ވަޓްސްއެޕްގައި ފޯނު ނަންބަރު ހިއްސާކުރަން ނުޖެހޭ ގޮތެއް ހަދަނީ

ވަޓްސްއެޕް މެސެޖިން އެޕްލިކޭޝަންގައި ކޮންޓެކްޓް މެނޭޖްކުރުމަށް  ފޯނު ނަންބަރު ހިއްސާކުރަން ނުޖެހޭ އައު ނިޒާމެއް ތައާރަފުކުރަން ހަމަޖެހިއްޖެއެވެ. މިހާރު ވަޓްސްއެޕްގައި މީހަކާ ޗެޓްކުރުމަށް އެމީހެއްގެ ނަންބަރު ފޯނުގެ ކޮންޓެކްޓްގައި ރައްކާކުރަން ޖެހެއެވެ.

އަލަށް ގެންނަ ބަދަލާއެކު، ވަޓްސްއެޕްގައި އަމިއްލަ އެޑްރެސް ފޮތެއް ތައާރަފުކުރެވޭނެއެވެ. މިއީ ފޯނުގެ ކޮންޓެކްޓްތަކާ ވަކިން ހުންނަ އެޑްރެސް ފޮތެކެވެ. މީގެ ސަބަބުން ޗެޓްކުރުމަށް ނަންބަރުތައް ފޯނުގައި ރައްކާކުރަން ނުޖެހޭނެއެވެ. މި ބަދަލަކީ ވިންޑޯސް އަދި ވަޓްސްއެޕް ވެބް ބޭނުންކުރާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ފަސޭހައެކެވެ.

އައު ސިސްޓަމްގައި "އައިޕީއެލްއެސް" (އައިޑެންޓިޓީ ޕްރޫފް ލިންކްޑް ސްޓޯރޭޖް) ކިޔާ ޓެކްނޮލޮޖީއެއް ބޭނުންކުރެވޭނެއެވެ. މި ޓެކްނޮލޮޖީ މެދުވެރިކޮށް ކޮންޓެކްޓްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެއެވެ. އަދި އަމިއްލަ އަދި މަސައްކަތުގެ ޗެޓްތައް ވަކިން ބެލެހެއްޓުމަށް ފަސޭހަވާނެއެވެ. މިއީ އެއް ފަހަރާ ގިނަ ވަޓްސްއެޕް އެކައުންޓް ބޭނުންކުރާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ފަސޭހައެކެވެ.

މީގެ އިތުރުން، ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒަނޭމް ބޭނުންކުރެވޭނެ ގޮތް ވެސް ހަމަޖެހިގެންދާނެއެވެ. މިއީ ޕްރައިވަސީއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ބަދަލު ގެނެވޭނެ ތާރީޚެއް އަދި އިއުލާނުކޮށްފައި ނުވިއަސް، ކައިރި މުސްތަގުބަލެއްގައި ތައާރަފުކުރެވޭނެ ކަމަށް ވަޓްސްއެޕްއިން ބުނެފައިވެއެވެ.

ޔޫރަޕިއަން ޔޫނިއަންގެ އައު ޤަވާއިދުތަކާ ގުޅިގެން، ވަޓްސްއެޕްގައި އެހެން މެސެޖިން އެޕްތަކާ ގުޅުވައިދޭ ނިޒާމެއް ވެސް ތައާރަފުކުރެވޭނެއެވެ. މީގެ ސަބަބުން ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް އެހެން މެސެޖިން އެޕްތައް ބޭނުންކުރާ ފަރާތްތަކާ މުއާމަލާތްކުރެވޭނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *