އުފާކުރާށެވެ! ތިއަވެވުނީ އެންމެ ލޯބިވެވޮޑިގަންނަވާ އަޅަކަށެވެ!

ތިބާއަށް ސުވަރުގެ ހޯދަން މަސައްކަތްކުރެވެނީ ވަރަށް ކުޑަކޮށެވެ! ކިރިޔަކިރިޔާ ސުވަރުގެ ވަދެވޭވަރަށެވެ. ނަމަވެސް ތިބާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާ ލޯބިވެވޮޑިގަތުން ލިބިފައިވާ އަޅެކެވެ. ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވަނީ ތިބާ ސުވަރުގޭގެ އެންމެ މަތީދަރަޖައަށް އުފުއްލަވަން ކަމުގައި ވެއްޖެނަމަ ދެން ކަންކަން މެދުވެރިވާގޮތް އެނގޭ ހެއްޔެވެ؟

މިވާހަކަ މިބުނަނީ ވަރަށް ސިއްރުންނެވެ. އެކަމަކު ރަނގަޅަށް އަޑުއަހާށެވެ! "ތިބާއަށް ބޮޑު މުޞީބާތެއް، ވަރަށް ބޮޑު ހިތްދަތިކަމެއް" ފަދަ ކަމެއް ކުރިމަތިކުރައްވަވާނެތެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟

"އެއީ އެހާލަތުގައި އިތުރަށް ތިބާ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވާން މަސައްކަތްކުރާނެތީއެވެ. އަޅުކަންކުރުމުގައި އިތުރަށް ހީވާގިވާނެތީއެވެ. އެކަންކަމުގެ ސަބަބުން ﷲ ތަޢާލާ ބޭނުންފުޅުންވެވޮޑިގަންނަވާ ދަރަޖަ ސުވަރުގެއިން ޙައްޤުވާ މިންވަރަށް ތިބާ މަސައްކަތްކުރާނެތީއެވެ!"

ބުނެލަން ބޭނުންވަނީ ކަންކަމާއި ގުޅިގެން ކަންބޮޑުނުވާށެވެ! ހިތްދަތިކަމާއި އެހެންކަންކަން ވެސް ކުރިމަތިވާނެއެވެ! ކުރިމަތިވުމުން އެއީ ބަދު ނަޞީބުކަމަށް ނުބަލައި އެއީ ނަޞީބުކަމަށް ޔަޤީންކުރާށެވެ. ތިބާގެ ދަރަޖަ ސުވަރުގޭގައި އުފުލިގެން ދިއުމަށް ދެއްވެވި ފުރުޞަތެއް ކަމުގައި ނޫނީ ނުދެކޭށެވެ! އަދި އެކަމަށް އެދި ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

 

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *