ތަޒްކިޔާ ތިންވަނަ މެޑެލް ހޯދައިފި

ސްރީލަންކާގައި ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް އަމްނާ ތަޒްކިޔާ މިރުޞާދު 3 ވަނަ މެޑެލް ހާސިލްކޮށްފިއެވެ.

މިއީ މިމުބާރާތުގައި ތަޒްކިޔާ ހޯދި 3 ވަނަ މެޑަލްއެވެ. ފުރަތަމަ ހޯދާފައިވަނީ 100 މީޓަރ ފްރީސްޓައިލް އިވެންޓުން ބްރައުންޒް މެޑަލްއެކެވެ. ދެވަނައަށް ހޯދާފައިވަނީ 50 މީޓަރ ފްރީސްޓައިލް އިވެންޓުން ސިލްވަރ މެޑަލް އެކެވެ. ހަމަ މި މުބާރާތުގައި 4 ގުނަ 100 މީޓަރ މެޑްލޭ ރިލޭ އަދި 4 ގުނަ 50 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުން ލޯމެޑަލް ހޯދި ޓީމުގައިވެސް ތަޒްކިޔާ ހިމެނެއެވެ.

މީގެ އިތުރުން ސްރީލަންކާގައި ކުރިއަށްދާ އެގައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ވާދަކުރި ޖޫނިއަރ އަންހެޓީމުން 4 ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓު 02:08.38 އިން ނިންމާ، ޤައުމީ ރެކޯޑް ވަނީ އާކޮށްފިއެވެ. ޤައުމީ ރެކޯޑް އާކުރި ޓީމުގައި ހިމެނެނީ އަމްނާ ތަޒްކިޔާ މިރުޞާދު، ޒޯހާ އަޒްލީ ނަސީމް، މަލައިކާ ލިންޑާ އިމްރާން އަދި ޒާހާ ޒައިދުލް ޚަލީލެވެ.

މިފަހަރު ޖޫނިއަރ ކެޓަގަރީގެ 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުން ނެވެ.

މި މުބާރާތުގައި ދިވެހި ފެތުންތެރިން ވަނީ 3 ބްރޯންޒް އަދި 2 ސިލްވަރ މެޑަލް ހޯދާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *