އެހެން މީހުންގެ ވާހަކަދައްކައި ޝަކުވާކުރާ މީހުންނާ ދުރުހެލިވާށެވެ! އަދި ޝަކުވާކުރާ މީހުންނަށް ވިސްނައިދޭން މަސައްކަތްކުރާށެވެ!
ކޮންމެ މީހެއްގެ ކިބައިގައިވެސް އެހެން މީހުން ޤަބޫލުނުކުރާ ސިފަތަކެއް ހުންނާނެއެވެ. ވީމާ މީހުންގެ ސިފަތަކަށް ޝަކުވާ ކުރުމުގެ ބަދަލުގައި އެމީހަކީ ތިމާ ނުރުހޭ ސިފަތަކެއް ހުރި މީހަކު ނަމަ އޮތީ އެމީހަކާއި ދުރުހެލިވުމެވެ. މީސްމީޙުންގެ ޒާތީ ކަންކަމާއިބެހި ޝަކުވާކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.
އަދި ސުވާލުކޮށްލާށެވެ! "ތިބާ ތިއަ ޢަމަލުކުރަނީ ތބާ ތިއަ ޝަކުވާކުރާ މީހާ ރުހޭ ގޮތަށް ހެއްޔެވެ؟ ތިބާއަށް ޢަމަލުކުރަން ފެންނަ ގޮތަށް ނޫން ހެއްޔެވެ؟ ވީމާ އޭނާއަށް ފެންނަ ގޮތަކަށް އޭނާ ކަންކަން ކުރުމުން ޝަކުވާކުރަން ތިބާއަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟"
ބުނަން ހެއްޔެވެ؟ އެއްވެސް މީހެއްގެ ޒާތީ ކަންކަމާއި ގުޅިގެން އެހެން މީހުންގެ ގާތުގައި ޝަކުވާކުރުމަކީ ނެތިމޮށުމެވެ. އެމީހެއްގެ ކިބައިގައި އިޞްލާޙްކުރަންޖެހޭ ކަމެއް ހުރިނަމަ އެކަމެއް ފާހަގަކޮށް ބުނެދޭން ޖެހޭނީ އެމީހަކަށެވެ! ނެތިމޮށުމުން ލިބޭނީ ޢަޛާބެވެ! ހެޔޮ ނަޞޭހަތެއް ލިބުމުން ލިބޭނީ ޘަވާބެވެ! އިން ޝާ ﷲ
– އިސްލާމީ ތިލަފަތުގެ ދަރުސަކުން