އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްކަމަށް އާޒިމް

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައި-އިލެކްޝަންގައި އެޕާޓީގެ މާލެ ދާއިރާގެ ރައީސްކަށް މާލޭ މޭޔަރު އާދަމް އާޒިމް އިންތިޚާބުކޮށްފިއެވެ.

އިއްޔެ ބޭއްވި އެމް.ޑީ.ޕީ ޤައުމީ މަޖިލިސް ބައި-އިލެކްޝަންގައި މާލެ ދާއިރާގެ ރައީސަކަށް އާދަމް އާޒިމް 1079 ވޯޓު ހޯއްދަވާފައިވާއިރު، މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ފަލާހަށް ލިބިވަޑައިގަތީ 470 ވޯޓެވެ.

އާދަމް އާޒިމްވަނީ އެމްޑަބްލިޔުއެސްސީ އާއި އެމްޓީސީސީގެ އިސްވެރިއެއްގެ ގޮތުން ޚިދުމަތްކުރައްވާފައެވެ. އެއީ ނިމިދިޔަ ސަރުކާރުގެ ދައުރުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. ފަހުން އާޒިމްވަނީ އެމްޑީޕީ އާއި ގުޅިވަޑައިގެންފައެވެ.

މިހާރުރު އާޒިމަކީ މާލޭގެ މޭޔަރެވެ. މޭޔަރ ކަމުގެ މަގާމަށް އާޒިމް ވާދަކުރީ އެމްޑީޕީ ގެ ފަރާތުންނެވެ.

އެމްޑީޕީގެ މާލެ ދާއިރާގެ ރަޢިސް ކަމުގެ މަގާމުގައި މީގެ ކުރިން ހުންނެވިީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *