ރަމަޟާން މަހު ޙާޞިލުކުރެވޭނެ އެންމެ ބޮޑު އެއް ފައިދާއަކީ ޢަރުޝީގެ ހިޔާވަހިކަން ލިބިގަތުން!

ރަމަޟާން މަހު ކުރާ އަޅުކަމުގެ ތެރޭގައި ހިމަނައިގެން ޢަރުޝީގެ ހިޔާވަހިކަން ހޯދަން މަސައްކަތްކުރުމުގެ ފުރުޞަތުވަނީ ފަހިވެގެންނެވެ.

އަބޫހުރައިރަތުގެފާނު ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވެވިއެވެ.

سَبْعَةٌ يُظِلُّهُمُ اللهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ». [متفق عليه]

މާނައީ: "ﷲގެ ހިޔާވަހިކަން މެނުވީ ހިޔާވަހިކަމެއް ނުވާދުވަހު، އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވާ ހަތް ބައެއްވެއެވެ".

وَرَجُلٌ قَلْبُهُ مُعَلَّقٌ فِي المَسْجِدِ». [متفق عليه]

މާނައީ: "އަދި އެމީހެއްގެ ހިތް މިސްކިތާ ގުޅިފައިވާ މީހާއެވެ."

ވީމާ އަހަރެމެން ގަދައަޅައި މަސައްކަތްކުރަންވީ ރަމަމާން މަސް ނިމުމުގެ ކުރިން އެމީހާގެ ހިތް މިސްކިތާއި ގުޅުވައިލެވޭތޯއެވެ! ހިތް މިސްކިތާއި ގުޅުމުން ފެންނާނެ ބައެއް ސިފަތަކަކީ:

1 ގިނަގިނައިން މިސްކިތަށްދާހިތްވުން

2 ގިނަވަގުތު މިސްކިތުގައި ހޭދަކުރަން ބޭނުންވުން

3 މިސްކިތަށް ލޯބިޖެހި މިސްކިތުގެ ކަންކަން ވީހައި ފުރިހަމަކުރަން ބޭނުންވުން

4 މިސްކިތަށް ޚިދުމަތްކުރަން ހިތްޖެހި މިސްކިތުގެ މަސައްކަތްތައް އަމިއްލައަތުން ނުވަތަ ތިމާ އަގުދީގެން މީހުންލައްވާ ކުރުވާހިތްވުން

 

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *