ފީފާ ވޯލްޑް ކަޕް – އޭޝިއާ ބައްރުގެ ކޮލިފިކޭޝަން މެޗުތަގެ ނަތީޖާ ތަކުން ސައުދި އަރަބިއާ އަދި ޖަޕާން ގަތަރު ގައި ބާއްވާ ވޯލްޑް ކަޕް 2022 އަށް ކޮލިފައިވެއްޖެއެވެ.
އެޝިއާ ކޮލިފައިން ގުރޫޕު އޭ ގައި އީރާން އާއި ސައުތު ކޮރެއާ ބައްދަލު ކުރިމެޗުން 2-0 ކުން ސައުތު ކޮރެއާ މޮޅުވެ ގުރޫޕުގެ 1 ވަނާގައި ވަނީ ކޮލިފައި ވެފައެވެ. މިއީ ސައުތު ކޮރެއާ އަށް 2011 ވަނަ އަހަރު ފަހުން އީރާން އަތުން މޮޅެއް ލިބުނު ފުރަތަމަ މެޗު ވެސް މެއެވެ.
އެޝިއާ ކޮލިފައިން ގުރޫޕު ބީ ގައި ސައުދީ އާއި ޗައިނާ ބައްދަލު ކުރި މެޗު 1-1 ކުން އެއްވަރު ވެ ގުރޫޕުގެ 2 ވަނަ ލިބިފައި ވާއިރު ޖަޕާނުން 2-0 ކުން އޮސްޓްރޭލިއާ ބަލިކޮށް ގުރޫޕުގެ 1 ވަނަ ވަނީ ހޯދާ ފައެވެ.
ވޯލްޑް ކަޕް ބާއްވާ ގައުމުގެ ހައިސިއްޔަތުން ގަތަރަށް އޮޓޮމެޓިކް ޖާގައެއް ލިބިފައި ވާއިރު އޭޝިއާއިން މިވަނީ 5 ޓީމު ކޮލިފައި ވެފައެވެ.
