ހުޅުމާލެ ދެވަނަ ފިޔަވަހިން އިތުރު 8 ބިން ވިއްކާލަން ހުޅުވާލައިފި

ހުޅުމާލެ ދެވަނަ ފިޔަވަހިން އިތުރު 8 ބިން ވިއްކާލަން ހުޅުވާލައިފިއެވެ.

ބީލަމުގެ އުސޫލުން ދޫކުރާ 8 ބިމުގެ ތެރޭގައި ހިމެނެނީ ބީޗު ފަޅިން ދޫކުރާ 6 ބިމެކާއި ބީޗް ފްރަންޓުން ދޫކުރާ ދެ ބިމެކެވެ. ، ބީޗް ފްރަންޓުން ވިއްކުމަށް ހުޅުވާލާފައި ވަނީ 1708 އަކަފޫޓޫގެ ބިމަކާއި 1737 އަކަފޫޓޫގެ ބިމެކެވެ. އަދި ބީޗް ސައިޑުން ދޫކުރަނީ 1513 އަކަފޫޓާއި 1534 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.

ބީޗް ފަޅިން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000 ރުފިޔާއެވެ. އަދި ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،500 ރުފިޔާއެވެ. އަދި  ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް ބީލަން ހުށައެޅޭނެކަމަށް އެޗްޑީސީން ވިދާޅުވެފައެވެ.

މި ބިންތަކަށް ކުރިމަތިލެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އަދި އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެއެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންވާނެކަމަށް އެޗްޑީސީން ވިދާޅުވެފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *