މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލަކަށް މުޖާހިދު

މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލަކަށް ސެންޓަރ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) މާލޭގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު މުޖާހިދު ހަމަޖައްސައިފި އެވެ.

މަޖީދިއްޔާ ސުކޫލަށް ޕްރިންސިޕަލްއަކު ހަމަޖައްސާފައި ވަނީ އެ ސުކޫލުގެ ޕްރިންސިޕަލް ކަން 15 އަހަރު ވަންދެން ކުރެއްވި އައިޝަތު މުހައްމަދު ޞާލިހު މިދިޔަ މަހު ރިޓަޔާކުރެއްވުމުންނެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 16 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މުޖާހިދު އެ މަގާމަށް ހަމަޖެއްސީ އެ މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން ހޮވިގެންނެވެ. އޭނާ މިއަދު ވަނީ ސްކޫލަށް ނުކުންނަވަން ފައްޓަވައިފަ އެވެ.

މުޖާހިދަކީ ތައުލީމީ ދާއިރާގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް ކަން ވެސް ކުރައްވާފައެވެ. އަދި، އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމާއި، އިސްކަންދަރު ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމާއި، ގައުމީ ޔުނިވަސިޓީގެ ޕާޓް ޓައިމް ލެކްޗަރާގެ މަގާމު އޭނާ ފުރުއްވާފައިވެ އެވެ.

މުޖާހިދަކީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީއިން މާސްޓާޒް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *