އިންޑިއާއެކު ގާތް ގުޅުމެއް ބޭއްވުމަކީ ރައްޔިތުންގެ ހައްގުގައި މުހިންމު ކަމެއް – ރައީސް

އިންޑިއާއެކު ގާތް ގުޅުމެއް ބޭއްވުމަކީ ރައްޔިތުންގެ ހައްގުގައި މުހިންމު ކަމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.  ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އިންޑިއާއަކީ ރާއްޖެއާއެކު އެތައް ގަރުނެއްގެ ޒަމާންވީ ގުޅުން އޮތް ގަައުމަކަށްވާއިރު، އެ ގައުމުން ރާއްޖެއަށް ބޮޑުވި ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އިސްކަންދީގެން އެހީވި ގައުމަކީ އިންޑިއާކަން ވެސް އެއީ ހަގީގަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަމަކީ އެންމެ މުހިންމު ކަން ކަމަށެވެ.

އެ މަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް ގެއްލުންވާނެ ގޮތަކަށް އެ މަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ނުކުރައްވާނެކަމަށް ވިދާޅުވެ، އެ ފަދައިން ކަންކުރައްވާނެކަމަށް ރައްޔިތަކު ޝައްކުނުކުރުމަށް ވެސް އެދިވަޑައިގެންފައެވެ.

ބެންގަލޫރުގައި މަސައްކަތްކުރައްވާ އަދި އެކި ކަންކަމުގައި އެޤައުމަށް ވަޑައިގެން އުޅުއްވާ ދިވެހިންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތް ރައްޔިތުންގެ އިހުސާސުތަކާއި ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑުއައްސަވަން ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ. އެފަދަ ކަންކަން ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެކަންކަން ވިދާޅުވެދެއްވުމުން އެކަންކަމަށް ހައްލު ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެކި ބޭނުންތަކަށް ރައްޔިތުން އިންޑިއާއަށާއި އަދި ބޭރުގެ އެހެނިހެން ޤައުމުތަކަށް ޒިޔާރަތް ކުރާކަމަށާއި ދިވެހިން އިންޑިއާއަށް އަންނަ މައިގަނޑު ކަންކަމަކީ، ބޭސްފަރުވާއާއި ތަޢުލީމު ހާސިލްކުރުމާއި ވިޔަފާރީގެ ބޭނުންތަކުގަައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެކަހަލަ އެއްވެސް ކަމެއްގައި ވަޑައިގެން އުޅުއްވާ ބޭފުޅަކަށް ސަރުކާރުގެ ފަރާތުން ކޮށްދެވޭނެ ކަންތައްތައް ނުވަތަ ސަރުކާރު މެދުވެރިވެގެން އެ ޤައުމެއްގެ ސަރުކާރުގައި ދަންނަވައިގެން ފަހިކޮށްދެވިދާނެ ކަންކަން ހުރިނަމަ އެކަން ފަހިކޮށްދެއްވާނެކަމުގައި ރައީސުލުޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *