ޕްރެމިއާރ ލީގު؛ ޗެލްސީ އާއި ބްރެންޓްފޯޑް ލީގުގައި ބައްދަލު ކުރިމެޗު ހައިރާން ކުރުވަނިވި ގޮތަކަށް ބޮޑު ތަފާތަކުން ބްރެންޓްފޯޑް ކާމިޔާބު ކޮށްފިއެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުން 4-0 ކުން ބްރެންޓްފޯޑް މޮޅުވި މި މެޗުގައި ރުޑީގާ ގެ ގޯލަކުން ފުރަތަމަ ލީޑު ވެސް ނެގީ ޗެލްސީން 48 ވަނަ މިނެޓުގައެވެ. ނަމަވެސް 50 ވަނަ މިނެޓާއި 54 ވަނަ މިނެޓުގައި ގާތް ގާތުގައި 2 ގޯލު ޖަހާ ބްރެންޓްފޯޑް ކޮޅަށް މެޗު އަނބުރާލައި 60 ވަނަ މިނެޓުގައި ލީޑު އިތުރަށް ފުޅާ ކުރިއެވެ. ޗެލްސީ އަށް މާރަނގަޅަށް ނުކުޅެވުމުގެ ނަތީޖާ އަކީ 84 ވަނަ މިނެޓުގައި 4 ވަނަ ގޯލެއް ޖަހައި ބޮޑު ތަފާ ތަކުން ބްރެންޓްފޯޑް މެޗު ކާމިޔާބު ކުރުމެވެ.
މިނަތީޖާގެ ސަބަބުން އާސެނަލް ދެން ކުޅޭ މެޗުން ކްރިސްޓަލް ބަލި ކޮށްފިނަމަ ޗެލްސީ އާއި ދެ ޕޮއިންޓަށް ކައިރި ކޮށް ގަދަ ހަތަރެއްގެ ވާދަ ވެރިކަން އިތުރުވާނެއެވެ. އެހެން މެޗުތަކުގެ ނަތީޖާ ތަކަށް ބަލާއިރު ސިޓީ އާއި ލިވަޕޫލު ވަނީ ކުޅުނު މެޗުތަކުން މޮޅުވެ ލީގު ކާމިޔާބު ކުރުމަށް ކުރާ މަސައްކަތަށް އިތުރު 3 ޕޮއިންޓް އިތުރު ކޮށްފައެވެ. އަދު ޔުނައިޓެޑް މޮޅުވިޔަ ނުދީ ލެސިސްޓާރ ސިޓީ ވަނީ އެމެޗުން ޕޮއިންޓެއް ހޯދާފައެވެ.
