ރަސްގެފާނާއި 10 މިނިކާވަގު

އެއްޝަހަރެއްގައި އުޅުނު ވަރަށް އަނިޔާވެރި ރަސްކަލެއް 10 މިނިކާވަގު ގެންގުޅުއްވިއެވެ.  ރަސްގެފާނަށް ޚިދުމަތްކުރާ ޚާދިމަކަށް ގޯހެއް ހެދިއްޖެ ނަމަ އެތަކެތީގެ ކާނާއެއްގެ ގޮތުގައި ޝިކާރައަށް އެ މިނިކާވަގުތަކަށް އެމީހަކު ހަދައެވެ. އެންމެންގެ ކުރިމަތީގައި އެ މިނިކާވަގުތައް އެ ޚާދިމުމަރާލާ ކާލައެވެ.

އެއްދުވަހަކު އުމުރުން ދުވަސްވީ ޚާދިމުންގެ ތެރެއިން އެކަކުގެ މައްސަލައެއް ރަސްގެފާނަށް ހުށަހެޅިއެވެ. އަދި އޭނާ ކުށްވެރިވިއެވެ. ރަސްގެފާނު އަމުރުކުރެއްވީ އޭނާ ރަސްގެފާނުގެ މިނިކާވަގުތައް ތެރެއަށް އެއްލާލުމަށެވެ.

"އަޅުގަނޑު ރަސްގެފާނަށް ޚިދުމަތް ކޮށްފައިވާތާ ދިހަ އަހަރު ވެއްޖެ. ރަސްގެފާނު އަޅުގަނޑު އެ މިނިކާވަގުތަކުގެ ތެރެއަށް އެއްލާލުމުގެ ކުރިން އަޅުގަނޑަށް ދިހަ ދުވަސް ދެއްވުން އެދެން؟" އެ ދުވަސްވީ ޚާދިމު އާދޭސް ދެންނެވިއެވެ. އަދި ރަސްގެފާނު މިކަން ޤަބޫލުކުރެއްވިއެވެ.

ޖަލުގައި އޮވެ ދުވަސްވީ ޚާދިމު މިނިކާވަގު ބަލަހައްޓާ ގާޑުގެ ގާތުގައި ކުރިއަށް އޮތް ދިހަ ދުވަހު އެމިނިކާވަގުތަކަށް ޚިދުމަތް ކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. ގާޑުން މިކަމާއި ވަރަށް ފަސޭހައިން އެއްބަސްވިއެވެ. އެހެންކަމުން ޚާދިމަށް އެ މިނިކާވަގުތަކަށް ކާންދީ، އެސޮރުމެން އުޅޭތަން ސާފުކޮށްދީ ފެންވަރުވާ ހެދިއެވެ. އަދި ނުހަނު ލޯބިން މިނިކާވަގުތަކަށް އަޅާލާ އޯގާތެރިވިއެވެ.

ދިހަ ދުވަސް ނިމުމުން ރަސްގެފާނު އަމުރު ކުރެއްވީ އަދަބެއްގެ ގޮތުން އެ ޚާދިމު، މިނިކާވަގުތައް ތެރެއަށް އެއްލާލުމަށެވެ. ކުޅިބަލަންތިބި އެންމެންނަށް ލިބުނީ ހައިރާންކަމެކެވެ. ހުރިހާ މިނިކާވަގުތަކެއް އައިސް ޚާދިމުގެ ފައިގައި ފިރުމާލާތަން ފެނުމުންނެވެ!

"އަހަރެންގެ މިނިކާވަގުތަކަށް ވީ ކިހިނެއްހެއްޔެވެ؟"  ޙައިރާންވެވަޑައިގެން ރަސްގެފާނު ވިދާޅުވިއެވެ.

"އަޅުގަނޑު މިނިކާވަގުތަކަށް ޚިދުމަތް ދިނީ އެންމެ ދިހަ ދުވަހު. ނަމަވެސް އެ ސިކުނޑިއެއްނެތް ޖަނަވާރުތައް އަޅުގަނޑުގެ ޚިދުމަތް ހަނދާން ނައްތާނުލާ. އަޅުގަނޑު މަނިކުފާނަށް ޚިދުމަތް ކުރާތާ ދިހަ އަހަރު ވީއިރު އަދި ހެދުނު ފުރަތަމަ ގޯހުގައި ރަސްގެފާނު އަޅުގަނޑަށް އަނިޔާވެރިވެއްޖެ" ޚާދިމް ދެންނެވިއެވެ.

ރަސްގެފާނަށް ހެއްދެވުނު ގޯސް ވިސްނިވަޑައިގެން އެ ޚާދިމު އޭނާގެ މަގާމަށް އަނބުރާ ގެންދިއުމަށް އަމުރުކުރެއްވިއެވެ.

އިންސާނުން މީހަކު ކޮށްދީފައިވާ ހެޔޮކަންތައްތައް ހަނދާން ނައްތާލައި އަދި އޭނާއަށް ގޯހެއް ހެދޭހިނދު އެކަން ކުށްވެރިކުރެއެވެ.

ބުއްދިނެތް ޖަނަވާރުންވެސް ޝުކުރުވެރިވާއިރު ފުރިހަމަ ވިސްނުމާއި ބުއްދި ދެއްވާފައިވާ އިންސާނުންނަށް ޝުކުރުވެރި ނުވެވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *