ރެޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަޤާމަށް އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް އައްޔަންކޮށްފިއެވެ.
އެ މަޤާމަށް ޝައްމާ އައްޔަންކޮށްފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި މަރިޔަމް ވިސާމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރެޖިސްޓަރ އޮފް ކޮމްޕެނީސްގެ މަޤާމަށް އަލަށް އައްޔަންކޮށްފައިވާ އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢިލް ވަނީ ބެޗްލަރ އޮފް ލޯ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލް އިން ހާސިލްކުރައްވާފައެވެ. އޭނާ ވަނީ 2021 ވަނަ އަހަރުން ފެށީގެން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމަށް އަދާކުރައްވާފައެވެ.
މީގެ ކުރިން ޝަމްޢާ ހުންނެވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ، ލީގަލް ކޮންސަލްޓަންޓުގެ މަޤާމުގައެވެ. ޝައްމާ ވަނީ ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ލީގަލް އެންޑް ޕޮލިސީގެ ޑިރެކްޓަރުގެ މަޤާމާއި ސްޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަޤާމުވެސް މީގެ ކުރިން ފުރުއްވާފައެވެ.
