އަންނަ ރުޅީގައި ކައިވެނި ރޫޅާލުމަކީ ގިނަބައަކަށް ފަހުން ހިތާމަކުރަންޖެހޭ ކަމެއް!

އެކުވެރިންގެ އެންމެ ބޮޑު ބޭނުމަކަށްވާނީ ތިމާއަށް ކުރެވޭ ނުރަނގަޅު ކަންކަން ހުއްޓުވުމެވެ. އަދި އެކުވެރިޔާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީވެސް އެއީއެވެ. އެކުވެރިން ކުރާ ނުރަނގަޅު ކަންކަން ހުއްޓުވަން މަސައްކަތް ނުކުރެވޭނަމަ އެފަދަ އެކުވެރިން ތިބުމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

އެކުވެރިން ދެކެ ލޯބިވުމަކީ ނުވަތަ ހެޔޮއެދުމަކީ އެކުވެރިން ކުރަން ބޭނުންވާހައި ކަންކަމަށް ތާއީދުކޮށް ހިތްވަރުދިނުމެއް ނޫނެވެ. ޚާއްޞަކޮށް ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގައެވެ. ކައިވެނި ޜޫޅާލަން އެކުވެރިޔާ އުޅޭނަމަ އެކަމަށް ރުހެންވާނީ އެދެމީހުންނަށް އެކުގައި ދިރިއުޅެވޭނެ އިތުރުގޮތެއް ދެން ނެތްކަން ޔަޤީންވާނަމައެވެ، ނޫންނަމަ އޮތީ މައްސަލަ ޙައްލުކޮށްގެން އެކުގައި ދިރިއުޅެން ނަޞޭޙަތްދީ ބާރުއެޅުމެވެ.

މިހާރަކަށް އައިސް ކައިވެނި ރޫޅައިލުން މިހާގިނަވެގެން މިދަނީ ހަމަ އެކުގައި ދިރިއުޅެވޭނެ މަގެއް ނެތުމުން ކަމަށް ބުނެވޭކަށް ނެތެވެ. ވަރިވުމަށްފަހު ނުވަތަ ވަރިކުރުމަށްފަހު ގިނަ ބައަކު އެކަމަށް ހިތާމަކުރާކަން އެއީ މިބުނީ ތެދެއްކަން އަނގައިދޭ ކަމެކެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *