އުތުރުގެ އަތޮޅުތަކަށް 50 މޭލަށް ވައިގަދަވާނެ.

އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެސަރަޙައްދަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާއިހަމައަށް ހަވީރު 3 ޖަހަންދެންނެވެ.

މިގަޑިތަކުގައި އުތުރުގެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެކަމަށް އެއިދާރާއިން ލަފާކުރައްވައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މުޅި ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅިރާއްޖެއަށް ވަނީ ވައިޓް އެލަރޓްނެވެސް ނެރެފައެވެ. މިގަޑިތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށްވަނީ ލަފާކުރައްވާފައެވެ.

އެއިދާރާއިން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކުރެވެނީ 4 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިނުގައިކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 7 ފޫޓާއި ދެމެދުގެ އުސްމިނުގައިކަމަށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *