މައިންބަފައިންނަށް ކިޔަމަންގަތުމުގެ ލާމަސީލު ނަމޫނާއެއް

ސަލާމްލެއްވި އިބްރާހީމްގެފާނާއި އެ ކަލޭގެފާނުންގެ ދަރިކަލުން ސަލާމްލެއްވި އިސްމާޢީލުގެފާނުގެ މިވާހަކައިގައި, ދަރީން، މައިންބަފައިންނަށް ކިޔަމަންގަތުމުގެ އިސްލާންދީނުގެ ރިވެތި ނަމޫނާތަކުން، ލާމަސީލު މިސާލެއް އެކުލެވިގެންވެއެވެ.

ފަހެ، ޝާމުކަރައިގައި ހުންނަވާފައި އިބްރާހީމްގެފާނުން އެކަލޭގެފާނުންގެ ލޮބުވެތި ދަރިކަލުން އިސްމާޢީލްގެފާނަށް ޒިޔާރަތް ކުރެއްވުމަށްޓަކައި، މައްކާއަށް ވަޑައިގެން އިސްމާޢީލްގެފާނުންގެ ގަނޑުވަރުކޮޅަށް ވަޑައިގެންނެވި އިރު އިސްމާޢީލްގެފާނާ ބައްދަލުވެ ވަޑައެއް ނުގެންނެވިއެވެ. ބައްދަލުވެވަޑައިގެންނެވީ އިސްމާޢީލްގެފާނުންގެ އަނބިކަމަނާއާއެވެ. އެކަމަނާ އިބްރާހީމްގެފާނަށް ދެންނެވި ބަހަކީ އިސްލާޢީލްގެފާނުން މިވަގުތު ނޫޫޅުއްވައޭ، މި ޖަވާބު އެކަންޏެވެ. އަދި އިބްރާހީމްގެފާނަށް މެހްމާނުދާރީ އަދައެއް ވެސް ނުކުރެއްވިއެވެ.

އެހިނދު، އިބްރާހީމްގެފާނުން އެނބުރި ޝާމަށް ދަތުރުފުޅު ފައްޓަވަމުން އިސްމާޢީލްގެފާނުންގެ އަނބިކަމަނާޔަށް ވިދާޅުވިއެވެ. ގަނޑުވަރުކޮޅުގެ އޮޅިގަނޑު ބަދަލުކުރެއްވުމަށް ބައްޕާފުޅު ވިދާޅުވި ކަމަށް އިސްމާޢީލްގެފާނުން ވަޑައިގެންނެވީމާ ވެދުންސަލާމް ދެންނެވުމަށް ފަހު ދަންނަވާށެވެ!

ދެން އިސްމާޢީލްގެފާނުން ވަޑައިގެންނެވުމުން އެކަމަނާ އެ ވާހަކަފުޅު އިސްމާޢީލްގެފާނަށް ދެންނެވިއެވެ. އެހިނދު އިސްމާޢީލްގެފާނުން އެކަމަނާ ވަރިކުރައްވާފައި އެހެން ކަމަނާފާނަކާ ކާވެނި ކުރެއްވިއެވެ.

އޭގެ ކުޑަ ދުވަސްކޮޅަކަށް ފަހު އިބްރާހީމްގެފާނުން އެފަދަ ޒިޔާރަތެއް ދަރިންނަށް ކުރެއްވުމަށް ވަޑައިގެންނެވިއެވެ. އެކަމަކު އެ ފަހަރު ވެސް ބައްދަލުވެޑައިގެންނެވީ އިސްމާޢީލްގެފާނުންގެ އަނބިކަމަނާއާއެވެ.
އެކަމަނާއަށް އެއީ، ކޮންބޭކަލެއްކަން އެނގިވަޑައިނުގެން ހުންނަވައި ވެސް، އިބްރާހީމްގެފާނަށް ދެންނެވިއެވެ.

ގަނޑުވަރުކޮޅަށް ވަދެވަޑައިގަންނަވާށެވެ. ދަތުރުފުޅުގެ ވަރުބަލިފުޅު ފިލުއްވައިލެއްވުމަށް ޓަކައި ގަނޑުވަރުކޮޅުގައި މަޑުކޮށްލައްވާށެވެ. ފަހަރުގައި އިސްމާޢީލްގެފާނުން ވަޑައިގަންނަވައި ވެސް ފާނެއެވެ. ތިމަން ކަމަނާ ނާސްތާއެއް ތައްޔާރުކޮށްލާ ހުށީމެވެ. އިބްރާހީމްގެފާނު ވިދާޅުވިއެވެ. ނާސްތާއެއް ތައްޔާރު ކުރާއްވާނޭ ކަމެއް ނެތެވެ. އެކަމަކު އެކަލޭގެފާނު ވަޑައިގެންނެވުމުން، ބައްޕާފުޅުގެ ވެދުންސަލާމް ދެންނެވުމަށްފަހު، ގަނޑުވަރުކޮޅުގެ އޮޅިގަނޑު މިހާރު ރަނގަޅުކަމަށް ބައްޕާފުޅު ވިދާޅުވިކަމަށް ދަންނަވާށެވެ.

މި ހާދިސާ މިފަދައިން ހިނގުމުގެ ސިއްރަކީ، އިސްލާމީ އުންމަތަށް މިފަދަ ކަންކަމުގެ ނަމޫނާ ދާއިމަށް ފެންނާން އޮންނާނޭ ގޮތް މެދުވެރިކުރެއްވުމެވެ.
އާއެކެވެ! އެހެނީ ދަރީންގެ ޙަޔާތް ބާއްޖަވެރިވުމަށް އެންމެ ބޮޑަށް އެދޭނޭ ބަޔަކީ މައިންބަފައިންނެވެ. އެކަމަކު، އަހުރެމެންނީ އިސްލާމުން ކަމުގައި ވުމާއެކު ވެސް ދަރީންގެ އަނބީންނާއި ދަރީންގެ ފިރީންގެ އަޚްލާޤީ އުނިކަމަށްޓަަކައި އަނބީންނާއި ފިރީން ބަދަލުކުރުމަށް މައިންބަފައިންދަރީންނަށް ދޭ އެފަދަ އިރުޝާދަކަށް މިޒަމާނުގައި ބޯލަނބައި ކިޔަމަންގަންނާނޭ (އިސްމާޢީލްގެފާނުފަދަ ކިޔަމަންތެރި) ދަރީން އުޅޭނޭ ބާވައެވެ؟

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *