ތިބާ މާބޮޑަށް ޓެންޝަނަށް ދާކަން ފާގަފަކުރެވޭނަމަ ބޭސް ނުބޮއި ލޭގެ ޕްރެޝަރު ދަށްކުރުމަށް ވިސްނަން ހެއްޔެވެ؟ އެކަމަށް ނުހަނު އަވަސް ފައިދާހުރި ގޮތްތަކެއް ކޮންމެހެންވެސް ބޭނުންވެއެވެ. ޑޮކްޓަރު ލިޔެދޭ ބޭހެއް ދިން ނަމަވެސް ކުއްލިއަކަށް އެކަން ދަށްކުރެވޭނެ ޖާދޫގެ ބޭސްގުޅައެއް އަދިވެސް އުފެއްދިފައެއް ނެތެވެ. ވީމާ މި ޞިއްޙީ މައްސަލައަށް އެހީތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބައެއް ބަދަލުތައް ގެނެސްގެން މިކަމަށް އެހީތެރިވެދޭނެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ލޭމައްޗަށް ދިއުމުގެ ސަބަބުން ހާޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމާއި، އަދި ކިޑްނީ ފެއިލްވުން ފަދަ ކަންކަން ކުރިމަތިވެދާނެއެވެ. ނަމަވެސް ހައިޕަރޓެންޝަންގެ ސަބަބުން ހަމައެކަނި އެމެރިކާގައިވެސް ކޮންމެ ދުވަހަކު 1000 މީހުން މަރުވާކަން އެނގޭ ހެއްޔެވެ؟ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އިން ބުނާ ގޮތުގައި އެމެރިކާގެ ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކީ ލޭމައްޗަށްދާ މީހުންނެވެ.
ބޭހާއި ނުލާ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ
ލޭގެ ޕްރެޝަރ މައްޗަށް ދިއުން ކޮންޓުރޯލްކުރުމަށް މަސައްކަތް ކުރުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ލޭގެ ޕްރެޝަރު އާދައިގެ މިންވަރަކަށް ގެންދިއުމަށް ތިރީގައިމިވާ ގުދުރަތީ ގޮތްތައް އަޖުމަބަލާލައްވާށެވެ.
-
ބަރުދަން ލުއިކުރުން
ފަލަވުމަކީ ލޭމައްޗަށް ދިއުމުގެ ނުރައްކާ ބޮޑު ކަމެކެވެ. ލޭގެ ޕްރެޝަރ މައްޗަށް ދިއުން ކޮންޓްރޯލް ކުރަން ބޭނުންނަމަ އެންމެފުރަތަމަވެސް މިކަން ކުރުމަށް އެންމެ ރަނގަޅު އެއް ގޮތަކީ ބަރުދަން ލުއި ކުރުމެވެ. ހަށިގަނޑުގެ ބަރުދަނުގެ 10 ޕަސެންޓް ލުއިކުރުމަކީ ހަމައެކަނި ހިތުގެ މައްސަލަތަކަށްވެސް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެކެވެ.
-
ސޯޑިއަމް (ލޮނު) ހުރިމިންވަރު ދެނެގަތުން
ލޮނަކީ ލޭގެ ޕްރެޝަރުގެ މައްސަލަތައް ކުރިމަތިވާ މީހުންނަށް އެހާ ރަނގަޅު މާއްދާއެއް ނޫނެވެ. ލޮނުގެ ސަބަބުން ހަށިގަނޑުގައި ފެން ހިފެހެއްޓޭތީ ހަށިގަނޑުގައި ދިފާއީ ބާރު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް މަސައްކަތްކުރުން ލަސްކުރުވައެވެ. އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ލޭ ދައުރުކުރުމަށް ހިތް އިތުރަށް މަސައްކަތް ކުރަން ޖެހޭތީ، ލޭގެ ޕްރެޝަރު މައްޗަށް ދިއުމަށް މަގުފަހިވެއެވެ.
އެމެރިކަން ހާޓް އެސޯސިއޭޝަނުން ލަފާކުރާ ގޮތުގައި މީހަކަށް ދުވާލަކު 1،500 މިލިގްރާމަށް ވުރެ ގިނައިން ލޮނު ބޭނުމެއް ނުވާނެއެވެ. ލޮނު ގިނައިން ހުންނަ ޕޮޓޭޓޯ ޗިޕްސް އާއި އެކިކަހަލަ ދަޅުކާނާއާއި ސޫޕްޕެކެޓް ފަދަ ތަކެއްޗަށް ސަމާލުކަން ދޭށެވެ. މީގެ އިތުރުން ހަކުރުގިނަ ތަފާތު ފިޒީ ބުއިންތައްވެސް ހުއްޓާލަން ޖެހެއެވެ.
-
ކެފެއިން ހުއްޓާލުން.
ކެފެއިންއަކީ ހަށިގަނޑަށް ގެއްލުންތަކެއް ދޭ މާއްދާއެކެވެ. ދުވާލަކު އެންމެ ދެ ތަށި ކޮފީ ބުއިކަމުގައިވިޔަސް 200 އާއި 300 މިލިގްރާމް އާއި ދެމެދުގެ މިންވަރަކަށް ކެފެއިން ހަށިގަޑުތެރެއަށް ވަދެއެވެ. ދިރާސާއަކުން ދައްކާ ގޮތުގައި މި މަދު ކޮފީގެ ސަބަބުންވެސް ލޭގެ ޕްރެޝަރު އަށް ޕޮއިންޓް މައްޗަށް ދާނެ އެވެ.
4. ޕޮޓޭސިއަމް ގިނަ ކާނާ ކެއުން
ލޭގެ ޕްރެޝަރު ދަށްކުރަން ބޭނުންނަމަ ޕޮޓޭސިއަމް ގިނަ ތަރުކާރީ އާއި މޭވާ ކެއުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ހަށިގަނޑުގައި އެކަށީގެންވާ މިންވަރަކަށް ޕޮޓޭސިއަމް ހުރުމުން ކުޑަކަމުދާއިރު ކިޑްނީގައި މާގިނައިން ހުންނަ ލޮނު ބޭރުކޮށްދޭނެއެވެ. ބީންސް، ކިރު، ކައްޓަލަ އަދި ޓޮމާޓޯ ފަދަ ތަކެތި ކެއުމުގައި ހިމަނާށެވެ.
ނިންމުން
ލޭގެ ޕްރެޝަރ ބަލާއިރު 130/80 އެމްއެމްއެޗްޖީއަށް ވުރެ މަތިން ހުރުމަކީ ލޭގެ ޕްރެޝަރަ މަތިވީކަމަށް ނިންމިދާނެއެވެ. ގިނަ ޑޮކްޓަރުންގެ ފުރަތަމަވެސް ލޭގެ ޕްރެޝަރ ދަށްކުރުމަށް ދެނީ ބޭހެވެ. ހިތާމައަކީ އެ ބޭސްތަކުގެ ސަބަބުން ފައިދާއަށްވުރެ ގެއްލުން ބޮޑުވެދާނެތީ އެވެ. ބޯއެނބުރުން، ނިދި ނުލިބުން، މަސްތަކުގައި ރިއްސުން ފަދަ ނޭދެވޭ އަސަރުތަކުގެ ޝަކުވާ ގިނަ ބަޔަކު މިހާރުވެސް ކުރާތީ އަޑުއިވޭނެއެވެ. ވީމާ ތިމާ އަމިއްލައަށްވެސް މަސައްކަތްކޮށްގެން ލޭގެ ޕްރެޝަރު ދަށް ކުރެވިދާނެއެވެ.
