ފުލުހަކަށް ވަޅިން ހަމަލާދޭން އުޅުނު މީހަކު ހައްޔަރުކޮށްފި

ފުލުހަކަށް ވަޅިން ހަމަލާދޭން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ ފުލުހުންގެ އޮފިސަރަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޢާއްމުންގެ މީހަކަށް ހަމަލާ ދޭން އުޅުމުން އޭނާ ހުއްޓުވުމަށް އުޅުމުންކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިރޭ އިރުއޮއްސި 18:30 ހާއިރުގައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *