ކޮމިޝަންގެ މަސައްކަތް ނުފޫޒެއް ނެތި މިނިވަންކަމާއެކު ކުރިއަށްގެންދެވޭނެ

މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލުޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ ކޮމިޝަންގެ މަސައްކަތްތައް އެއްވެސް ބައެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު ކުރިއަށްގެންދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ކޮމިޝަނުން މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވީ އަންހެން ކުއްޖާ ވެއްޓުނު ހާދިސާގައި ކޮމިޝަންގެ މައްޗަށް ބެލުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ފަށާފައިވާކަމަށެވެ. އެގޮތުން ކޮމިޝަންގެ މަސައްކަތައް އެއްބާރުލުން ބޭނުންވާ ފަރާތްތަކާ ބައްދަލުކުރަން ފަށާފައިވާކަމަށާއި ކޮމިޝަންގެ މަސައްކަތްތައް ނިންމުމަށް މާގިނަ ދުވަސްތަކެއް ނަގާނެކަމަށް ނުބެލެވޭކަމަށެވެ. އަދި ވީހާވެސް އަވަހަށް މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތަށް އެއްވެސް ބަޔެއްގެ ނުފޫޒެއް ނުފޯރުވެވޭނެކަމަށާއި ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްގެންދާނީ ވަރަށް މިނިވަންކަމާއެކުގައިކަމަށެވެ. އަދި ކޮމިޝަނަށް ނުފޫޒެއް ފޯރުވާ ހިސާބުން ވަގުތުން އިސްތިއުފާދޭނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

އެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ދިނުމަށް ޚާއްސަ ޕޯޓަލްއެއް އެކުލަވާލުމަށް ނިންމާފައިވާކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް ސުވާލުވެސް ކުރެވޭނެކަމަށާއި އެ ސުވާލުތަކަށް ޖަވާބުވެސް ލިބޭނެކަމަށް ވިދާޅުވިއެވެ. އަދި ކޮމިޝަންގެ މަސައްކަތްތައް ދުވަހުން ދުވަހަށް އެނގޭނެ ފަދަ އިންތިޒާމްތަކެއް ހަމަޖެހޭނެކަންވެސް މުނައްވަރު ފާހަގަކުރެއްވިއެވެ.

މުނައްވަރު ވިދާޅުވީ، ކޮމިޝަންގެ މެންބަރުންގެ މެދުގައި ވާހަކަ މި ދެއްކުނީ ރައްޔިތުންނަށް މަޢުލޫމާތު ދެވޭނެ ޕޯޓަލްއެއް ހުޅުވުމަށްކަމަށާއި ސުވާލުކުރީމާ އާންމު ސުވާލުތަކަށް ޖަވާބުވެސް ދެއްވާނެ ކަމގައެވެ. އެކަމަކު ޖިނާޢީ ކުށެއް ކުރިކަމުގެ ތުހުމަތުގައި ކުރެވޭ ތަޙްޤީގަކަށް ވީމަ ބައެއް ކަންކަން ހުންނާނެކަމަށާއި ތަޙްޤީގު ފުރިހަމަ ވީމަ އާންމުކުރެވޭނެ މަޢުލޫމާތު. އެކަމަށް ރިއާއަތް ކުރެވެންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *