ރައްޔިތުން އަދާކުރަންޖެހޭ އެއްވެސް ޓެކުހެއް ބޮޑު ނުކުރާނެ – މާލީ ވަޒީރު

ރައްޔިތުން އަދާކުރަންޖެހޭ އެއްވެސް ޓެކުހެއް ބޮޑު ނުކުރާނެ ކަމަށާއި، ވިސްނުމަކީ ދައުލަތުން ދައްކަން ޖެހޭ ދަރަނިތައް އަދާކުރުމަށްޓަކައި ބޭރު ފައިސާއިން އާމްދަނީ އިތުރު ކުރަން ޑޮލަރު ޓެކްސް ބޮޑުކުރުން ކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ. ބޭރުގެ "ބޮޑު ދަރަނިތައް" ދައްކަންޖެހޭތީ، އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސްއާއި ގްރީން ޓެކްސް ބޮޑު ކުރަން ނިންމާފައިވާ ކަމަށާއި އޭގެ ސަބަބުން ބޭރު ފައިސާއިން ވަންނަ އާމްދަނީ އިތުރުވާނެ ކަމަށް މާލީ ވަޒީރު އޭނާ ވިދާޅުވިއެވެ

" ދައުލަތަށް އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުން ރައްޔިތުންނަށް އޭގެ ބުރަ އުފުލަން ނުޖެހޭނެ."  މާލީ ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، 2025-2027 އަށް ދައުލަތުގެ މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތުގެ ތަފުސީލުތައް ދެއްވަމުން މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވީ ޓެކްސްތަކާ ފީތަކަށް ގެންނަ ބަދަލުތަކުން ރައްޔިތުންނަށް އޭގެ ބުރަ އުފުލަން ނުޖެހޭނެ ކަމަށެވެ.

"ޓެކްސް ރޭޓު ބޮޑުކުރުމުގެ ބަދަލުގައި ޓެކްސް ބޭސްތައް ބޮޑުކުރުމަށް ނިންމާފައިމިވަނީ، އެގޮތުން ސިއްހަތަށް ގެއްލުންވާ ބައެއް އެއްޗެހިން އިމްޕޯޓު ޑިއުޓީ ބޮޑުކުރުން، މިއީ މުޖުތަމަޢަށްވެސް ފައިދާ ކުރާނެ ކަމެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޓެކްސްގެ ބޭސްއަށް ބަދަލުތައް ގެނައުމުގެ ކުރިން މިކަމާއި ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ދައުލަތަށް ޓެކްސްގެގޮތުގައި ނުލިބި ހުރި ބޮޑެތި އަދަދުތައް ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ވިދާޅުވިއެވެ.

ގިނަ ރިފޯމްތަކެއް މިއަހަރުގެ މެދުތެރޭގައި ގެނައުމަށް ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް އެކަމާއި ގުޅޭގޮތުން ކުރަން ޖެހޭ މަސައްކަތްތައް ނުކޮށް ހުރުމުން ރިފޯމްތައް ތަންފީޒްކުރަން ކަނޑައެޅި މުއްދަތުގައި އެކަން ކުރެވިފައި ނުވާ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *