ޕީއެސްއެމްގެ އެމްޑީގެ މަޤާމުން ޒީނާ އިސްތިއުފާ ދެއްވައިފި

ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ ކަމުގެ މަޤާމުން ޒީނާ ޒާހިރު އިސްތިއުފާދެއްވައިފިއެވެ.

ޒީނާ ޒާހިރު ޕީއެެސްއެމްގެ އެމްޑީގެ މަޤާމަށް އައްޔަށް ކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ. ޒީނާ ޒާހިރަކީ ޕީއެސްއެމްގެ ތާރީޙުގައިވެސް އެމްޑީ ކަމުގެ މަޤާމަށް އައްޔަންކުރި ފުރަތަމަ އަންހެން މެނޭޖިންގ ޑިރެކްޓަރެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވި ޒީނާ ޒާހިރަކީ 2006 ވަނަ އަހަރުން ފެށިގެން މީޑިއާ ދާއިރާގައި ގިނަ މަސައްކަތް ކުރައްވާފައިވާ އަދި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައިވާ ފަރާތެކެވެ.

އެމްޑީ ކަމުގެ މަޤާމުގައި ހުންނަވައިގެން ކުންފުނީގެ ހިންގުމާއި ކުންފުުންޏަށް ކުރިމަތިވެފައިހުރި ތަފާތު މައްސަލަތައް ހައްލުކުރުމަށް ވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި ކުންފުނީގެ ޚަރަދު ކުޑަ ކުރުމަށްވެސް ޒީނާ ވަނީ ގިނަ މަސައްކަތް ކުރައްވާފައެވެ. އެގޮތުން ދުވަހުން ދުވަހަށް ކުރަމުންދާ ޚަރަދު ކުޑަކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 20 އިންސައްތަ މިދިޔަ މެއި މަހާ ހަމަޔަށް ކުޑަކުރެވިފައިވާއިރު، ކުންފުނިން ނަގާފައިވާ ބައެއް ބޭނުން ނުކުރާ ލައިންސަންސް އާއި ފްރިކުއެންސީތައް ބާތިލް ކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *