ސްޕެނިޝް ލީގު؛ ލަލީގާ ގައި ރިއާލް މެޑްރިޑް އާއި އެޓްލެޓިކޯ މެޑްރިޑް ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ. ރިއާލް މެޑްރިޑާއި ސެލްޓަވީގޯ ކުޅުނު މެޗު ރިއާލުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. ރިއާލް ގެ ދެގޯލަކީވެސް ދެ ޕެނަލްޓީން ބެންޒެމާ ކާމިޔާބު ކުރި ދެގޯލެވެ. ސެލްޓަވީގޯ ވެސް ދެލަނޑު ޖެހި އިރު ރެފްރީ ވީއޭ އާރު ބެލުމަށް ފަހު ވަނީ 40 ވަނަ މިނެޓުގައި ޖެހި ގޯލު، ގޯލެއް ނޫން ކަމަށް ނިންމާފައެވެ.
އެޓްލެޓިކޯ މެޑްރިޑު ވަނީ ޑިޕޯޓިވޯ އަލަވެޒް އަތުން 4-1 ކުން ފަސޭހަ މޮޅެއް ހޯދާފައެވެ. މިމެޗުގައި ސުއަރޭޒް އާއި ފެލިކްސް ކޮންމެ ކުޅުންތެރިއެއް 2 ގޯލް ޖަހާފައި ވެއެވެ. އަލަވޭޒް ގެ ހަމަ އެކަނި ލަނޑު ޖަހާފައި ވަނީ 63 ވަނަ މިނެޓުގައި އެސްކަލެންޓެ އެވެ.
