އިނގިރޭސި ލީގުގައި މި ހަފުތާގެ މެޗްތަކުގެ ނަތީޖާ ނިކުތް ގޮތުން ޗެމްޕިއަންސް ލީގު ޖާގަ އަކަށް ކުރާ ހަނގުރާމަ ވަރަށް ހޫނު ވެއްޖެ އެވެ. ލިވަޕޫލުން ލީގު ނެގުމާއި އެކު އެޓީމަށް ވާނީ ޗެމްޕިއަންސް ލީގު ޖާގަ ކަށަވަރު ވެފައެވެ. ބާކީ އޮތް ހަތަރު ޖާގަ އަށް ވާދަ ކުރާ ޓީމު ތަކަކީ އާސެނަލް ، ނިއުކާސަލް، މެންޗެސްޓަރ ސިޓީ، ޗެލްސީ، އެސްޓަން ވިލާ އަދި ނޮޓެންހަމް ފޮރެސްޓް އެވެ. ލީގު ގައި ކޮންމެ ޓީމެއް ވެސް ދެމެޗު ބާކީ އޮތް އިރު ނަތީޖާ ނިކުންނަ ގޮތަކުން މިތަނުން ކޮންމެ ޓީމަކަށް ވެސް ޗެމްޕިއަސް ލީގު ޖާގައެއް ލިބުމުގެ ފުރުސަތު އެބަ އޮތެވެ.
ނިއުކާސަލް ޗެލްސީ އަތުން 2-0 ކުން މޮޅުވެ، ނޮޓެންހަމް ލެސްޓާ ސީޓީ އާއި 2-2 ކުން އެއް ވަރު ވުމުން އިތުރަށް ވަނީ ފޯރި ގަދަ ވެފައެވެ. އެސްޓަން ވިލާ 1-0 ކުން ބޯނެމައުތު އަތުން މޮޅުވުމުން ބާކީ އޮތް ދެމެޗުން މޮޅު ވެގެން އެޓިމަށް ވެސް އަންނަ ސީޒަންގައި ޗެމްޕިއަސް ލީގު ކުޅުމުގެ ފުރުސަތު ލިބުމީ ވަރަށް ގާތް ކަމެކެވެ. ސިޓީ އާއި އާސެނަލް އަދި ނިއުކާސަލް މެޗު ތަކުގެ ނަތީޖާ ތަކުން ލީގުގެ ދެވަނަ ލިބުން ވެސް އެކަށީގެން ވެއެވެ. އާސެނަލް އާއި ލިވަޕޫލު ބައްދަލު ކުރި މެޗު 2-2 ކުން އެއްވަރު ވުމުގެ ސަބަބުން އާސެނަލް އާއި ނިއުކާސަލް މެޗެއް ކުރިޔަށް އޮތުމުން ދެވަނަ އަށް ދާނެ ޓިމެއް އަދި ކަށަވަރެއް ނުވެއެވެ. އެހެން ކަމުން ހުރިހާ ގޮތަކުން ވެސް ޕްރެމިއަރ ލީގުގައި މިވަނީ ގަދަ ހިފުމަކަށް ދާންޖެހި ވަރަށް ފޯރިގަދަ ވެފައެވެ.
