ސިޔާސީ ޕާޓީއަކުން ވަކިވުމަށް ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް

ސިޔާސީ ޕާޓީއަކުން ވަކިވުމަށް ދެން ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުން ވަކިވާން ބޭނުންވާ މީހުންނަށް ފަސޭހައިން އެކަން ކުރެވޭނެ ގޮތަށް ސިޔާސީ ޕާޓީގެ ގަވާއިދަށް އިލެކްޝަންސް ކޮމިޝަނުން އިސްލާހް ގެނެއީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހެވެ.

ސިޔާސީ ޕާޓީގެ ގަވާއިދަށް ގެނައި ނުވަވަނަ އިސްލާހުގައިވާ ގޮތުން، ޕާޓީއަށް ހުށަހަޅައިގެން 14 ދުވަހުގެ ތެރޭގައި ޕާޓީން ވަކިނުކޮށްފިނަމަ ނަމަ، އީސީން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، އެ މީހެއްގެ ނަން ޕާޓީގެ ދަފުތަރުން އުނިކޮށްދޭން ވާނެއެވެ.

އަދި ޕާޓީއެއްގެ މެންބަރަކު ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މަގާމަކަށް ކުރިމަތިލުމަށް ނުވަތަ އެ މީހަކަށް ނޭނގި ޕާޓީއެއްގައި ރަޖިސްޓްރީކޮށްގެން، ޕާޓީން ވަގުތުން ވަކިވާން އެދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން ވެސް، ޕާޓީގެ ދަފުތަރުން ވަގުތުން އުނިކޮށްދޭންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *