އިސްލާހުކުރެވުނު ގާނޫނު އަސާސީ ތަސްދީގު ކުރުން 7 އޮގަސްޓް 2008

ތާރީޚުގެ ތެރެއިން އޮގަސްޓް މަސް

1 އޮގަސްޓް

  • 1962 – ވޯރާވިޔަފާރި ވެރިން ރާއްޖޭގައި ވިޔަފާރިކުރުން ހުއްޓުވާލީ
  • 1972 – ބޮޑުވަޒީރު ކަމަށް އަލްފާޟިލް އަޙުމަދު ޒަކީ ހަމަޖައްސަވައި އެކަމުގެ ފަތްކޮޅު ދެއްވާ އެމަނިކުފާނުގެ ކެބިނެޓް ހަމަޖެއްސުން

2 އޮގަސްޓް

  • 1980 – ސަރުކާރު މުއައްޒަފުންގެ ކްލަބް ދިވެހި ނާދީ ހުޅުވުން
  • 1959 – މަދަރުސަތުލް މަޖީދިއްޔާގެ އައު އިމާރާތް ހުޅުވުން

5 އޮގަސްޓް

  • 1904 – ޞުލްޠާން މުޙައްމަދު ޝަމްސުއްދީން (3 ވަނަ) ރަސްކަމަށް ކޮލިލުން
  • 1952 – ދިވެހި އަންހެނުންނަށް އޮފީސްތަކަށް ވަޒީފާއަށް ނިކުމެ އުޅުމުގެ ހުއްދަ ލިބި އެންމެ ފުރަތަމަ ކާތިބާ އަކު ލެއްވުން

6 އޮގަސްޓް

  • 1945 – ސަރުކާރު އޮފީސް ތަކުގައި ދިދަ ނަގަން ފެށުމުގެ ގޮތުން މުލީއާގޭގައި ގައުމީ ދިދަ ފުރަތަމަ ފަހަރަށް ނެގުން
  • 1948 – ސިފައިންގެ ބެޖް ދެއްވުން

7 އޮގަސްޓް

  • 2008  – އިސްލާހު ކުރެވުނު ގާނޫނު އަސާސީ ތަސްދީގު ކުރުން

9 އޮގަސްޓް

  • 1981 – ލަންޑަނުން ހެޑްމާސްޓަރ ކޯސް ފުރިހަމަކުރައްވައިގެން ރާއްޖެ ވަޑައިގަތް ބައެއް ބޭފުޅުން އަތޮޅު ތަޢުލީމީ މަރުކަޒުތަކަށް ފޮނުވުން

10 އޮގަސްޓް

  • 1978 – ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސްކަމަށް އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމް އިންތިޚާބުވިކަން އިއުލާންކުރުން

11 އޮގަސްޓް

  • 1976  – ދިވެހިރާއްޖެ އިކަނަމިކް އެންޑް ސޯޝިއަލް ކޮމިޝަން ފޯރ އޭޝިޔާ އެންޑް ޕެސިފިކްގެ މެންބަރަކަށްވީ
  • 1979 – ސަރުކާރު ސުކޫލްތަކުގައި ގްރޭޑް 4 ނިމެންދެން ގުރުއާން ކިޔަވައިދޭ ގޮތަށް ހަމަޖެއްސުން
  • 2008 – ސިވިލް ސާރވިސް ގާނޫނުގެ ދަށުން ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމުގެސަބަބުން

ސަރުކާރު މުއައްޒަފެއްގެ ވަޒީފާ ފުރަތަމަ ފަހަރަށް ދަށްކުރުން . އެގޮތުން ވަޒީފާ ދަށްކުރި މުއައްޒަފަކީ ޔޫތު މިނިސްޓްރީ ގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމް ގައި ހުންނެވި މުޙައްމަދު ހާނިމް. އެއީ އޮގަސްޓް 8 ، 2008 ގައި ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން އެޕާޓީގެ ރިޔާސީ ކެމްޕޭން ފެއްޓެވުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވާހަކަ ދެއްކުމުގެ ސަބަބުން.

12 އޮގަސްޓް

  • 1964 – ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ދިނުމާއި ބެހޭގޮތުން އިގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދު ފުރަތަމަ ފަހަރަށް ވާހަކަ ދައްކަން ފެށުން
  • 1947 – ދިވެހިރާއްޖޭގައި ނޫޓް ހިންގުމުގެ ގާނޫނު ފާސްވެ، ތަޞްދީޤްކޮށް އިޢުލާންކުރުން
  • 1951 – ދާރުލް ޢުލޫމް ހުޅުވުން. އެއީ މަޖީދިއްޔާ ސުކޫލް ހިންގާ އިމާރާތެވެ.

13 އޮގަސްޓް

  • 1973 – ރައްޔިތުން މަޖުލީހުގެ 39 ވޯޓްގެ އަޣްލަބިއްޔަތުން އިބްރާހީމް ނާޞިރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ދެވަނަ ފަހަރަށް ހޮވުން

15 އޮގަސްޓް

  • 1967 – ދިވެހިރާއްޖެ ޔުނިވަސަލް ޕޯސްޓަލް ޔޫނިއަންގެ މެންބަރަކަށްވުން
  • 1976 – ދިވެހިރާއްޖެ ނޮން އެލައިންޑް މޫވްމަންޓްގެ މެންބަރަކަށްވުން

18 އޮގަސްޓް

  • 1906 – ހެންވޭރު ވާރޭ ފެންނަގާ ތާނގީ ރޭނިއެވެ. މިއީ މިގޮތުން ރޭނުނު ފުރަތަމަ ތާނގީ އެވެ.
  • 1982 – ދީނީ ފޮތް ފާސްކުރާ ތަނަކީ ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒް ކަމުގައި ހަމަޖެއްސުން

19 އޮގަސްޓް

  • 1979 – އިންޑިޔަން އޯޝަން ގޭމްސްގައި ދިވެހި ޓީމްތަކެއް ބައިވެރިވުން. މިއީ މިގޮތަށް ބައިވެރިވި ފުރަތަމަ ފަހަރެވެ.

20 އޮގަސްޓް

  • 1938 – ޞުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)  އަށް ރަސްކަމަށް ކޮލިލުން. ކޮލީ ނަންފުޅަކީ ކުލަ ސުންދުރަ ކަންތިރި ބަވަނަ މަހާރަދުންނެވެ. ނަމަވެސް ބައެއް ލިޔުންތަކުގައި ކޮލި ނަންފުޅަކީ ސިރީ ބަވަނާއްދީއްތަ މަހާރަދުން ކަމުގައި ލިޔެފައި ވެއެވެ.
  • 1982 – އައްޑޫގައި ހުކުރު ނުކުރާތާ 7 އަހަރު ފަހުން އަލުން ހުކުރު ކުރަން ފެށުން

21 އޮގަސްޓް

  • 1953 – ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު މަގާމުން ދުރުކޮށް އިންގިލާބު ގެނައުން
  • 1955 – މަޖިދިއްޔާ ސްކޫލް ދާރުލް އުލޫމް އަށް ބަދަލުކުރުން

23 އޮގަސްޓް

  • 1980 – ޒުވާނުންގެ މަޖްލިސް ރައީސުލް ޖުމްހޫރިއްޔާ ހުޅުވައިދެއްވުން

24 އޮގަސްޓް

  • 1973 -ހަނޑޫ އަގުބޮޑުވަމުންދާތީ އަގު ހެޔޮވަމުންދާ ނިސްބަތަކުން ކެނޑޭ ގޮތަށް ސަރުކާރުގެ މުއައްޒަފުންންގެ މުސާރައިގެ އިތުރުން މުސާރައިގެ ތެރޭގައި އިތުރު ފައިސާ ދެއްވަން ގަސްދުކުރުން

27 އޮގަސްޓް

  • 1982 – މާފަންނު ޒިޔާރަތް މިސްކިތް ހުޅުވުން

29 އޮގަސްޓް

  • 1961 – ރާއްޖޭގައި ފުރަތަމަ ހުޅުވުނު އަތޮޅު ކޮމިޓީ ހުޅުވުން

* މަޢުލޫމާތު: ދިވެހި ތާރީޚް، ދިވެހި ތާރީޚްގެ މައްޗަށް އައު އަލިކަމެއް

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *