މެއި މަހު އީ-ވޮލެޓުގެ ޚިދުމަތް ތައާރަފުވާނެ: ރައީސް

މެއި މަހުގެ ތެރޭގައި އެންމެ ލަސްވެގެން އީ-ވޮލެޓްގެ ހިދުމަތް ތައާރަފު ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކޮންމެ ދުވަހަކު ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިންނެވެ.

އީ-ވޮލެޓުގެ ޚިދުމަތް ތައާރަފު ކުރާނެ ތާރީޚާ ގުޅޭގޮތުން ކޮށްފައިވާ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އީ-ވޮލެޓް ތައާރަފު ކުރުމާ ގުޅުންހުރި މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި އުންމީދު ކުރަނީ މެއި މަހުގެ ތެރޭގައި އެންމެ ލަސްވެގެން އީ-ވޮލެޓްގެ ހިދުމަތް ތައާރަފު ކުރެވިގެންދާނެ ކަމަށް ކަމަށެވެ.

ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް އީ-ވޮލެޓް ތައާރަފްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެދުމާ އެކު، ޕޭޕަލް އާއި އީ-ވޮލެޓް ފަދަ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ރާއްޖެއިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ކެބިނެޓުން މީގެކުރިން ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ފައިސާ ފޮނުވައި ލިބިގަތުމުގައި އާންމުކޮށް ބޭނުންކުރާ ޕޭޕަލްއަށް އެކްސެސް ހޯދުމަށް ވެސް ސަރުކާރުން މަސައްކަތް ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމިއެވެ. އަދި އެ އެކްސެސް ރާއްޖެއަށް ހޯދުމަށް ގުޅުން ހުރި އެހެން ފަރާތްތަކާ ވެސް މަޝްވަރާ ކުރުމަށް އޭރު ނިންމިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *