ޗައިނާގެ ޑީޕްސީކް އޭއައިގެ ބާނީ! ޓެކްނޮލޮޖީގެ އިންޑަސްޓްރީ ބަދަލުކޮށްލައިފި

ޗައިނާގެ އޭއައި ޑީޕްސީކްގެ ބާނީ ލިއަންގް ވެންފެންގް، 39 އަހަރުގައި މިވަނީ ހަފްތާތަކެއްގެ ތެރޭގައި ޗައިނާގެ އިތުރުން ދުނިޔޭގެ ޓެކްނޮލޮޖީގެ އިންޑަސްޓްރީ ބަދަލުކޮށްލާފައެވެ.  ޖެނުއަރީ 20 ވަނަ ދުވަހުގެ ނިޔަލަށް ލިއަންގް އަކީ އާދައިގެ ރައްޔިތެކެވެ. ނަމަވެސް ޑީޕްސީކްގެ ކާމިޔާބާއިއެކު އޭނާގެ މަޝްހޫރުކަން މުޅިދުނިގައި ވެއެވެ.

ލިއަންގްގެ ލީޑަޝިޕްގެ ދަށުން ޑީޕްސީކް އިން ގަސްތުގައި އެޕް ބިލްޑިން އިން ވަކިވިއެވެ. އަދި އޭގެ ދުނިޔޭގެ އެހެނިހެން އޭއައި އާއި އެއްވަރަށް ނުވަތަ ރަނގަޅު މޮޑެލްއެއް އުފެއްދުމަށް މަސައްކަތް ފެށިއެވެ .ސްމާޓްފޯން އެޕްތަކުން ފެށިގެން އިލެކްޓްރިކް ވެހިކަލްތަކާ ހަމައަށް ޗައިނާގެ ބޭރުން އާ އުފެއްދުންތައް ނަގާ މަސައްކަތްކުރިއެވެ. އެންމެ ފުރަތަމަ އީޖާދުތައް އުފެއްދި ގައުމުތަކަށް އެއްޗިހި އުފައްދަން އާދަވެފައިވާ ޗައިނާގެ ޓެކް އިންޑަސްޓްރީގައި މިފަހަރު ލިއަންގްގެ ކާމިޔާބު ފާހަގަކޮށްލެވުނެވެ.

"ޗައިނާގެ އޭއައި އަށް އަބަދަށްޓަކައި ފޮލޯ ކުރުމުގެ މަގާމުގައި ނުހުރެވޭނެ. އަހަރެމެން ގިނައިން ބުނަނީ ޗައިނާގެ އޭއައި އާއި އެމެރިކާއާ ދެމެދު އެއް އަހަރު ނުވަތަ ދެ އަހަރުގެ ފަރަގެއް އޮތް ކަމަށްބެލެވިދާނެ" ލިއަންގް ވިދާޅުވި އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ވޭވްސް އަށް ދިން އިންޓަވިއުއެއްގަ އެވެ.

'ޝައުގުވެރިކަމާއި އުފެއްދުމުގެ ޝައުގުވެރިކަން'.

ފާއިތުވި ތިރީސް އަހަރު ތެރޭގައި ޗައިނާގެ ޓެކް އިންޑަސްޓްރީން ބާރުއަޅާފައިވަނީ ހަމައެކަނި ފައިސާ ހޯދުމަށް އޭނާ ފާހަގަކުރެއެވެ. އަދި އާ ޓެކްނޮލޮޖީއަށް އެ ޤައުމު އަޅާނުލާކަމަށްވެސް ބުންޏެވެ.  "އިނޮވޭޝަންއަކީ ހަމައެކަނި ވިޔަފާރިން ނޫން، އެކަމަށް ބޭނުންވަނީ ޝައުގުވެރިކަމާއި އުފެއްދުމުގެ ޝައުގުވެރިކަން ވެސް،" އޭނާ ވިދާޅުވި އެވެ.

ޑީޕްސީކް އިން ނިންމާފައި ވަނީ އެމެރިކާގެ ވާދަވެރި އޯޕަންއޭއައި އާއި ޚިލާފަށް އެ ކުންފުނީގެ ހުރިހާ މޮޑެލްތަކެއް އޮޕަން ސޯސް އަށް ހެދުމަށެވެ. އޯޕަން ސޯސް މޮޑެލްތަކުގައި، ބޭސް ކޯޑް އާންމުކޮށް ލިބެން ހުންނަނީ ކޮންމެ ޑިވެލޮޕަރަކަށްވެސް ބޭނުންކޮށް، ބޭނުން ގޮތަކަށް ބަދަލުގެނެވޭނެ ގޮތަށެވެ.

ލިއަންގް ބޮޑުވީ ދެކުނުގެ ސިޓީއެއް ކަމަށްވާ ގުއަންޑޮންގްގައެވެ. އެއީ އަށްޑިހައިގެ އަހަރުތަކުން ފެށިގެން މާކެޓް ކެޕިޓަލިޒަމަށް ކުރިއަރާފައިވާ ތަނެކެވެ. ލިއަންގް ބުނީ އޭރު އޭނާގެ ވަށައިގެން ތިބީ ކިޔެވުމަށް ވުރެ ވިޔަފާރިއެއް ފެށުމަށް އަގުދޭ މީހުން ކަމަށާއި ނަމަވެސް އޭނާއަކީ ތައުލީމީ ގޮތުން މާ ބޮޑަށް ޝައުގުވެރިވާ މީހެއް ކަމަށެވެ.

އުމުރުން 17 އަހަރުގައި އެލައިޓް ޒެޖިއަންގް ޔުނިވާސިޓީގައި ނަންނޯޓް ކުރުމަށް ފަހު އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަން އިންޖިނިއަރިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރިއެވެ. އަދި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އިންޖިނިއަރިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާނެ އެވެ.

ޑީޕްސީކްގެ މުވައްޒަފުންނަކީ ޗައިނާގެ މަތީ ޔުނިވާސިޓީތަކުގެ ގްރެޖުއޭޓްވެފައިވާ މީހުންނެވެ.  އަދި ބައެއް ޕީއެޗްޑީ ދަރިވަރުންނެވެ. ލިއަންގް ގަބޫލުކުރާ ގޮތުގައި ޑީޕްސީކްގެ މަސައްކަތްތަކަށް އެންމެ އިސްކަމެއް ދޭނީ އޭއައިގެ އެންމެ ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *