ވާހަކަ: ގެއްލުނު ދުނިޔެ (30)

(23 މެއި 2024 ގެ ނޫހާއި ގުޅޭ)

އޭނާގެ ފިޔަވަޅުތައް ކުރިޔަށް އެޅެއެވެ. ނަމަވެސް އޭނާގެ ހިތާއި ސިކުނޑި އޭނާއަށް ޣައްދާރީ ކޮށްފައި ފަހަތަށް އަންނަން އުޅެނީއެވެ. އާދެ! އެތާނގައި ކުލަ އާއި ނޫރާ އަދި މީރުވަހުން ފުރިފައިވާ ދުނިޔެއެއް އާބާދުވެފައިވާ ތަނަށެވެ.

ލަތާގެ އެލް.އެލް.ބީ ގެ ނަތީޖާ ފާޅުކޮށްފިއެވެ. އޭނާ ވަކާލާތުގެ އިމްތިހާނުގައި މުޅި ޔުނިވަރސިޓީއިން އެއްވަނަ ދަރަޖައިގައި ފާސް ވެއްޖެއެވެ. ލަތާގެ މި ވަރުގަދަ ކާމިޔާބީގެ އުފަލުގައި އޭނާގެ ޑެޑީ ލާލާ ހަރުބިންސް ލާލް އޭނާގެ ގޭގައި ވަރަށް ފުރިހަމަ ގޮވާލުމެއް ބޭއްވިއެވެ. މުޅި ރަށުގެ ހުރިހާ މާތް މީހުންނާއި މުދާވެރިންނާއި ސޭޓުންނާއި އިއްޒަތްތެރިންނެއް އޭނާގެ ގެއަށް ހާޒިރުވިއެވެ. އެންމެ ފުރަތަމަ އޭނާގެ ގޭގައި ބޭއްވުނު މި ހަފުލާގައި އެތަނަށް ޑާކޫން ދިމާކޮށްލައިފައި އޮތް ނޭދެވޭ ހާދިސާ އަށް ޓަކައި، މިފަހަރު ހަރްބިންސް ލާލް ޚާއްސަ ގޮތެއްގައި ފުލުހުންނަށް ދައުވަތު ދިނެވެ. އެއީ މިފަހަރު އެ ބާވަތުގެ އެއްވެސް ނޭދެވޭ ހާދިސާއެއްގެ ބިރުވެރިކަން ހިނގިޔަ ނުދިނުމަށެވެ. އެހެންކަމުން ޚާއްސަ ގޮތެއްގައި އެމީހުން ނުހަނު މޮޅަށް ފޯރިމެރިއެވެ.

މިފަދަ ފޯރިއެއް އެތާނގައި ނުމެރޭންވީ ކީއްވެގެން ހެއްޔެވެ؟ މިއީ އެއްގޮތެއްގައި ފުލުހުންގެ ގޭގައި ބޭއްވި ގޮވާލުމެކެވެ. މިހެނީ ދީޕަކީ ޕޮލިސް އިނިސްޕެކްޓަރެވެ. މިއީ އޭނާގެ ބަފާކަލޭގެ ގެއެވެ. ހަފުލާގެ ދަނޑިވަޅުގައި ލާލާ ހަރްބިންސް ލާލް އެކަށައަޅައިފައި ވަނީ އޭނާގެ ދަރިފުޅުގެ ކައިވެނީގެ ދުވަސް ވެސް މިވަގުތު އެކަށައެޅުމަށެވެ. އަދި ކައިވެންޏަށް އެކަށައެޅިފައިވާ ދުވަހެއް މިޖަލްސާގައި އިއުލާނު ކުޅައުމަށެވެ.

ލަތާ އެލް.އެލް.ބީ ގެ އިމްތިހާނުގައި ހޯދި މަތިވެރި ކަމިޔާބީ އަށް ޓަކައި ދީކު އުފާކުރިއެވެ. ނަމަވެސް އެމީހުންގެ   މިހަފުލާގެ ދަނޑިވަޅުގައި އޭނާއާ ލަތާގެ ކައިވެނީގެ ދުވަސް އެކަށައަޅާކަމަށް ޓަކައި ހުރީ ވަރަށް ފިކުރުބޮޑުވެފައެވެ.

މިހެންވެ އެންމެ ފަހު ވަގުތުކޮޅު ވެސް އޭނާ ލާލާ ހަރްބިންސް ލާލުގެ ފައްކާ ގެއިން އޭނާގެ މަންމަ އެއްފަރާތަކަށް ގެންގޮސްފައި ބުންޏެވެ.

"މަންމާ…! އަހަރެން އަދި މީހަކާ އިންނަ ހިތެއް ނުވޭ."

އޭނާގެ އަނގައިން މިއަޑުއަހައިފައި އޭނާގެ މަންމަގެ މޫނުމަތީގެ ކުލަ ބަދަލުވެގެން ހިނގައްޖެއެވެ. އޭނާ ބުންޏެވެ.

"ކަލޭ ތިޔައީ ކޮން ކަހަލަ ދެކޮޅުނުޖެހޭ ވަހަކަދައްކާ ކުއްޖެއްތަ؟" މަންމަ އޭނާއަށް ނަސޭހަތް ދިނެވެ. "އަހަރެން މިއަދު ހެނދުނެއްނު ކަލެއާ މި މަވްޟޫޢުގައި ވާހަކަދެއްކީ. ދެން އަނެއްކާ މިހާރު ތިޔަ ކިޔަނީ ކުކުޅެއްގެ ހުރީ އެއްފައޭ. މިދަނޑިވަޅުގައި އަހަރެން އޭނާ ގާތުގައި ބަހަނާ ދައްކައިފިއްޔާ އޭނާ ހީކުރަނީ ވެސް ކީކޭ."

އޭނާ ދީޕުގެ ދެފައިގައި ހިފިއެވެ.

"ދަރިފުޅާ…! ނިކަން ވިސްނާލަބަލަ ދަރިފުޅާ އަދި އަހަރެންގެ މައްޗަށް އޭނާ ކިހާ އިހުސާންތެރިއެއް ވެދިން. އަހަރުމެން އޭނާގެ އިހުސާންތެރިކަމުގެ ބަދަލު ދޭންވީ ތިޔަ ގޮތަށްތަ. އެއްބަނޑު އެއްބަފާކަން ދައްކަންވީ ދަނޑިވަޅު އެނާގެ ނޯއްކަނޑާލަންވީތަ. މިދައްކަނީ އޭނާގެ އަންހެންދަރިފުޅުގެ ވާހަކަ. އޭނާ އެ އުޅެނީ އަނެއްކާ އެ ވަރަށް ބަލިވެ. ތިޔަ އަޑުއިވޭއިރަށް އޭނާގެ ހިތުގެ ހިނގުން ހުއްޓުމަކީ ވެސް ވެދާނެ ކަމެއް."

މަންމަ އާދޭސް ކުރަން ފެށިއެވެ.

"އެންމެ ރަނގަޅު ދެން ދަރިފުޅު މަޑުން ހުރޭ. އަހަންނަށް ޓަކައި. ކަލޭގެ ނިކަމެތި މަންމަގެ އަބުރަށް ޓަކައި. ދަރިފުޅާ. މަންމަ ދަރިފުޅަށް ޓަކައި ޒަހަރު ތައްޓެއް ބޮއިލިއިރު، ދަރިފުޅު އެ މަންމަ އާ ހުރެ މިވަރު ކަމެއް ވެސް ކޮށްދީގެން ނުވާނެތަ؟"

މަންމަގެ މި ވާހަކަތައް އަޑުއަހައިފައި ދީޕުގެ މޫނުމަތީގެ ކުލަ އޮއްސިއްޖެއެވެ. އޭނާގެ ހިތާއި މެއިން ކުއްލިއަކަށް ގަދަފަދަ ތަދެއް އުފެދިއްޖެއެވެ. ދެން އޭނާ ކުރާނެ ކަމެއް ނެތިގެން ހިނގައްޖެއެވެ. އޭނާގެ މަންމައާ އެހާ ގިނައިން ބަހުސް ކުރާން ބޭނުން ކުރާނެ އެންމެ ލަފުޒެއްވެސް އޭނާ ކިބަޔަކު ނެތެވެ. އޭނާ މަޑުމަޑުން ހުރެއްޖެއެވެ. ހީވަނީ އޭނާގެ ދުލުގައި މީހަކު ތަޅެއް ލިހެންނެވެ.

އޭނާ ވަރަށް ހަމަހިމޭން ކަމާއެކު ގޭތެރެއަށް ވަދެއްޖެއެވެ. އަދި މިތަދާއި ވޭނުގެ ދުނިޔޭގައި އޭނާގެ މޭ އުނގުޅައިލައިފައި އިށީނދެއްޖެއެވެ. އޭނާއަށް ހަމަ އިށީނދެވުމާއެކު އޭނާގެ ސަމާސާ އެކުވެރިންތައް ހަތަރުފަރާތުން އައިސް އޭނާ ވަށައިލައިފިއެވެ.

"ބަލަބަލަ ތިޔަ ރޮނީ ކޮންވަޑާމެއް." ކުއްޖަކު އޭނާގެ އަތުގައި ވަރަށް ބާރަށް ވިކައިލިއެވެ.

"އެފަކީރު އެ ރޮނީކީ ނޫން." އަނެކަކު ބުންޏެވެ. “އުފުލަން ޖެހިފައި އޮތް ބަރުބޮޑުކަމުން ފިކުރު ކުރާއިރު ކަލޭމެން ތިޔަ އަހަނީ، ތިޔަ ރޮނީ ކީއްވެގެންހޭ؟ ކަލޭމެން ހީކުރަނީ ކައިވެންޏަކީ އެއީ މަޖާގަނޑެއް ކަމަށްތަ؟"

"ތީޖް ސިންގު ހިފަން އުޅެމުން އުޅެމުން ގޮސް މިހާރު އެ ހިފުނީ އަންހެންވެރިންގެ ލިބާހުގެ ފަސްބައިގައި އެފަކީރަށް." އެއްކުއްޖަކު ދިމާކޮށްލިއެވެ.

"ކަލޭ ހީކުރަނީ އަދިވެސް ހިފަންވީ ދޮންދޫނިކަމަށްތަ؟’ އަނެކަކު ބުންޏެވެ.

"ދޮންދޫނި ހިފާ އުމުރު މިހާރު ހިނގައްޖެނު. އެފަކީރުގެ ދޮންދޫންޏޭ ނުކިޔަބަލަ." އަނެކަކު ފޮށިގަތެވެ. "ތިޔަ ނޫން ކޮންމެވެސް އެހެން އެއްޗެއް ހިފާވާހަކައެއް ދެއްކިއްޔާ މާ މަޖާވާނެއެއްނު."

ސާތިޝް ހީނލިއެވެ.

އަހަރުމެންގެ ލަދުވެތި މަނިއްޕުޅުގެ ނިތްކުރި އުފަލުން އޮއްދާފޮދުހިއްލާ ތަނެއް ވެސް ކަލޭމެންނަކަށް ނުފެނޭތަ؟"

"ތިޔަހިއްލާ އޮއްދާފޮދު ފޮހެންނު ލަތާ އެހުރީ." އަނެކަކު ދިމާކޮށްލިއެވެ.

"މި ނާޒުކު މައްސަލާގައި އަހަރުމެން އެއްވެސް އެއްޗެއް ބުނެގެން ނުވާނެ. އެއީ މީ ބައެއްގެ ޒާތީ އަދި ޕްރައިވެޓު

މައްސަލައަކަށް ވާތީ."

މިހެން ބުނުމުން އެންމެންނަށް އެއްފަހަރާ ކަކަކަކަ އަޅައިފައި ހީނގަނެވުނެވެ. ދީޕު އެކުދިންނާ ދިމާއަށް ހަމައެކަނި ބަލަން އިނީއެވެ. އޭނާވެސް ހޭން ހިތަށްއަރާމެއެވެ. ނަމަވެސް އެތައް މަސައްކަތެއް ކުރުމާ އެކުގައި ވެސް ހިނިކޮޅު އޭނާގެ ތުންފަތާ ހަމަޔަށް އައިސްފައި އެނބުރި ދަނީއެވެ.

"ލަތާގެ ހެދުމުގެ ދާވަނިކޮޅު ކޮބާ." ޖަގްމޯހަން ބުންޏެވެ.

"މިއޮތީއެއްނު." އެއްކުއްޖަކު ދީޕުއާ ދިމާއަށް އިޝާރާތް ކޮށްލިއެވެ.

"އާނ. ލަތާގެ ވާހަކަދައްކާ. އޭރުން މާ ރަނގަޅު ވާނެ." އެވަގުތު އަންހެންކުދިންގެ ޕާޓީއެއް އަތުވެއްޖެއެވެ. އެތަން ފެނިފައި ލާނެތް ޖާވީދު ދީޕުގެ ފުރަގަހުގައި ހުރި ގޮނޑީގެ ފުރަގަހަށް ވަދެ ފިލައްޖެއެވެ.

"މިޔޯ." އެއްކުއްޖަކު އަހައިލިއެވެ.

"މީދަލެއްނު އެއީ." އަންހެންކުއްޖަކު އެކަމާ ހީނލިއެވެ.

"އެހެންވީއިރު ކަލޭމެން ތިޔައީ ބުޅާތާ!" ޖަގްދޭޝް އެކުދިންނާ މުޚާތަބުކޮށް ބުންޏެވެ.

"ނޫނޭ…" ޖާވީދު ގޮނޑީގެ ފުރަގަހުން ނުކުމެއްޖެއެވެ.

"ކަލޭގެ ތިޔަ ހުންނަ ގޮތް ވަރަށް ނުބައި."

"ކޮން ގޮތެއް." ސަލްމާ ހީނލިއެވެ.

"ތިޔަ ހުންނަނީ." ޖާވީދު ޖެހިލުމާ ނުލައި ބުންޏެވެ.

"ހެނމުން ހޮނުއަޅާ ގޮތް. ދެން ރުހުނަސް ނުރުހުނަސް ރައްޓެއްސަކަށްވެގެން އައިސް ކަލޭމެންގެ ހާލިތައް ހަމަ ވަގުތުން އަހަރުމެންގެ ބޮލުގައި ތިޔަ ހަދާލާ ގޮތް."

"ބޭޗާރާ ދީޕަށް ވީ ގޮތް މިއޮތީ އަހަރުމެންނަށް ފެންނާކަށްނު."

"ކަލޭމެން އަންހެންވެރިން ފަހަރެއްގައި ވެސް މޫނުބަލާ ލޯގަނޑުން ސިފަ ބަލައިލީމުތަ؟" ނިރުމަލާ ބުންޏެވެ. "ކަލޭމެން އަންހެންވެރިންގެ ކިބައިން އެއްޗިއްސަށް ޗުއްޓީއެއް ލިބުނިއްޔާތާ." މިހެން ބުނީމާ ހުނުމުގެ ފައްވާރެއް އަރައިގެން ދިޔައެވެ. އެ ފިރިހެންކުދިންތައް ހޭނތަން ފެނިފައި އަންހެންކުދީން ތުންކޮޅު އޫކޮށްލިއެވެ.

"މިވަނީ ކީއް ކަލޭނޭ." ކަންވަލް އަހައިލިއެވެ.

"ބުޅާ ކުޅެނީ."

މިހެން ބުނީމާ ކިކިކިކި….ކޮކޮކޮކޮ ގެ ހުނުމުގެ އަޑު….ގެ ވާހަކަ ދެއްކުމެއް ވެސް ނެތެވެ. އެހިނދު ކޮންމެވެސް ބޭކަލަކު އެނައުންސު ކުރިއެވެ.

"ލޭޑީޒް އެންޑް ޖެންޓްލްމަން." ކޮންމެވެސް ލާނެއް ކުއްޖަކު އެކަމާ ފޮށިއްޖެއެވެ.

އަނެއްކާ ވެސް އެކޮޅުން އަޑެއް އިވިއްޖެއެވެ. ލަތާއާ ދީޕުގެ ކައިވެނީގެ ދުވަސް އެކަށައެޅިއްޖެއެވެ. މިއާ އެކު އަތްތިލަބަޑި ތަޅައިގެންފިއެވެ. "މީގެ ދެމަސް ދުވަހާއި އަދި ސާދަ ދުވަހަށް ފަހުގައެވެ."

އިއުލާނު ފުރިހަމަވެއްޖެއެވެ. އަނެއްކޮޅުން އަތްތިލަބަޑިގެ އަޑުފަށްގަނޑުގެ ތެރޭގައި ޝޫލާގެ އަޑުއިވިއްޖެއެވެ.

"އަނހާ! އެއޮއް އަންނަނީ ޝަޝީ މެޓާ ބަހާ ނިމުނީމާ."

ޝަޝީގެ ނަން އިވުމާ އެކު ދީޕުގެ މޭގަނޑުގައި ނުހަނު ބާރަށް ޖެހިލި ކަހަލައެވެ. ހިތުގައި ކުދިކުދި ކޮށް ވިކަން ފެށި ކަހަލައެވެ. މޫނުމަތީގެ ކުލަ ބަދަލުވެގެން ހިނގައްޖެއެވެ. ވީމާ މި މޮޅިން ހިފަހައްޓައިގެން އިންދާމެ ލޮލުން ކަރުނަ އަތުވެއްޖެއެވެ.

“މުބާރަކްބާދު މިސްޓަރ ދީޕު.” އެންމެ ފުރަތަމަ އައިސް މުބާރަކްބާދީ އަދާކުރީ ޝަޝީއެވެ. އޭނާ އައުމާ އެކުގައި ހިތުގައި ވިކަން ފެށި ކަހަލައެވެ. މޫނުމަތިން ކުލަ ބަދަލުވެގެން ހިނގައްޖެއެވެ. ވީ މޮޅިން ހިފަހައްޓައިގެން އިންދާމެ

ލޮލުން ކަރުނަ އަތުވެއްޖެއެވެ.

"މުބާރަކްބާދީ މިސްޓަރ ދީޕު."

އެންމެ ފުރަތަމަ އައިސް މުބާރަކްބާދީ އަދާކުރީ ޝަޝީއެވެ. އޭނާއާ އެކުގައި އޭނާގެ އަލަތު ފިރިމީހާ ޖަގްބާތު ވެސް ވެއެވެ. އޭނާވެސް މުބާރަކްބާދީ އަދާކުރިއެވެ. ދެން މުބާރަކްބާދީގެ ސިލްސިލާ ފެށިއްޖެއެވެ. އަދި ދީޕުގެ ފުރާނަ އަޒާބަކަށް ވެއްޖެއެވެ.

"ބަލަ ލަތާ ރޮނީ ކީއްވެގެން؟" އަންހެންކުއްޖަކު އަހައިލިއެވެ.

"މިކަހަލަ މޮޔަޔަކާ ކައިވެނި ކުރެވުނީމާ އެ ފަކިރު ވާނީ އުފާދޯ!"

ލާނެއް ސާދާ ދިމާއަށް އިޝާރާތް ކޮށްލައިފައި ބުންޏެވެ.

"ތަހުޒީބު އަންހެންކުދިންނާ، ދަށު ފަންތީގެ ޕޮލިހުންނާ ގުޅޭނީ ކިހިނަކުން."

އަންހެންކުދިންނާއި ފިރިހެންކުދިން މިގޮތަށް ހަލޭއްފަޅޭއް ލަވާ މަޖާ ނަގަމުން ދެއެވެ. އެދެމީހުން އާދެ! އެދެމީހުނަށް ޓަކައި މިހުރިހާ ކަމެއް ހިނގަމުންދާ ދެމީހުން ފިކުރުބޮޑުވެފައި މޮޅިން އެތިބީ ކީއްވެގެން ކަމެއް ނޭނގެއެވެ.

ލަތާ ހަގީގަތުގައި ވަނީ ވަރަށް ހިތުގައި ޖެހިފައެވެ. އަދި އެހާމެ ފިކުރުބޮޑުވެފައި މެއެވެ. އޭނާ އެވިސްނަނީ ކޯންޗަކަށް ކަމެއް ނޭނގެއެވެ. އޭނާގެ ހިތްވަނީ ކޮޅެއް ވެސް ނެތްހާ ބޮޑަށް މިލާލާފައެވެ. އެހިތް އޭނާގެ ކުރިމަތިން ދުރަށް ގޮސްފައި ވަނީ ކިހާ ހިސާބަކަށް ކަމެއް ވެސް ނޭނގެއެވެ. މިކައިވެނިކޮށްފިއްޔާ ވާނޭ ގޮތް އޭނާއަށް ރަނގަޅަށް އެނގެއެވެ. ދީޕުގެ ހިތުގެ ޚަބަރުތައް އޭނާއަށް ރަނގަޅަށް ވަޒަން ކުރެވެއެވެ. އޭނާއަށް މިގޮތް ވަޒަން ކުރެވިފައި އޮތީ ވަރަށް ވެސް ކުރިންނެވެ.

މިކަންތައްގަނޑު ނިމުނީ ގާތްގަނޑަކަށް މެންދަމު ބާރަގަޑިބައި އެހާކަށްހާއިރުއެވެ. ދެން މިކަމުގެ ބައިވެރިން އެބައިމީހުންގެ ގޭގެއަށް އެނބުރި ދާން ފަށައިފިއެވެ.

ދެން އެނާ ވެސް އެތަނުން އެނބުރި ހިނގައްޖެއެވެ. އޭނާ ހީވަނީ މި ހަފުލާގެ އެކަކުވެސް ނުދެނެހުރި ހެންނެވެ. އޭނާގެ ހިތުގެ ބާރުތަކުން ބޭރުވެގެން އޭނާގެ ދަރިފުޅުގެ މިއުފާވެރިކަމުގެ ހަފުލާގައި ބައިވެރިވިއެވެ. އޭނާގެ ދަރިފުޅު ދީޕުގެ ކައިވެނީގެ ދުވަސް މިހާރު އެ އެކަށައަޅަނީއެވެ.

އޭނާ މިތާނގައި އިނދެ ހިތްފުރެންދެން އޭނާގެ ދަރިފުޅު ދުއްޓެވެ. އޭނާގެ ޅީދަރިފުޅު ދުއްޓެވެ.އެކުދިންނަށް މުބާރިކުބާދީ އަދާކުރިއެވެ. ނަމަވެސް އެކަކަށް ވެސް އޭނާއެއް ނޭނގެއެވެ. އެއީ ކާކު ކަމެއް އަދި އޭނާ މިތަނަށް އައީ ކީއްވެގެން ކަމެއް ދެނަހުރި އެކަކުވެސް ނެތެވެ. ދެން އޭނާ އެތަނުން އެނބުރި ހިނގައްޖެއެވެ. އުފާވެރިކމާއި ހިތްހަމަޖެހުމުގެ ދުނިޔެއެއް ހިފައިގެންނެވެ.

ޝަޝީގެ ދުނިޔޭގައި ހިތާމަ އާއި އުންމީދުތަކާއި ފިކުރުބޮޑުވުމުގެ ކަންތައްގަނޑު ހިނގައިފައިވާވަރުން އޭނާ ތެދުވެއުޅުމުގެ ނަންވެސް ނުގަނެއެވެ. ދީޕުގެ ލޯބި އޭނާ ހިތުގައި ދިއްލުނީއްސުރެ އެވަގުތުން ފެށިގެން ދީވާނާއެއްހެން މޮޔަވެގެން އެދީޕުގެ މައްޗަށް އޭނާ ވަނީ ގުރުބާން ވޭވޭއެވެ. އޭނާ މޮޔަވެގެން އޭގެ ވަށައިގެން އަބަދުމެ އެނބުރެނީއެވެ. އޭނާގެ އަމިއްލަ ހަށިގަނޑާމެދު އެއްވެސް ހޭވެރިކަމެއް ނުވެއެވެ. އެޠަވާފުގެ ސަބަބުން، އޭނާގެ މުޅި ހަށިގަނޑު އަދަމުން އެބަދާކަމެއް އޭނާއަކަށް ކުޑަކޮށްވެސް ނޭނގެއެވެ. މި ދީޕު އޭނާގެ ދިރިއުޅުން ނިންމާލާނީ ކަމެއްވެސް އޭނާއަކަށް އިހުސާސެއް ނުވިއެވެ. އޭނާ ރެޔާއި ދުވާލު މި ލޯބީގެ އަލިފާނުގައި އެބަ އަނދަމުންދާ ކަމެއް އޭނާއަކަށް އެއްގޮތަކަށް ވެސް ނުވިސްނެއެވެ. އަދި އާހުތަކުގެ ދުލުން އޭނާގެ ނޭވާ އެބަ ހާސްވަމުންދާ ކަމެއް ވެސް ނުދެނެހުރިމެއެވެ. އޭނާ އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. އޭނާ ވަނީ ދީޕާއި ވަކިވުމުގެ ސަބަބުން ބޭގަރާރު ވެފައެވެ. އޭނާ ހިތްހަމަޖެހޭ އެއްކަމެއް ވެސް ނެތެވެ. އޭނާ މިހާރު ހިތަށްއަރަން ފަށައިފިއެވެ. ދީޕަށް ވާހަކަތައް ވަންހަނާ ކޮށްގެން އުޅެވުނީ އެއްވެސް ކަމަކާ ނުލައެވެ. އެންމެ ރަނގަޅުވީހީ ދީޕަށް އެހުރިހާ ވާހަކަތަކެއް ރަނގަޅަށް ތަފްސީލުކޮށް ދެވުނު ނަމައެވެ. އޭނާއަށް އޭނާގެ މަގުސަދުގައި ކާމިޔާބު ވިޔަ ދިނުމެވެ. އޭނާގެ މި ސަތޭކަ ސަކޭތަ ކާމިޔާބީ އޭނާއަށް ކޮންމެވެސް މިންވަރަކަށް ބޭނުން ފުދުނީސްކަން ޔަގީނެވެ. މިހާރު އޭނާ އެ މީހުންނާއި އަދި މުޅި އެ ގޭންގު ދެކެ ފޫހިވާން ފަށައިފިއެވެ. އޭނާ ހިތަށްއަރަން ފެށިއެވެ. މި މުޅި ގޭންގަކީ ވެސް ނަފުރަތު ކުރުން އެކަށީގެންވާ ގޭންގެކެވެ. އެކަށީގެންވަނީ ކޮންމެ އަގެއްގައި ވެސް މިގޭންގު ނައްތާލާ ހަލާކު ކޮށްލުމެވެ. އިރުކޮޅެއްވިއްޔާ އިރުކޮޅަކަށް އޭނާގެ މޮޔަކަމުގެ މައްޗަށް އޭނާ ރުޅި އާދެއެވެ. ހިތަށްއަރައެވެ. ދީޕު ގާތުގައި މިވާހަކަތައް ވަންހަނާ ކުރީ ކީއްވެގެން ހެއްޔެވެ؟ މި މަލާމާތް ކުރަން އެކަށީގެންވާ، ނަފުރަތު ކުރަން އެކަށީގެންވާ، ގޭންގު ހިމާޔަތް ކުރާ މީހުންގެ ތެރޭގައި އަހަރެންވެސް ހިމެނުނީ ކީއްވެގެން ހެއްޔެވެ؟

މިއަދު ވީ ގޮތެއްވެސް ނޭނގެއެވެ. އޭނާ މިކަންތައްތަކުގެ މައްޗަށް އިރުއިރުކޮޅުން ރުޅި އާދެވެއެވެ. އެއްވެސް ކަމަކުން އޭނާއަށް ގަރާރު ކަމެއް ނުލިބެއެވެ.

ދީޕުގެ ހަނދާން ކަތިލެވިފައިވާ ކުކުޅެއްހެން އޭނާގެ ހިތް ތަޅުވާފޮޅުވާ ހަދަމުން ދެއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *