖުވެންޓާސް އާއި ވިލަރިއާލް މެޗުން ލިރިއާލް ވަނީ ތިނެއް ސުމަކުން ކުރި ހޯދާ ގަދަ އަށަކަށް ދަތުރު ކޮށްފައެވެ. ވިލަރެއާލް ފުރަތަމަ ގޯލަކީ 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މޮރޭނޯ ކާމިޔަބު ކުރި ގޯލެކެވެ. އަދި ދެވަނަ ގޯލު 85 ވަނަ މިނެޓުގައި ޕައުލް ޓޮރޭސް ކާމިޔާބު ކޮށްފައި ވަނިކޮށް 92 މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ތިންވަނަ ގޯލެއް ޖަހައި ޖުވެންޓަސް ކަޓުވާލާ ފައެވެ.

ގަދަ އަށަކަށް ދަތުރު ކުރި ޓީމްތައް

ޗެލްސީ

ވިލަރިއާލް

އެޓްލެޓިކޯ މެޑްރިޑް

ބެންފީކާ

ރިއާލް މެޑްރިޑް

ސިޓީ

ލިވަޕޫލް

ބަޔާން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *