1 ޖުލައި
- 1573 – ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންވުން.
- 1966 – އައްސުލްޠާން މުޙައްމަދު ޝަމުސުއްދީނުގެ ސިއްކަޖެހި ހަތަރު ލާރި (ބޮޑު ލާރި) އުވައިލެއްވުން.
- 1980 – ޑިޕާރޓްމެންޓް އޮފް މީޓިއޮރޮލޮޖީ އުފެއްދެވުން
- 1981 – މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދެވުން
2 ޖުލައި
- 1953 – އަލްފާޟިލް އިބްރާހިމް މުހައްމަދު ދީދީއަށް ނިޝާން އިބްރާހީމް އަދި ނިޝާން އަސްކަރީގެ މެޑަލް އެރުވުން
- 1959 – މަދަރުސަތުލް މަޖީދިއްޔާގެ އައު އިމާރާތް ހުޅުވުން
- 1975 – ލ. ކަޅައިދޫއަކީ މީހުން ދިރިއުޅޭ ރަށެއް ކަމުގައި އަލުން ހަމަޖެއްސުން
3 ޖުލައި
- 1968 – ނ. ތޮޅެންދޫ މީހުން ނ. ވެލިދުއަށް ބަދަލު ކުރެއްވުން
- 1979 – ސައިންސް އެޑިއުކޭޝަން ސެންޓަރ މިހާރު ގެ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން ހުޅުވުން
4 ޖުލައި
- 1982 – ގދ. ފަރެހާއި މާތޮޑާ ގުޅުވައިލެވުނު ފާލަން ރަސްމީކޮށް ހުޅުވުން
5 ޖުލައި
- 1968 – މާލޭ ދެކުނު ފަރާތު ފަޅުތެރެއިން އަމިއްލައަށް ބިން ހިއްކަން އެދޭ މީހުންނަށް ބިން ހިއްކަން ދޫކުރެވުން
6 ޖުލައި
- 1981 – ކިޔަވާކުދިންގެ ފުރަތަމަ ސެމިނަރ އިފްތިތާހް ކުރުން
7 ޖުލައި
- 1973 – ގްރީކްގެ 26 ޔޮޓް ދިވެހި ދިދައިގެ ދަށުގައި ރެޖިސްޓްރީކޮށް އަދި 32 ޔޮޓް އެކަމަށް އެދިފައިވާ ކަމަށް ޝާއިޢު ކުރުން
8 ޖުލައި
- 1967 – :- 84 މާއްދާގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގެ ހަތަރުވަނަ ގާނޫނު އަސާސީ ދެވަނަ ފަހަރަށް އިސްލާހު ގެނައުން
- 1979 – ދުވަހު ނޫސް "އާފަތިސް" ނެރެންފެށުން
9 ޖުލައި
- 1961 – ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ ފުރަތަމަ ޗެޕްޓަރ ފާސްކުރެއްވުން
- 1982 – ކޮމަންވެލްތުގެ ޚާއްޞަ މެންބަރަކަށް ރާއްޖެވުން
10 ޖުލައި
- 1977 – ދިވެހިރާއްޖެއާއި ދުނިޔޭގެ އެހެން ތަންތަނާ ދެމެދު މުވާޞަލާތުގެ ގުޅުން ޢާންމުވުން
- 2008 – ފިނޭންސް މިނިސްޓަރ ގެ މަގާމް ހުންނެވި މަޝްހޫރު ވިޔަފާރި ވެރިޔާގާސިމް އިބްރާހީމް އިސްތިއުފާދެއްވުން
11 ޖުލައި
- 1945 – ނާދީ ތަމައްދުން، އަދި ދައުލަތުގެ ލައިބްރަރީ ހުޅުވުން. މިއީ ރާއްޖޭގައި އުފެދުނު ފުރަތަމަ ކްލަބް އަދި ފުރަތަމަ ލައިބްރަރީ
- 1983 – ހުއިފިލަނޑާ އެކްސްޕޯރޓު ކުރުމުގެ ހުއްދަ ދެއްވުން
12 ޖުލައި
- 1974 – މާލޭގައި ޢަމީރު ޢަބުދުﷲ ސުކޫލުގެ ހުޅުވުން
- 1977 – ދިވެހި ބަހުގެ ޤަވައިދު (1ވަނަ ބައި) ލެޓިން އަކުރުން ލިޔެގެން ނެރުއްވުން
13 ޖުލައި
- 1933 – ފާދިއްޕޮޅު ނައިފަރުގައި މަދަރުސަތުލް އިފްތިތާހު ހުޅުވުން
- 1955 – ސަރުކާރާއި ރައްޔިތުން ޙިއްޞާވާގޮތަށް ދިވެހިންގެ މަސައްކަތްތެރި ވިޔަފާރީގެ ގުޅުން ނުވަތަ މޯލްޑިވިއަން އިންޑަސްޓްރިއަލް ޓްރޭޑް އެސްޓެބިލިޝްމަންޓް ގެ ނަމުގައި ޖަމްޢިއްޔާ އެއް އުފެއްދުން
- 1980 – މުލީއާގޭގައި ގުރުއާން ކިޔެވުމާއި ދީނީ މައުޟޫއަށް ވާހަކަދެއްކުމުގެ ޕްރޮގްރާމެއް ހިންގަން ފެށުން
14 ޖުލައި
- 1979 – ލ. މާބައިދޫގައި މަކުތަބެއް ހުޅުވުން
15 ޖުލައި
- 1946 – އަމީނިއްޔާ ސްކޫލް، އަދި މަޖީދިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާ އުފެއްދުން
- 1968 -:- 84 މާއްދާގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގެ ހަތަރުވަނަ ގާނޫނު އަސާސީ އުވާލުން (ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ޤާނޫނު އަސާސީ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުން)
- 2009 – އެމް ޑީ ޕީ އާއި ޑީ އާރު ޕީ ގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއް ހައްލުނުކުރެވިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުއްޓާލުން
16 ޖުލައި
- 1986 – އޮފީސް ފޯ ވިމެންސް އެފެއާރޒް ހުޅުވުނު
17 ޖުލައި
- 1942 – އަލްއަމީރު ޙަސަން ފަރީދު ދީދީއަށް ދިވެހި ދަޢުލަތުގެ " ފައިސާ ކޮމިޝަނަރ" ކަމުގެ ފަތްކޮޅު ދެއްވުން
- 1962 – ޢީދު މިސްކިތާއި ދިމާއިން މާލޭ ހުޅަނގު ފަރާތު ފަޅުތެރެ ހިއްކަވަން ފެއްޓެވުން
- 1976 – ސްރީލަންކާގެ އިންޝުއަރެންސް ކޯޕަރޭޝަން ގެ ގޮތްޕެއް މާލޭގައި ހުޅުވުން
18 ޖުލައި
- 1971 – ހދ. ފަރިދޫ މީހުން ހދ. ހަނިމާދުއަށް ބަދަކުރެއްވުން
- 1980 – ޔުނެސްކޯގެ މެމްބަރަކަށް ރާއްޖެވުން
19 ޖުލައި
- 1977 – ޚާއްޞަ މުނާސަބަތާތަކުގައި ޤައުމީ ދިދަ ނެގުން ހުއްދަ ކުރެއްވުން
- 1980 – ރާއްޖެއަށް ގެންނަ ތަކެތިން މައުމޫލް ނެގުމާއި، ރާއްޖެއަށް ބޭރަށްދާ ބައެއް ތަކެތީން ޑިއުޓީ ނަންގަވަން ފުރަތަމަ ފެއްޓެވުން
20 ޖުލައި
- 1951 – ރާއްޖޭގައި ފުރަތަމަ ނުކުންނަށް ފެށި ދީނީ މަޖައްލާ ދީނީ ރޫހް ނުކުންނަށް ފެށުން
- 1953 – މަދަރުސަތުއް ސަނިއްޔާގެ ނަން މަދަރުސަތުލް އަމީނިއްޔާއަށް ބަދަލު ކުރެއްވުން
- 1962 – ވުޒާރަތުލް އަޢުޤާފު އުވައިލެއްވުން
- 1964 – ޓެލެކޮމިޔުނިކޭޝަން ޑިޕާޓްމަންޓް އުފެއްދެވުން
- 1973 – އެލައިޑް ހެލްތު ސާރވިސަސް ޓްރޭނިންގް ސެންޓަރ އުފެއްދެވުން
- 1985 – ކޮމަންވެލްތުގެ ފުރިހަމަ މެންބަރަކަށް ރާއްޖެވުން
21 ޖުލައި
- 1938 – އައްސުލްޠާން ޙަސަން ނޫރައްދީން (2) އަށް ރަސްކަމަށް ކޮލި ލެއްވުން
- 1949 – މޯލްޑިވިއަން ޝޯރޫމުގެ ނަމުގައި ކޮޅުނބުގެ ޔޯކް ސްޓްރީޓުގައި ރާއްޖޭގެ ޝޯރޫމެއް ހުޅުވުން
23 ޖުލައި
- 1960 – ހުޅުލެއިން ޢާންމުކޮށް ގޯތި ދޫކުރައްވަން ފެއްޓެވުން
- 1998 – ބައިނަލްއަޤްވާމީ ސްކައުޓު ޙަރަކާތްތަކުގެ ފުރިހަމަ މެންބަރަކަށް ރާއްޖެވުން
24 ޖުލައި
- 1957 – މާލޭގައި ފުރަތަމަ ބޭއްވި މަސައްކަތްތެރިކަމުގެ މަޢުރަޒު ހުޅުވުން
- 1978 – ދިވެހި ކަނޑުމަސް ސްރީލަންކާ އަށްގަތުން ހުއްޓާލުން
25 ޖުލައި
- 1933 – މާލޭގައި ބުރުޒުގައި ތިބި ވޯރާ ވިޔަފާރިވެރިން ހަޅުތާލުކޮށް އެމީހުންގެ ފިހާރަތައް ބަންދުކުރުން
- 1985 – ޤައުމީ މަލަކީ ފިނިފެންމާކަމަށާއި ޤައުމީ ގަހަކީ ދިވެހި ރުއް ކަމުގައި ސަރުކާރުން ހަމަޖެއްސެވުން
26 ޖުލައި
- 1965 – ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި މިއަދު 10 ޖެހިއިރުސޮއިކުރުން
- 1972 – މާލޭ ބޮޑު ގަނޑުވަރު ހުރި ތާނގައި ސަލްޓަންޕާކުގެ ނަމުގައި ޕާކެއް ހުޅުވުން
- 1982 – މާލޭގެ ފަޅުން ބިންހިއްކަވައި ނިންމެވުން
- 2009 – މާފުށީ ޖަލުގެ ގޮޅިތަކެއްގެ ތޭރިތައް ކީހާލައިގެން ގައިދީން ނުކުމެ ހަމަނުޖެހުން ހިންގައި ޖަލުގެ މުއައްޒިފުންނާއި އޮފިސަރުންނަށް ހަމަލާދީ އެކެއްގެ އަތް ބިންދާލުން. ގައިދީން މި ހާދިސާ ހިންގިކަމަށް ވަނީ ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަމުން ދާއިރު، އެމީހުންވެސް މިނިވަން ވާން ބޭނުންކަމަށް ބުނެ.
27 ޖުލައި
- 1979 – އާންމު ޚިދުމަތުގެ އިނާމް ދެއްވަން ފެއްޓެވުން
28 ޖުލައި
- 1978 – ރިޔާސީ އިންތިޚާބު ބޭއްވުނު ދުވަސް
- 1986 – ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ މެމްބަރަކަށް ރަސްމީ ގޮތުން ރާއްޖެ ހަމަޖެހުން
29 ޖުލައި
- 1973 – ށ.ކިލިސްފަރު އެއްކޮށް ގިރާ ފަޅަކަށްވުމުން އެއީ ނެތް ރަށެއްކަމަށް އިއުލާންކުރުން
30 ޖުލައި
- 1964 – ދިވެހިރާއްޖޭގައި ފުރަތަމަ ބަތް އިންޖީނުލީ މަސްބޯޓް ބޭލުން
31 ޖުލައި
- 1946 – ދިވެހި ބަސް ފޮތް އެކުލަވައި ލެއްވުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފެއްޓެވުން
- 1978 – އެމެރިކާގެ ކޮންސިއުލަރ އެޖެންސީ އެއް އަލަށް މާލޭގައި ހުޅުވުން
* މަޢުލޫމާތު: ދިވެހި ތާރީޚް، ދިވެހި ތާރީޚްގެ މައްޗަށް އައު އަލިކަމެއް
