ރަމަޟާން މަސް އައުމުން މިސްކިތަށްދާން ތިބާ ހީވާގިވިޔަސް ނަމާދުކުރެވޭ ހެއްޔެވެ؟

ރަމަޟާން މަސް އައިސް ބައްދަލުކުރުމުން ގިނަބައަކު ބަންގިއަށް ޢިޖާބަދެއެވެ. މިސްކިތަށް އަރައެވެ. އަހަރެން ކޮށްލަން ބޭނުންވާ ސުވާލަކީ ތިބާ މިސްކިތަށް އަރައި ނަމާދުކުރަމުހެއްޔެވެ؟ ޖަމާޢަތުގައިބައިވެރިވިކަން ޔަޤީންކުރި ފަދައިން ނަމާދުކުރެވުނުކަން ޔަޤީންކުރަން ހެއްޔެވެ؟

މިވާހަކަ ދައްކަން މިޖެހެނީ ވަރަށް ބޮޑު ސަބަބެއް އޮތުމުންނެވެ. އެއީ މިސްކިތަށް އަރާ ގިނަބައަކަށް ނަމާދުކުރެވޭ ކަމާއިމެދު ސުވާލު އުފެދޭތީއެވެ.

ނަމާދުކުރަން ބޭނުންވާނަމަ މިސްކިތަށް އަރަމުން އަހަރެމެންގެ ފައިވާން ބާލައި ބޭރުގައި ބެހެއްޓުމާއިއެކު ދުނިޔޭގެ ބޭނުންތައްވެސް ހިތާއި ވަކިކޮށް މިސްކިތުން ބޭރުގައި ބަހައްޓާށެވެ.

އެހެނީ ދުނިޔޭގެ ބޭނުންތައް ހިފައިގެން މިސްކިތަށް އަރާ މީހާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެއީ މިދުނިޔެވެސް އެދުނިޔެވެސް ނުލިބޭނެތީއެވެ. މާނައަކީ އެފަދަ މީހަކަށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ނަމާދު ނުކުރެވޭނެ ކަމެވެ.

ކިތަންމެ ގިނައިން ތެދުވެފައި ގުދުވިޔަސް  ނިތްކުރި ބިންމަތީގައި ޖައްސާފައި ނެގިނަމަވެސް ނަމާދުކުރިކަމަށްވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނަމާދުކުރުމުންނެވެ. ވީމާ ޚުޝޫޢަތްތެރިކަމެއް ނެތި ދުނިޔޭގެ އެދުންތައް ކޮނޑަށް ލައިގެން ހުރެ ނަމާދުކުރާނީ ކިހިނަކުން ހެއްޔެވެ؟ ހަމައެކަކަށްވެސް އެކަމެއް ނުކުރެވޭނެއެވެ.

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *