އަޖޭއަކީ ގުންޑާއެއްކަމަށް އޭނާ ބުނެފި

އަޖޭ ދޭވްގަން އަކީ ގިނަ ފިލްމުތަކުގައި މުޅިންވެސް ގުންޑާއިންނާ ހަނގުރާމަކޮށް ބަލިކުރާ ފަންނާނެކެވެ. އޭނާއަށް ތާއީދުކުރާ މީހުން ގެ ލޯބި ލިބެނީވެސް އެހެންވެގެންނެވެ. އަޖޭ ދޭވްގަންއަކީ 1991 އަަހަރު އޭނާގެ އެންމެ ފުރަތަމަ ފިލްމު ކަމުގައިވާ ޕޫލްއައުރު ކާންޓޭއިން ވަރަށް މަޝްހޫރުވި ފަންނާނެކެވެ. ދިލްވާލޭ، ޒަޚަމް، ހަމްދިލް ދޭ ޗުކޭ ސަނަމް، ސިންޣަމް އަކީ އޭނާ ކުޅުނު ކާމިޔާބު ފިލްމުތަކެވެ.

އަޖޭ ދޭވްގަން ބުނާގޮތުގައި އޭނާއަކީ ކޮލެޖުގައި އުޅުނު ދުވަސްވަރު ގުންޑާއެކެވެ. އޭނާ ބުނާގޮތުގައި އޭގެ ސަބަބުން ދެފަހަރެއްގެ މަތީން އޭނާ ޖަލަށްވެސް ލިއެވެ. އޭނާ ދީފައިވާ އިންޓަވިއުގެއްގައި އޭނާގެ ބައްޕަ ގެންގުޅޭ ފިސްތޯލައެއް ނެގިކަމަށް ވަނީ އެއްބަސްވެފައެވެ. އަޖޭ ދޭވްގަންގެ 53 ވަނަ އުފަންދުވަސް އިއްޔެ ފާހަގަ ކުރިއިރު އޭނާއާއި ކުރި އިންޓަވިއުއެއްގައި ބުނެފައިވަނީ ކޮލެޖުގައި އުޅުނު ދުވަސްވަރު އޭނާއަކީ ގުންޑާއެއްކަމާ އަދި އޭގެ ސަބަބުން ދެފަހަރު ޖަލަށްވެސް ދާންޖެހުނު ކަމުގައެވެ. އެކަމަކު އެއީ ޣައިރު ގާނޫނީ ކަމެއްކަމަށާއި އެކަމަށް ހިތްވަރު ނުދޭ ކަމަށެވެ.

އަޖޭ ގުންޑާ ރާޖް ގައި…

ގުންޑާ ރާޖް ކުޅެފައިވާ އަޖޭ ފާހަގަ ކުރާ ގޮތުގައި ހަޔާތުގައި މާބޮޑެތި ގޮންޖެހުންތަކެއް އޭނާއަކަށް ކުރިމައްޗެއް ނުވެއެވެ. އޭނާއަކީ ބުރަކޮށް މަސައްކަތްކުރާ އަދި ކާމިޔާބާ ހަމައަށް ވާސިލްވުމަށް ހިތްވަރުކުރާ މީހެކެވެ. އެގޮތުން އަޖޭގެ އުމުރުން އަށް އަހަރުގައި ފިލްމު އުފެއްދުމުގެ މަސައްކަތް ފެށިއެވެ. އެންމެ ފުރަމަތަ ބައްޕައާއި އެކު ފިލްމުތަކުގެ އެޑިޓިން މަސައްކަތް ކުރިއެވެ. ދެން އުމުރުން 13 އަހަރުގައި އޭނާ އަމިއްލައަށް ފިލްމު އުފެއްދުމުގެ މަސައްކަތައް ކުރިއެވެ. ބައްޕަ ގަނެދިން ކެމެރާއަކުން ފިލްމް އުފައްދާ، ސްޕެޝަލް އިފެކްޓްސްތައް ހަދާ، އަމިއްލައަށް ފިލްމުތަކުގެ ސެޓިންތައް ހެދިއެވެ. އަދި އުމުރުން އެންމެ 15 އަހަރުގައި ބައެއް ޝޫޓިންތައްވެސް ނެގިއެވެ.

އަޖޭ ދޭވްގަން މިހާރު މަސައްކަތް ކުރަނީ ރަންވޭ 34 ރިލީޒް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކެވެ. އެއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ބޮލީވުޑްގެ ރަސްގެފާނު އަމީތާބުވެސް އުޅޭ މި ފިލްމު ރިލީޒްވާނީ މި މަހު 29 ގައެވެ.

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. ހަމަ ހެޔޮކޮށް. އަޖޭއަކީ ހަމަ ގުންޑާއެއް. ގިނަ ފިލްމުތަކުގައި އެބައި ދައްކައިދީފިވިއްޔަ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *