ވާހަކަ: ގެއްލުނު ދުނިޔެ (21)

(14 މާރިޗް 2024 ގެ ނޫހާއި ގުޅޭ)

ގީތާއަށް އެތަނަށް ދެވުނުއިރު އެތާކު އެކަކު ވެސް ނެތެވެ. ގީތާއަށް އެތަނަށް ދެވުމުގެ ހަމަ އެންމެ މިނެޓެއް ކުރިން

ނޯތޭޖު އެތަނުން ހިނގައްޖެއެވެ. މަގުގެ ކަނާތް ފަރާތުން ނޯތޭޖުގެ ޓެކްސީ ލަނބާލިއެވެ. މި މަގުގެ ވާތް ފަރާތުން

ޓެކްސީއެއް އަތުވެއްޖެއެވެ. ގީތާ އެއަށް އެރިއެވެ. އަދި ނުލާހިކު ހަލުވިކޮށް ނޯތޭޖުގެ ޓެކްސީ ކަނާތް ފަރާތަށް އެ އަނބުރާލި މަގަށް ހިނގައްޖެއެވެ.

“މިތަނަށް ޖޯތަޝީ މަހާރާޖެއް ދުރިވިތަ؟” ގީތާ ޓެކްސީން ފައިބައިފައި ވަރަށް ފިކުރުބޮޑުވެފައިވާ ގޮތެއްގައި އެ ހިސާބުގަނޑުގެ މީހުން ކުރެން އަހަމުން ގެންދިޔައެވެ.

“އޭނާ ހަމަ ދެންމެ ހިނގައްޖެ.” ވަރަށް ލާނެއް ފިރިހެންކުއްޖަކު ގީތާގެ ފިކުރުބޮޑުވެފައިވާ މަންޒަރު ވަރަށް މަޖާ ނަޒަރަކުން ބަލަން ހުރެފައި އެއްވެސް ކަމަކަށް ނުހަދާ ޖަވާބުދިނެވެ.

“ކޮންތާކަށް ދިޔައީ އޭނާ.” އެ ފިރިހެންކުއްޖާ ކުރެން އޭނާ އެއްސެވެ.

“ތިޔަ ގޮތް އަހަރެން އޭނާ ކުރެން އަހައިފައި ބުނެފާނަން.” އެކުއްޖާ ވަރަށް ހަމަޖެހިލައިގެން ހުރެ ޖަވާބު ދިނެވެ.

“ކޮން އިރަކުން އޭނާ އަންނާނީ.”

“އޭނާގެ ހިތުގެ ރާޅުތައް އޭނާ ގެނައި އިރަކުން.”

މި ޖަވާބުގެ އަޑުއަހައިފައި ގީތާގެ މޫނު މިލައިލައިފިއެވެ. އޭނާގެ ލޮލުން ފަޅުކަން ތިކިތަޅަން ފަށައިފިއެވެ.

“އެއީ ވަރަށް ކުޅަދާނަ ޖޯތަޝީއެއްދޯ؟” ބޭއިޚުތިޔާރުގައި ގީތާގެ އަނގައިން އެހެން ބުނެވުނެވެ.

“އާނ!” އެ ފިރިހެންކުއްޖާ ބުންޏެވެ. އަޅެއްގެ ހިޔަނިވެސް އެފަދަ އިންސާނަކަށް އެޅިއްޖެ ނަމަ އަބަދަށް ޓަކައި

ބާއްޖަވެރިވާ ހުއްޓެވެ.

އަޅެއްގެ ހިޔަނި ވެސް އެފަދަ އިންސާނަކަށް އެޅިއްޖެ ނަމަ ބާއްޖަވެރިވާނޭ…. މުޅިން ދޮގު، ރޯދޮގު!” ދީޕު ބުންޏެވެ.

“އެކަމަކު އެ ޖޯތަޝީ ބުނި އެއްޗެއްގެ މައްޗަށް އެއީ ތެދެކޭ ހީވެ އަހަންނަށް މި ޝައްކު ވަނީ ކީއްވެގެން

ކަމެއް އަހަންނަކަށް ނޭނގޭ.”

“އެއީ ހީވަނީ އަޅުގަނޑުގެ ވާހަކައަށް ވުރެ އެ ޖޯތަޝީގެ ވާހަކަ ކަލާއަށް ޔަގީންވާލެއް ބޮޑީހެން” ޝަޝީ ދީޕު ގާތުގައި ބުންޏެވެ.

ދެން އަނެއްކާ ވެސް އޭނާ ޑޭގަމް އަށް ހިނގައްޖެއެވެ. މިއަދު އެތާނގައި ވަރަށް ގިނަ މީހުން އެބައޮތެވެ. އޭނާ އެކި މީހުންގެ ފައިސާތައް ޑޭގަމްގެ ނަންބަރުތައް މަތީގައި ބަހައްޓަނީއެވެ. ޑޭގަމްގެ ކަށި ޝަޝީގެ އަތްދަށުން ސަލާމަތް ވެގެން ވަރަށް ހަލުއިކޮށް އެނބުރެން ފަށައިފިއެވެ. މީސްތަކުންގެ ހަޅޭއްފަޅޭކުގެ އަޑުވަނީ އޭގެ އެންމެ މައްޗަށް ގޮސްފައެވެ.

‘އަހަރެންގެ ހިތް ވަނީ މި ވަގުތު ބޭގަރާރު ވެފައި ޝަޝީ…” ދީޕު އޭނާގެ ކައިރިއަށް ގޮސްފައި ބުންޏެވެ.”އަހަރެން

އަދި ކަލެއާ އެހެން ވާހަކައެއް ދައްކާލަންވެފައި ވެސް އެބަ އޮތް.”

“އެހެންތަ؟”

ޝަޝީ މާނައިން ފުރިގެންވާ ނަޒަރަކުން ދީޕާ ދިމާއަށް ބަލައިލައިފައި މީސްތަކުންގެ ފައިސާތައް ނަގަން ފަށައިފިއެވެ. ދެން އޭނާ ޑޭގަމްގެ މަތީގައި ފޮތިގަނޑެއް އެޅިއެވެ.

“ދެން ކުޅިވަރު ނިމުނީ…”

މީސްތަކުން އެހެން ދިމާއަކަށް ކުރިމަތިލައިފިއެވެ. އޭނާ ދީޕު ގާތަށް ހިނގައްޖެއެވެ.

“ބުނުއްވަ ބައްލަވަ؟ އަޅުގަނޑު ކަލާގެ ބޭގަރާރު ހިތަށް ކީއްކޮށްދޭނީ؟”

“ކޮށްދޭންވީ ޑަކުޓަރަކު ބަލިމީހަކަށް ކޮށްދޭ ކަހަލަ ކަންތައް.”

“ޚުދު ބަލިމީހަކަށް އެހެން މީހަކަށް ކޮށްދެވޭނީ ކޮން ފަރުވާއެއް؟”

“އަދު ކަލޭގެ ވާހަކަތަކުގައި ހުރީ ދެކޮޅުވެރިކަން. އެކުވެރިކަމެއް ނޫން.” ދީޕު ހިތާމައާ އެކު ފުން ނޭވާއެއްލިއެވެ.

“ތިޔައީ ހަމަ ތެދެއް. އަޅުގަނޑުގެ ނަސީބު ވަނީ ހަލާކުވެފައި. އަޅުގަނޑުގެ ތަގުދީރު އަޅުގަނޑު ދެކެ ވަނީ ފޫހިވެފައި.”

“އަހަރެން މި ތަދު ދައްކާނީ ކާކަށް…” ޝަޝީ ބުންޏެވެ. “އަޅުގަނޑު ދެކެ ރުޅިއައިސްފައިވާ ތަގުދީރުގެ ވާހަކަ އަހާނީ ކާކު؟”

“ޝަޝީ، ތަގުދީރު ވަނީ ޝަޝީ ދެކެ ރުޅިއައިސްފައޭ ބުނީ ކާކުތަ…؟”

“އެހެން ބުނަނީ، ކަލާއާ އަޅުގަނޑާ ބައްދަލުވި އެންމެ ފުރަތަމަ ވަގުތު.”

“ކަލެއަށް ހީވަނީ ކަލެއާ އަހަރެން މިކުރަނީ ސަމާސާއެއް ކަމަށްތަ؟”

“އަޅުގަނޑަށް ހީވާ ގޮތް ދޫކޮށްލައްވާ.” އޭނާ ބުންޏެވެ. “ކަލާގެ ޚިޔާލު ބުނުއްވަބައްލަވަ؟”

“ތިޔައީ އަހަރެންގެ ޚިޔާލުތަކުގެ މަލިކާ…”

“އިހަށް ރޭ އެންގޭޖު އެވީ ހިތުގެ މަލިކާ އާ ދޮގެއްތޯ؟”

“ޝަޝީ…!” ދީޕު އޭނާ ތަޅުވާލިއެވެ.

“ކަލާ ތިޔަ އަޅުގަނޑާ ސަމާސާ ކުރައްވަނީ.”

“އަހަރެން މި ކުރަނީ ސަމާސާއެއް ނޫން. އަދި ކީއް އަހަންނާ ސަމާސާ ކުރަނީ އަހަރެންގެ ތަގުދީރު.”

“އަހަރެން އަދު މިހިރީ ހާދަ ފިކުރުބޮޑުވެފައޭ ޝަޝީ…!”

“އަޅުގަނޑު ކޮންމެ ދުވަހަކު ހުންނަނީ ފިކުރުބޮޑުވެފައި. ކަލާއަށް ކަންބޮޑުވަނީ ކަލާގެ ވަޒީފާ އާ މެދު. އަޅުގަނޑު ކަންބޮޑުވަނީ އަޅުގަނޑުގެ ހިތާ މެދު.” އޭނާ އެއްފަރާތެއްގެ ކަނަކަށް ގޮސް ހުރެއްޖެއެވެ.

“އަޅުގަނޑު ކަލާނގެ ގަންދީފައި ނަންގަންނަން. ދޮގު ޚަބަރެއް ނުދެން.”

އޭނާގެ މި ޖުމުލައިން ދީޕުގެ އުއްމީދު އާވެއްޖެއެވެ. އޭނާގެ ލޮލުގައި ކުއްލިއަކަށް އުޖާލާކަން އުފެދިއްޖެއެވެ.

“މިރޭ އަހަރެން އަހަރެންގެ މަގުސަދުގައި ކާމިޔާބު ވެއްޖިއްޔާ ޝަޝީ….!” އޭނާ ޝަޝީގެ ލޮލާއި ލޯ ބައްދަލުކޮށްލައިފައި ބުންޏެވެ. “އަހަރެން ވާ އުފަލުން ކަލޭގެ ތުންފަތުގައި ކިސްކޮށްލާނަން.”

“ކަލާ ތިޔަ ކުރައްވަނީ ވިޔަފާރި. އެހެން ނަމަވެސް އަޅުގަނޑު ފަހަރެއްގައި ވެސް ކަލާގެ ކިބައަކުން ވިޔަފާރިއެއް ނުކުރަން.” ޝަޝީ ދީޕަށް ވަރަށް ވިސްނުންތެރިކަމާ އެކު ބަލައިލައިފައި ބުންޏެވެ.

“މިއީ ފިރިހެނަކާ އަންހެނެއްގެ ލޯބީގެ ފަރަގު.”

ނޯތޭޖު އިންތަނުން ދަތްކުނޑިވިކާލައިފައި ފުންމައިގެން ތެދުވެއްޖެއެވެ.

“އަންހެނަކާ ފިރިހެނެއްގެ ލޯބީގެ ފަރަގު އަހަރެން ބަލާނީ ފަހުން. އެންމެ ފުރަތަމަ އަހަރެމެން، ފުލުހުންނަށް އެމީހުންގެ މުޅި ހަޔާތުގައި ހަނދާން ހުންނަވަރުގެ ރާހަތެއް ލައްވާލަންވީ.”

“މިއަދު ރަނގަޅުވާނީ އަހަރެމެން އެތަނަށް ނުދިއުން އެހެންނު.”

“އޭރުން ފުލުހުންގެ އަނގަކޮޅު ހާވައިގެން ތިބެދާނެ.”

“އުނ…!” ނޯތޭޖު ރުޅިއައިސްފައި ބުންޏެވެ. “މިރޭ ފުލުހުންނާ އަހަރެމެން ކޮންމެހެން ވެސް މުލާޤާތުވާން ވާނެ. އެންމެ މޮޅު ގޮތަކީ އެއީ. ޚުދު ޝިކާރަ ދަލާ ދިމާއަށް އަންނަނީ. އަޔަދީ އެ މީހުން. މިރޭ އަހަރެން ފުލުހުންގެ ދަތް މަޑުކޮށްލަން މާކުރިއްސުރެ ވެސް އޮތީ ނިންމައިފައި.” އޭނާ ރަންބީރު އާއި ދިލޭރުސިންގާ ދިމާއަށް ކުރިމަތިލައިފިއެވެ. “ކަލޭމެންނަށް ފެންނަނީ ކިހިނެއް؟”

“ތިޔަ ބުނުއްވާ ގޮތަށް. ފުލުހުންނަކީ އަހަރެމެންގެ ވައަތުގެ ކުޅޭ އެއްޗެހިތަކެއް. މިރޭ އަހަރެމެން އެބައިމީހުން މީދަލެއް ކުއްތާއެއްގެ މަރުން މަރާލާނަން.” ދެމީހުން އެއް އަޑަކުން ބުންޏެވެ.

ނޯތޭޖުގެ ހުރިހާ ރަހުމަތްތެރިންގެ ލޭ އެބައިމީހުންގެ ނާރުތަކުގައި ހޫނުވާން ފަށައިފިއެވެ.

“ކުރިއްސުރެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިލާ.” ނޯތޭޖުގެ ދެލޮލުން ލޭ ހޫނުވެ ހޫނުވެ ހުއްޓެވެ.

“މިރޭ ފުލުހުންގެ އަކަކުވެސް އަހަރެމެންގެ ވަކިތަކުގެ ދަށުން ސަލާމަތްވެގެން ދިޔަ ދީގެން ނުވާނެ.”

“ސަލާމަތްވެގެންދާ ގޮލައެއްގެ ކަނދުރާ އަނބުރާލާނަން. ބޮސް!”

“ސާބަސް އެކުވެރިންނޭ…!”

ނޯތޭޖުގެ މޫނު ވަނީ ފޮޅިފައެވެ. އެހުރިހާ މީހުން އެކަތިގަނޑަކަށް ވެގެން ތިބެ އަޑުއުފުލައިލިއެވެ.

“ތީޖު ސިންގު ޒިންދާބާދު! ތީޖު ސިންގު ޒިންދާބާދު!”

ވަރަށް އަނދިރި ރެއެކެވެ. އެހާ ކަޅުވެސް ރެއެއްމެއެވެ. މިކަޅު އަނދިރި ރޭގަނޑުގެ ތެރޭގައި ބޯރީވަލީގެ ޒަމާންވީ މުސްކުޅި ކިއްލާ ވަކީން ބިރުވެރި ގޮތެއްގައި ފެނެއެވެ.

އުޑުމަތީގައި ތަރީގެ ނަމެއް ނިޝާނަކަށް ދަންދެން ވެސް ނެތެވެ. އުޑުމައްޗަށް ވަނީ ކަޅުވިލާތައް ފެތުރިފައެވެ. ވައިޖެހެމުންދަނީ ވަރަށް ބާރަށް އެހާމެ ފިނިކޮށެވެ.

ތީޖު ސިންގާއި އޭނާގެ ގުރުބާނީ ރަހުމަތްތެރިން މުސްކުޅި ކިއްލާ އާއި އެތާނގެ ކައިރީގައިވާ ހިސާބުގަނޑު ވަނީ ވަރަށް ރަނގަޅަށް އަތްދަށުލައިފައެވެ. އިންސާނުންނަކީވާ އިންސާނުންތާއެވެ. ކުޑަކުޑަ ދޫންޏަކަށް ވެސް އެތަނަށް

އައިސްފައި ސަލާމަތުން ނުކުމެގެން ނުދެވޭނެއެވެ. ދަލުގެ މަޅިތައް ވަރަށް ގަދަފަދައެވެ. ނުހަނު ކައިރިކައިރިއެވެ. އެހާމެ ނޭނގެއެވެ.

އެބައިމީހުން ފުލުހުންގެ އައުމަށް އިންތިޒާރު ކޮށްކޮށް ތިބީ ނުހަނު ކެތްތެރިކަމެއްނެތް ގޮތެއްގައެވެ. ނޯތޭޖު އޭނާގެ އަތުގައި އަޅާފައިވާ އަތުކުރިގަޑިއަށް ބަލާލިއެވެ. ދޭއް ޖަހާ ހަތްމިނެޓް ހިނގަނީއެވެ.

“ދުޝްމިނުން މަރު ކައިރިއަށް އެބަ އާދޭ.” އޭނާ ހީނިލިއެވެ.

“ހަރާމްޖާދާއިންތައް!” އޭނާ ދަތްކުނޑިވިކާލިއެވެ.

“އާއްމުން ރައްކާތެރިކޮށްދެނިއްޔޭ ކިޔައިފައި އެބައިމީހުން ފޭރެނީ. ރިޝްވަތާއި ހަރާން އެއްޗެހި ކައިގެން ކޮންމެ ނުހައްގު އެއްޗެއް ހައްގު އެއްޗަކަށް ހަދަނީ.” އޭނާ ފޫހިވައްތަރެއް އަނގަޔަށް ޖައްސައިލިއެވެ. “މިރޭ ތިޔަ ކައިބޮއިފައިވާ ހުރިހާ އެއްޗެއް ނެރެނުލިއްޔާ މިއީ ތީޖް ސިންގެއް ނޫން…”

އެވަގުތު ހިސާބަކަށް ފިޔަވަޅެއްގެ އަޑު އިވިގެން ހަމަހިމޭންވެއްޖެއެވެ.

“ކޮން ޚަބަރެއް ލިބުނީ…” އޭނާ އެމީހުންގެ މީހަކާ ސުވާލުކޮށްލިއެވެ.

“ހަރާމްޖާދާއިން މިހާރު އަހަރެމެންގެ ސަރަހައްދަށް އަތުވެއްޖެ.” އޭނާ ހީނިލިއެވެ. “ހީވަނީ މިހާރު ހިޔަޅުތައް މަރުގެ ވާދީއަށް ވަނީހެން…”

ދެން މަޑުމަޑުން ހިނގާފައިދާ އަޑުތަކެއް އިވިއްޖެއެވެ. އަދި މީސްތަކުން ތަންތާނގައި ރުކުރުވާލި އަޑެއްވެސް އިވެން ފަށައިފިއެވެ. ކޮންމެ މީހަކު އެ މީހެއްގެ ތަނުގައި ތައްޔާރަށް ތިއްބެވެ.

“އެތަނަކީ މިއީ.” ދީޕު ސުޕްރިންޓެންޑެންޓު ސާހަބްގެ ކަންފަތްދޮށުގައި ބުންޏެވެ.

“އަހަރެމެންގެ މީހުން ކިއްލާޔާއި އެތާނގެ ކައިރީ ހިސާބުގަނޑު ވަށައިލައިފިއެވެ.” އެ ދެމީހުން ހީނލިއެވެ.

“ލުޓޭރުން ކުއްތާއެއްގެ މަރުން މެރުމަށް ދެން ލަހެއްނުވާނެ.”

ދެން އެދެމީހުން ދެތިން ފިޔަވަޅެއް ކުރިޔަށް އެޅިތަނާ ކުއްލިއަކަށް އެދެމީހުންގެ ފައި ކޮންމެވެސް އެއްޗެއްގައި ޖެހިއްޖެއެވެ. އެޔާއެކު އެދެމީހުން އަނގަވަތަށްލާ ބިންމައްޗަށް ވެއްޓިއްޖެއެވެ.

ދެން ދުރުދުރުން އުންޑަތައް ދާން ފަށައިފިއެވެ. އެދެމީހުން ބިންމަތިން ތެދުވަން އެތައް ލައްކަ މަސައްކަތް ކުރިއެވެ.

ނަމަވެސް ހުރިހާ ކަމެއްވީ ބޭކާރެވެ. ހީވަނީ ބިންމަތިން ކޮންމެވެސް މީހަކު އެމީހުން ހިފަހައްޓައިފައި ތިބި ހެންނެވެ.

ދެން ހުރިހާ ފަރާތަކުން އުންޑަތައް ދާން ފަށައިފިއެވެ. ފުލުހުންގެ ޕާރޓީއާ ތީޖް ސިންގު ގެ މީހުންނާ ދެމެދު ވަރުގަދަޔަކަށް ހަނގުރާމަ ކުރެވެން ފަށައިފިއެވެ. އެ ދެމީހުން ވަރަށް ބާރެއްނެތް ގޮތެއްގައި އެދިމާ ބިންމަތީގައި ވެއްޓި ތިބެގެން ތެޅިފޮޅެއެވެ. ހަގީގަތުގައި އެދެމީހުން ތިބީ ދަގަނޑު ދަލެއްގައި ވަރަށް ވަރުގަދަޔަށް ހައްޔަރުވެފައެވެ.

“ދެން ކިހިނެއްވާނީ؟” ސުޕްރިންޓެންޑެންޓު ސާހަބު ވަރަށް ފިކުރުބޮޑުވެފައިވާ ގޮތެއްގައި ސުވާލުކުރިއެވެ.

“ހަމަ މިހާރުވެސް މިތަނުން ސަލާމަތް ވެވިދާނެ.”

“އެއީ ކިހިނަކުން…؟”

“އަހަރެން ޖީބުގައި ނަރުކޮށާ ކަހަލަ ކަތުރެއް ބޭއްވިން.”

ދެން ދީޕު އެ ކަތުރުން ދާ ކޮށައިލައިފިއެވެ. އެދެމީހުންނަށް ބޭރަށް ނުކުމެވިއްޖެއެވެ. އެކަމަކު މި މުސީބާތުން ސަލާމަތްވެގެން އަދި ރަނގަޅަސް ނުތެދުވެވިގެން އުޅެނިކޮށް އެ ދެ މީހުން ރަނގަޅަށް ދުޝްމަނުންގެ އަތްދަށުވެއްޖެއެވެ.

“އަހަރުމެންގެ މި ދެމެހުނާނުން ގެންދޭ…” ނޯތޭޖު އަޑުއިއްވައިލިއެވެ….

މި އަނދިރި ރޭގައި އެ ދެމީހުން ފޮއްތާލިތަޅަމުން އެއްފަރާތަކަށް ގެންގޮސްފިއެވެ.

ނޯތޭޖު ވަރަށް ބާރަށް ކަކަކަކަ އަޅައިފައި ހީނގަތެވެ.

“ތިޔަފަދަ އާރަކާއި ބާރަކާ އެކުތަ ތީޖް ސިންގު ހައްޔަރު ކުރަން ތިއައީ؟”

ދެން އޭނާ އެ ދެމީހުންގެ ކައިރިއަށް އަތުވެއްޖެއެވެ.

“ކިހާ އާރެއްބާރެއް ނެތް ކަލޭމެންގައި. ކަލޭމެން ގާތިލްގެ މޫނު ދެކިލުމަށް ޓަކައި އެދިއެދި ތިއްބާ އަހަރެން ބޭނުމިއްޔާ ކަލޭމެން ކުއްތާއެއްގެ މަރުން ހަމަ މިހާރު މަރާލަފާނަން.”

ދެން އޭނާ ރަންބީރު ސިންގަށް ބުންޏެވެ.

“އެ ދެމީހުންގެ ލޮލުގައި ބަނދެފައިވާ ފޮތިގަނޑު މޮހާލާ.”

އެމީހުންގެ ލޮލުގައި ބަނދެފައިވާ ފޮތިގަނޑު މޮހައިލައިފިއެވެ. ލޯ ސަލާމަތް ވުމާ އެކު އެބައިމީހުން ހަތަރުފަރާތަށް ބަލަން ފެށިއެވެ. އެ މީހުން މި ތިބި ތަނަކީ އަޖައިބެއް ހައިރާނެއް ފަދަ ތަނެކެވެ. ހީވަނީ އެއީ މީގެ ހާހެއްހާ އަހަރުގެ ކުރީ ކޮންމެވެސް ވީރާނާވެފައިވާ ގަނޑުވަރެއް ހެންނެވެ. އެބައިމީހުން ތިބީ ވަރަށް ބޮޑު ހޯލެއްގެ ތެރޭގައެވެ. މި ހޯލު ވެސް ފެންނަނީ އިންތިހާ ދަރަޖައަށް އަނދިރި ވީރާނާވެފައިވާ ތަނެއްގެ ގޮތުގައެވެ. އެ ދެމީހުންގެ ހަތަރު ފަރާތުގައި މޫނު ނިވާކޮށްލައިގެން ތިބި ވަރަށް ގިނަ ޑާކޫން ތައް ފިސްތޯލަ ހިފައިލައިގެން ތިއްބެވެ. އެބައިމީހުން ވަރުގަދައެވެ. ބާރުގަދައެވެ. ބިޔައެވެ.

“ބަލަ! ސުޕުރިންޓެންޑެންޓު ސާހަބު.” ތީޖް ސިންގުގެ އަޑު އިއްވައިލިއެވެ. އޭނާ ހުރީ ކަޅުކުލައިގެ ފޮތިގަނޑަކުން މޫނު ނިވާކޮށްގެންނެވެ.

“ކިހިނެއް ކަންތައް ކުރާނީ އަހަރެން ކަލޭމެންނާ މެދު.”

“އަހަރެމެން ކަލޭގެ ކިބައަކުން ރަހުމަކަށް ފަހަރެއްގައި ވެސް ސަލާމެއް ނުޖަހާނަން.” ސުޕްރިޓެންޑެންޓު ސާހަބު ވަރަށް ޖުރުއަތާ އެކު މި ޖުމުލަ އަދާކުރިއެވެ. ނަމަވެސް އޭނާގެ އަޑުގައި ވަރަށް ތުރުތުރު ހުއްޓެވެ.

“އަދި ކަލޭ ޕްރިންސަށް.” އޭނާ ދީޕާ މުޚާތަބު ކުރިއެވެ. “ތިޔަ ހިތްވަރުގަދަ ކަމުގެ މައްޗަށްތަ ކަލޭމެން ތީޖް ސިންގު ކަހަލަ މީހަކު ނިންމައިލުމަށް ތިޔަ ގަސްދުކުރީ.”

‘ކޮއްކޯފުޅާ… އަދި ކަލޭ ވަރަށް ޅަ. ކަލޭގެ އަނގައިން އަދި ކިރުގެ ވަސްވެސް ނުފިލާ. ތީޖް ސިންގަކީ ގަދަފަދަ ކަމުގެ އިންތިހާ. ދެލޯފުޅާ! އޭނާއާ ހަމަލާ ދިނުމަށް އިންތިހާ ދަރަޖައިގެ ގަދަފަދަ ބާރަކާ ނުހަނު މަތީ ދަރަޖައެއްގެ ވިސްނުމަކާ ބޭނުން، އެނގިއްޖެތަ؟”

ދެން އޭނާގެ މީހުންނާ ސުވާލު ކުރިއެވެ.

“މިވެރިންގެ އެހެން ރަހުމަތްތެރިންނަށްވީ ކިހިނެއްތަ؟”

“ހަތަރު މީހުން މަރުވީ ބޮސް. ދެން ތިބި މީހުން ފިލައިފި.” އެކަކު ޖަވާބު ދިނެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *