1 އޮގަސްޓް
- 1962 – ވޯރާވިޔަފާރި ވެރިން ރާއްޖޭގައި ވިޔަފާރިކުރުން ހުއްޓުވާލީ
- 1972 – ބޮޑުވަޒީރު ކަމަށް އަލްފާޟިލް އަޙުމަދު ޒަކީ ހަމަޖައްސަވައި އެކަމުގެ ފަތްކޮޅު ދެއްވާ އެމަނިކުފާނުގެ ކެބިނެޓް ހަމަޖެއްސުން
2 އޮގަސްޓް
- 1980 – ސަރުކާރު މުއައްޒަފުންގެ ކްލަބް ދިވެހި ނާދީ ހުޅުވުން
- 1959 – މަދަރުސަތުލް މަޖީދިއްޔާގެ އައު އިމާރާތް ހުޅުވުން
5 އޮގަސްޓް
- 1904 – ޞުލްޠާން މުޙައްމަދު ޝަމްސުއްދީން (3 ވަނަ) ރަސްކަމަށް ކޮލިލުން
- 1952 – ދިވެހި އަންހެނުންނަށް އޮފީސްތަކަށް ވަޒީފާއަށް ނިކުމެ އުޅުމުގެ ހުއްދަ ލިބި އެންމެ ފުރަތަމަ ކާތިބާ އަކު ލެއްވުން
6 އޮގަސްޓް
- 1945 – ސަރުކާރު އޮފީސް ތަކުގައި ދިދަ ނަގަން ފެށުމުގެ ގޮތުން މުލީއާގޭގައި ގައުމީ ދިދަ ފުރަތަމަ ފަހަރަށް ނެގުން
- 1948 – ސިފައިންގެ ބެޖް ދެއްވުން
7 އޮގަސްޓް
- 2008 – އިސްލާހު ކުރެވުނު ގާނޫނު އަސާސީ ތަސްދީގު ކުރުން
9 އޮގަސްޓް
- 1981 – ލަންޑަނުން ހެޑްމާސްޓަރ ކޯސް ފުރިހަމަކުރައްވައިގެން ރާއްޖެ ވަޑައިގަތް ބައެއް ބޭފުޅުން އަތޮޅު ތަޢުލީމީ މަރުކަޒުތަކަށް ފޮނުވުން
10 އޮގަސްޓް
- 1978 – ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސްކަމަށް އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމް އިންތިޚާބުވިކަން އިއުލާންކުރުން
11 އޮގަސްޓް
- 1976 – ދިވެހިރާއްޖެ އިކަނަމިކް އެންޑް ސޯޝިއަލް ކޮމިޝަން ފޯރ އޭޝިޔާ އެންޑް ޕެސިފިކްގެ މެންބަރަކަށްވީ
- 1979 – ސަރުކާރު ސުކޫލްތަކުގައި ގްރޭޑް 4 ނިމެންދެން ގުރުއާން ކިޔަވައިދޭ ގޮތަށް ހަމަޖެއްސުން
- 2008 – ސިވިލް ސާރވިސް ގާނޫނުގެ ދަށުން ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމުގެސަބަބުން
ސަރުކާރު މުއައްޒަފެއްގެ ވަޒީފާ ފުރަތަމަ ފަހަރަށް ދަށްކުރުން . އެގޮތުން ވަޒީފާ ދަށްކުރި މުއައްޒަފަކީ ޔޫތު މިނިސްޓްރީ ގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމް ގައި ހުންނެވި މުޙައްމަދު ހާނިމް. އެއީ އޮގަސްޓް 8 ، 2008 ގައި ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން އެޕާޓީގެ ރިޔާސީ ކެމްޕޭން ފެއްޓެވުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވާހަކަ ދެއްކުމުގެ ސަބަބުން.
12 އޮގަސްޓް
- 1964 – ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ދިނުމާއި ބެހޭގޮތުން އިގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދު ފުރަތަމަ ފަހަރަށް ވާހަކަ ދައްކަން ފެށުން
- 1947 – ދިވެހިރާއްޖޭގައި ނޫޓް ހިންގުމުގެ ގާނޫނު ފާސްވެ، ތަޞްދީޤްކޮށް އިޢުލާންކުރުން
- 1951 – ދާރުލް ޢުލޫމް ހުޅުވުން. އެއީ މަޖީދިއްޔާ ސުކޫލް ހިންގާ އިމާރާތެވެ.
13 އޮގަސްޓް
- 1973 – ރައްޔިތުން މަޖުލީހުގެ 39 ވޯޓްގެ އަޣްލަބިއްޔަތުން އިބްރާހީމް ނާޞިރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ދެވަނަ ފަހަރަށް ހޮވުން
15 އޮގަސްޓް
- 1967 – ދިވެހިރާއްޖެ ޔުނިވަސަލް ޕޯސްޓަލް ޔޫނިއަންގެ މެންބަރަކަށްވުން
- 1976 – ދިވެހިރާއްޖެ ނޮން އެލައިންޑް މޫވްމަންޓްގެ މެންބަރަކަށްވުން
18 އޮގަސްޓް
- 1906 – ހެންވޭރު ވާރޭ ފެންނަގާ ތާނގީ ރޭނިއެވެ. މިއީ މިގޮތުން ރޭނުނު ފުރަތަމަ ތާނގީ އެވެ.
- 1982 – ދީނީ ފޮތް ފާސްކުރާ ތަނަކީ ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒް ކަމުގައި ހަމަޖެއްސުން
19 އޮގަސްޓް
- 1979 – އިންޑިޔަން އޯޝަން ގޭމްސްގައި ދިވެހި ޓީމްތަކެއް ބައިވެރިވުން. މިއީ މިގޮތަށް ބައިވެރިވި ފުރަތަމަ ފަހަރެވެ.
20 އޮގަސްޓް
- 1938 – ޞުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އަށް ރަސްކަމަށް ކޮލިލުން. ކޮލީ ނަންފުޅަކީ ކުލަ ސުންދުރަ ކަންތިރި ބަވަނަ މަހާރަދުންނެވެ. ނަމަވެސް ބައެއް ލިޔުންތަކުގައި ކޮލި ނަންފުޅަކީ ސިރީ ބަވަނާއްދީއްތަ މަހާރަދުން ކަމުގައި ލިޔެފައި ވެއެވެ.
- 1982 – އައްޑޫގައި ހުކުރު ނުކުރާތާ 7 އަހަރު ފަހުން އަލުން ހުކުރު ކުރަން ފެށުން
21 އޮގަސްޓް
- 1953 – ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު މަގާމުން ދުރުކޮށް އިންގިލާބު ގެނައުން
- 1955 – މަޖިދިއްޔާ ސްކޫލް ދާރުލް އުލޫމް އަށް ބަދަލުކުރުން
23 އޮގަސްޓް
- 1980 – ޒުވާނުންގެ މަޖްލިސް ރައީސުލް ޖުމްހޫރިއްޔާ ހުޅުވައިދެއްވުން
24 އޮގަސްޓް
- 1973 -ހަނޑޫ އަގުބޮޑުވަމުންދާތީ އަގު ހެޔޮވަމުންދާ ނިސްބަތަކުން ކެނޑޭ ގޮތަށް ސަރުކާރުގެ މުއައްޒަފުންންގެ މުސާރައިގެ އިތުރުން މުސާރައިގެ ތެރޭގައި އިތުރު ފައިސާ ދެއްވަން ގަސްދުކުރުން
27 އޮގަސްޓް
- 1982 – މާފަންނު ޒިޔާރަތް މިސްކިތް ހުޅުވުން
29 އޮގަސްޓް
- 1961 – ރާއްޖޭގައި ފުރަތަމަ ހުޅުވުނު އަތޮޅު ކޮމިޓީ ހުޅުވުން
* މަޢުލޫމާތު: ދިވެހި ތާރީޚް، ދިވެހި ތާރީޚްގެ މައްޗަށް އައު އަލިކަމެއް
