ތިމާގެ ނަފްސު ކުށްވެރި ނުކުރާށެވެ. 2

އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް ކަމަކާއި ގުޅިގެން އުނދަގޫ އިހުސާސްވަނީ ކީއްވެ ހެއްޔެވެ؟ ކުރެވުނު ކަމަކުން ހިތްދަތިވުން އެއީ ނަފުސު ހަލާކުކޮށްލުމަށް ދެވޭ ވަރަށް ބޮޑު ބާރެކެވެ. ބައެއްފަހަރު އެ އިހުސާސްތަކުގައި ވަގުތު ހޭދަކުރުމުން ހަށިގަނޑަށް ހަމަޖެހުން ލިބޭކަމަށް ހީވެދެއެވެ. ވާހަކައަށް ބަލާއިރު ސާލިމްގެ މަންމަމެން އޭނާގެ ކުރިމަގުގައި އެހެންނުވުމަށް ރައްކާތެރިކަން ދިނުމަށް ގޭގައި ބެހެއްޓުމަށްޓަކައި ވަޒީފާއިން ކެނޑެއެވެ. އެހެން ހެދުމުން މާގިނަ މައްސަލަގަނޑުގެ ތެރެއަށް ކުއްޖާ ވަދެގެން ދިޔައީއެވެ. ހަގީގަތުގައި މައިންބަފައިން އެކުއްޖާގެ ރައްކާތެރިކަމަށް ކުރިއަށްވުރެ ބޮޑަށް ވިސްނިއެވެ. އެމީހުންގެ ކުރިމަތީން ދެން ގެއްލޭކަށްވެސް ނޭދުނެވެ. އެހެން ހެދުމުން ސާލިމްވެސް އެ ނުރައްކާ މައްސަލަގަނޑުގެ ތެރެއަށް އިތުރަށް ވަނީއެވެ.

އަމިއްލަ ނަފުސު ކުށްވެރިކޮށް އަމިއްލައަށް އޭގެ ސަބަބުން އުނދަގޫވުން އިހުސާސްވުމަކީ ވަރަށް ފަސޭހައިން ވާކަމެކެވެ. އެހެންވުމުން ހަގީގަތާއި އަދި ކަމެއް ހިނގަންދިމާވާ ސަބަބުތަކާއި މެދު ވިސްނާލެވޭ ވަރުކުޑަވެއެވެ. މީގެ އިތުރުން ތިމާގެ އަމިއްލަ ހަރަކާތްތަކާއިމެދު ޒިންމާނުނެގެއެވެ. އެ ވިސްނުންގަނޑުތެރޭގައި ތިބާގެ ހަޔާތުގެ ވަގުތުތައް ގެއްލެނީއެވެ. އޭގެ ބަދަލުގައި ކަމެއް ތަރައްގީކުރަން ބާރު އެޅުން ރަނގަޅުވާނެއެވެ.

ތިމާގެ ނަފުސަށް އުނދަގޫ އިހުސާސްކުރަން އުޅެވެނީ އެހެންމީހުންގެ ހަމްދަރުދީ ހޯދާށޭވެސް ބުނެވިދާނެއެވެ. އެހެން ހެދުމުން ގާތްމީހުންގެ ފަރާތުން ފުރަތަމަ ކޮޅު ހެޔޮލަފާ ބަހެއް ލިބުނަސް ފަހުން އޭނާ ބާކީވެގެން ދެއެވެ.  ބައެއްފަހަރު އެކަމަކީ ޒިންމާތަކުން އެއްފަރާތްވާން ދައްކާ ބަހަނާއަކަށް ވެގެންދެއެވެ.

އަމިއްލަ ނަފުސަށް އުނދަގޫ އިހުސާސްވުމުން ދިމާވާ މައްސަލަތައް.

އަމިއްލަ ނަފުސަށް ކަމެއްގެ ސަބަބުން އުނދަގޫވުން އިހުސާސްވުމަކީ ނަފުސު ހަލާކު ކޮށްލާކަމެކެވެ. އޭގެ ސަބަބުން އިތުރު މައްސަލަގަނޑެއްގެ ތެރެއަށް ވަދެވި އެކަމުން ދިމާވާ ނަތީޖާ ތަކާއިމެދު ވިސްނަންޖެހެއެވެ. މިސާލަކަށް ސާލިމް ސަލާމަތްވީތީ އުފާކުރުމުގެ ބަދަލުގައި ސާލިމްގެ މައިންބަފައިން ދެރަވީ އޭނާއަށް އެކްސިޑެންޓުން ލިބުނު ގެއްލުން ތަކުންނެވެ. އޭގެ ސަބަބުން އެމީހުންގެ އަތުން ދިރިއުޅުމުގެ އުފާތައް ގެއްލިގެން ދިޔައެވެ. އޭގެ މާނައަކީ އެމީހުންނަކީ ސާލިމްދެކެ ލޯބި ނުވާބަޔެއް ނޫނެވެ. އެމީހުންގެ ބޭނުންވީ ސާލިމް މުޅިން ސަލާމަތުން ހުރި ކުއްޖަކަށް ވާށެވެ. އެހެންކަމުން އަމިއްލަ ނަފުސަށް އުނދަގޫވުން އިހުސާސްވަމުން ދިޔަވަރަކަށް ސާލިމްގެ މޫޑުވެސް އައީ ބަދަލު ވަމުންނެވެ.

އަމިއްލަ ނަފުސަށް އުނދަގޫ އިހުސާސްވުމުން ދިމާވާ ބައެއް ކަންކަން؛

ބޭކާރު ވާ ވަގުތުުތަކެއް

އަމިއްލަ ނަފުސަށް އުނދަގޫ އިހުސާސްވެ ވިސްނަން ހުރެވުމަކީ ސިކުނޑީގެ ހަކަތަ ބޭނުންވާ، އެހެން ނަމަވެސް މީހާގެ ހާލަތު ބަދަލު ކޮށްދިނުމަށް އުޒުރު ވެރިވާ ކަމެކެވެ. މީގެ އިތުރަށް މައްސަލައިގެ ހައްލުވެސް ހޯދައިނުދެވޭނެ އަދި ރަނގަޅު ގޮތަކަށް ވިސްނަން ފުރުސަތުވެސް ނުދޭނެ ކަމެކެވެ.

ނުބައިގޮތްތައް ވިސްނަން މަގުފަހިވާނެ އިހުސާސްތައް އައުން

ހިތުގައި އެ މައްސަލަތައް ބަހައްޓައިފިނަމަ ނުބައިގޮތްތައް ވިސްނަން މަގުފަހިވާނެ އިހުސާސްތައް އާދެއެވެ. އޭގެ ސަބަބުން އެކަނިވެރިކަމާއި ރުޅިގަދަވުމާއި އަދި ހުރިހާކަމެއްގައިވެސް ނުބައި ގޮތްގޮތަށް ވިސްނުމަށް މަގުފަހިވެގެން ދެއެވެ.

ޖަޒުބާތުތަކާއި ދެކޮޅަށް މުއާމަލާތު ކުރަން އުނދަގޫވުން

އަމިއްލަ ނަފުސަށް އުނދަގޫ އިހުސާސްވާނަމަ އަބަދުވެސް މަގުފަހިވެގެން ދާނީ ދެރަވުމާއި، ކަންބޮޑުވުމާއި، ރުޅިގަދަވުމާއި އަދި އެހެނިހެންވެސް ޖަޒުބާތުތަކުގައި ޖެހުމެވެ. އޭގެ ސަބަބުން ހަޔާތުގައި ކުރިއަށް ދިއުމާއި ހާލަތު ރަނގަޅުކުރަން ވިސްނުމުގެ ބަދަލުގައި އަބަދުވެސް ވިސްނޭނީ މައްސަލަތަކާއި މެދުގައެވެ. ތިމާގެ ހާލަތާއިމެދު ރުހުމުގެ ބަދަލުގައި ކަންކަމުގައި ކުށްވެރިކުރުން ފެނިގެންދެއެވެ.

އަމިއްލަ ނަފުސު ކުށްވެރިކުރުމުގެ ސަބަބުން ރަނގަޅުކަންކަމަށް މަގުފަހިވުމަށް ހުރަސް އެޅޭ

އެއް ދުވަހެއްގެމަތީން ރަނގަޅު ފަސްކަމެއް ކުރިމަތިވެފައި ގޯސް އެއްކަމެއް ކުރިމަތިވިޔަސް ވިސްނެމުން ދާނީ ގޯސްކޮށް ދިމާވި ކަންކަމާއި މެދުގައެވެ. އަމިއްލަ ނަފުސު ކުށްވެރިކުރާ ކަމުގައިވާނަމަ ހަޔާތުގައި ރަނގަޅަށް އަންނަ ކަންކަންވެސް އަބަދުވެސް ނެގިގެން ދާނީ ނުބައި ވިސްނުންތަކާއި އެކުގައެވެ.

އޭގެ ސަބަބުން އިންސާނީ ގުޅުންތަކަށް ބަދަލުއާދޭ

ސިކުނޑީގައި މިސިފަ ހަރުލާފައި ވާނަމަ އޭނާގެ މިޒާޖަކީ މީހުން ޝައުގުވެރިނުވާނެ މިޒާޖަކަށް ވެދެއެވެ. އެމީހެއްގެ ހަޔާތަކީ ޝައުގުވެރިކަމެއްނެތް ޝަކުވާއިން ފުރިގެންވާ ދިރިއުޅުމެއްނަމަ އޭނާއާއިމެދު މީީހުން ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވެގެން ދެއެވެ. އެއީ "ފޫހި" މީހެއްގެ ގޮތުގައި މީހުން ބަލައިގަންނާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *