އަމިއްލަ ނަފްސަށް އޯގާވެރިވުން. 2

( 20 މާރިޗް 2022 ގެ ނޫހާއި ގުޅޭ )

6. ޓެކްނޮލޮޖީގެ ވަޞީލަތްތަކާއި ދުރުވެލުން:

ޓެކްނޮލޮޖީގެ ވަޞީލަތްތައް ކަމުގައިވާ ފޯނާއި، އައިޕެޑާއި އަދި ކޮންޕިއުޓަރު ފަދަ ވަޞީލަތްތަކުން ދުރުވެލާށެވެ. ސިކުނޑިއަށް އަރާމުކުރަން ވަގުތު ދޭށެވެ. މިކަމުގެ ސަބަބުން އާ ޚިޔާލުތަކަށް ފުރުޞަތުލިބި ކުރަމުންދާ މަސައްކަތްތަކަށް ރަނގަޅަށް ފޯކަސް ކުރެވޭނެއެވެ. ކޮފީއެއް ނުވަތަ ބޯހިތްވާ ބުއިމެއް ހިފައިގެން ހިމޭންތަނެއްގައި އެކަނިއިނދެ ވިސްނާލާށެވެ. ސިކުނޑިއަށް އަރާމުލިބި އުފާވެރިކަން އިހުސާސްވާނެއެވެ.

7. ހިނގާލުމަށް ވަގުތުކޮޅެއް ހޭދަކުރުން:

ކޮންމެ ދުވަހަކުވެސް ވިއްސަކަށް މިނިޓް ހިނގާލާށެވެ. ރާއްޖޭގައި ޢާއްމުގޮތެއްގައި ފަތިހު ގިނަބަޔަކު ކަސްރަތަށް ހިނގަން ނިކުމެއެވެ. މިވަގުތު ހިނގާލުމަށް ޚާއްސަ ކުރުމުން ދަންނަ މީހުންނާއި ދިމާވެ ގާތްކަން އުފެދެއެވެ. މީގެ އިތުރުން ހިނގާލުމުން ސިކުނޑިއަށާއި ތިމާގެ ނަފުސަށް އުފާވެރިކަން އިހުސާސް ކުރެވެއެވެ. ހިނގުމުގެ ސަބަބުން ލިބޭ ސިއްޙީ ފައިދާތަކުގެތެރޭގައި ބަރުދަން ލުއިވުމާއި ކޮލެސްޓްރޯލް ދަށްވުމާއި ހިތުގެ ހިނގުން ރަނގަޅުވުމާއި ތިމާގެ ހާސްކަންފިލާ މޫޑު ރަނގަޅުވުން ހިމެނެއެވެ.

8. މަސާޖުކުރުން

ހަށިގަނޑަށް މަސާޖެއް ދިނުމަކީ ރާއްޖޭގައި އެހާ ޢާއްމުކަމެއް ނޫނެވެ. މިއީ ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ކުރަން ވަރަށް ރަނގަޅުކަމެކެވެ. މަސާޖުކުރުމުގެ ސަބަބުން ހަށިގަނޑުގެ މަސްތަކާއި، ލޭގެ ޕުރެޝަރާއި، ލޭގެ ހިނގުމަށް އެހީތެރިވެދެއެވެ. މީގެއިތުރުން ލިބޭ އެންމެބޮޑު ފައިދާއަކީ އަރާމުކަމާއި، ހާސްކަން ފިލުމާއި މީހާގެ މޫޑު ރަނގަޅުވެ އުފާވެރިކަން އިޙްސާސް ވުމެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *