ނަބީހާއާއި ނަބާހާގެ ކާމިޔާބީއަށް ރައީސް މުއިއްޒުގެ ތަހުނިޔާ

ބޮޓްސްވާނާ އިންޓަނޭޝަނަލް ސީރީޒް ބެޑްމިންޓަން މުބާރާތާއި ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ދިވެހި ކުޅުންތެރިން ހޯދި ފަހުރުވެރި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި އަންހެނުންގެ ސިންގަލްސް ފައިނަލުގައި ވާދަކުރަން، ދިވެހިރާއްޖޭގެ ފަރާތުން އެއްމާބަނޑު ދެބެއިން ކަމުގައިވާ ނަބީހާއާއި ނަބާހާ ހޮވުމާއެކު، ޗެންޕިއަންކަމާއި ރަނައަޕްކަން ވެސް ރާއްޖެއަށް ކަށަވަރުވެއްޖެ ކަމަށެވެ.

އަދި އެ މުބާރާތުގައި، ދެ ގޯލްޑް މެޑެލް، ދެ ސިލްވާ މެޑެލް އަދި ހަތަރު ބްރޯންޒް މެޑެލް ކަށަވަރުކޮށް، ދިވެހި ކުޅުންތެރީން ދައްކަމުންދާ މޮޅު ކުޅުމަށްޓަކައި ފަޚުރުވެރިކަމާއެކު ސާބަސް ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި ރާއްޖޭން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

ބޮޓްސްވާނާ އިންޓަރނޭޝަނަލް ސީރީޒް ބެޑްމިންޓަން މުބާރާތާއި ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ކުޅުންތެރިންނަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓުގައި ވަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި ވާދަކޮށް ދިވެހި ކުޅުންތެރިން ހޯދި ކާމިޔާބީއާ ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ، ސާބަސް ދެއްވާފައެވެ. އަދި މި ޝަރަފްވެރި ކާމިޔާބީ ރާއްޖެއަށް ހޯދަައިދިން ހުނަރުވެރި ކުޅުންތެރިންނާއި މުޅި ޓީމަށް ތަހުނިޔާ ދަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައިވެއެވެ.

ބޮޓްސްވާނާ އިންޓަރނޭޝަނަލް ސީރީޒް ބެޑްމިންޓަން މުބާރާތުގައި އަންހެން ސިންގަލްސްގެ ފައިނަލްގައި ބައްދަލުކުރީ ރާއްޖޭގެ ދެ ކުޅުންތެރިންނެވެ. މި ކެޓަގަރީގެ ޗެމްޕިއަންކަން ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ހޯދިއިރު ރަނަރަޕްކަން ލިބުނީ އާމިނަތު ނަބީހާ އަބްދުއްރައްޒާގަށެވެ. ނަބާހާ އާއި ނަބީހާގެ މި ކުރިމަތިލުމަކީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުން ގަބޫލުކުރާ މުބާރާތެއްގެ ފައިނަލުގައި ރާއްޖެ ދެ ކުޅުންތެރިން ކުރިމަތިލި ފުރަތަމަ މެޗެވެ.

މީގެއިތުރުން މިކްސް ޑަބަލްސްއިން ރާއްޖޭގެ ނަބާހާ އާއި ޒަޔާން ޝަހީދު ޒަކީގެ ޕެއާ ރިހި މެޑަލް ހޯދާފައިވާއިރު، މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލުއެފް) ގެ ރުހުން ލިބިފައިވާ މުބާރާތަކުން މި ޕެއާ ހޯދި ފަސްވަނަ މެޑަލްއެވެ. ފިރިހެން ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާގެ ލޯ މެޑަލް ހޯދާފައިވާއިރު އަންހެން ޑަބަލްސްގައި ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާއިން ވަނީ ލޯ މެޑަލް ހޯދާފައެވެ.

ބޮޓްސްވާނާ މުބާރާތުގެ މިކްސް ޑަބަލްސް ފައިނަލުގައި ޒަޔާން އާއި ނަބާގެ ޕެއާއިން ނުކުތީ އަޒަރުބައިޖާންގެ އާގިލް ގަބިލޯވް އާއި އީރާ މަފްތުހާގެ ޕެއާއާ ދެކޮޅަށެެވެ. މި މެޗުން އާގިލް އާއި އީރާގެ ޕެއާ މޮޅުވީ، 23-21 އާއި 21-18 އިންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *