ފެނަކައިގެ ދަރަނީގެ ގޮތުގައި ހުރި ފައިސާގެ ތެރެއިން 300 މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ހަރުގޭގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއާޒް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވީ ރައްޔިތުންނަށް ޚިދުމަތް ކުރަން ކަމަށާއި މި ހާލަަތުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާކަމަށް މުއާޒް ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ފެނަކަ އިން އާންމުކޮށް މަސައްކަތް ކުރާ ފަރާތްތަކާއި ކުންފުނިތަކަށް ދޭން ޖެހޭ 1.7 ބިލިއަން ރުފިޔާ އޮތް ކަމަށާއި ނަމަވެސް، މި ހަތް މަސް ތެރޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައިވާ ކަމަށެވެ.
"އެ ފަރާތްތަކަށް ފައިސާ ދައްކައި ޚަލާސްކުރީ، މިހާރު ކުރަމުންދާ ހުރިހާ މަސައްކަތަކަށް ފައިސާ ދެމުން." މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ކުރީ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށާއި އެގޮތުން ކުރީ ސަރުކާރުގައި ފެނަކަ މެދުވެރިކޮށް 48 އޭޓީއެމް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އެ ހުރިހާ ޕްރޮޖެކްޓެއް ހަވާލުކޮށްފައި ވަނީ ނުއަގުގައި ކަމަށެވެ.
