މަޖީދިއްޔާ އަކީ ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު: ރައީސް

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގުކަމަށާއި، އެސްކޫލަކީ މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ 98ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.

މަޖީދިއްޔާ ސްކޫލުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސްކޫލުގެ ދިގު ތާރީޚަށް އަލިއަޅުއްވާލައްވާފައެވެ. އެ ސްކޫލުގެ މާޒީ ސިފަކޮށްދެއްވާ އެމަނިކުފާނު ވިދާޅުވީ، މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތްކަމަށެވެ. އަދި މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެސްކޫލަކީ ރާއްޖޭގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އެމަނިކުފާނު ވަނީ އެ ސްކޫލުގެ ހަނދާންތައް ދިވެހިންގެ ހިތުގައި ބިންވަޅު ނެގިފައިވަނީ ޒިކުރާތަކާއެކު ކަމަށް ވިދާޅުވެފައެވެ.

އަހަރީ ދުވަހާއި ގުޅިގެން ހިއްސާކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ މަޖީދިއްޔާ ސްކޫލަށް 98 އަހަރު ފުރުމުގެ މުނާސަބަތުގައި، ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށާއި، ބެލެނިވެރިންނާއި، މުދައްރިސުންނާއި، ހިންގުންތެރީންނަށް އަދި ޚިދުމަތްތެރީންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ، މަޖީދިއްޔާ ސްކޫލުގެ ލަވައިގެ ބައިތުތަކަކުންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *