އެޗްޑީސީގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް ހިއްސާ ވިއްކަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ހައިދަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެޗްޑީސީ ވެގެންދާނީ ސަރުކާރުން ކުރިއަށްގެންދާ އާބަން ސެންޓަރުތަކުގެވެސް މާސްޓާ ޑިވެލޮޕަރ ކަމަށެވެ. އަދި އެކުންފުނީގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެންނަން ނިންމާފައިވާ ކަމަށްވެސް ހައިދަރު ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސްގެ ވިސްނުންފުޅަކީ ކުރިއަށް އޮތްތަނުގައި އެޗްޑީސީގެ ހިއްސާ އާންމުންނަށް ވިއްކުން ކަމަށް ހައިދަރު ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން، ބައެއް ކުންފުނިތައް އެއްކޮށްލަން ކެބިނެޓުން މިއަދު ނިންމާފައިވާ އިރު، އޭގެ ތެރޭގައި، އެޗްޑީސީގެ ދަށުން ފަހިދިރުޅުން ކޯޕަރޭޝަން ހިންގާ ގޮތަށް ނިންމުން ހިމެނެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *