ވަށަފަރު މީހުން އުނބަށް ޖެހުން ހާދިސާއަށް ބިނާކޮށް ހަދާފައިވާ މޮނިއުމަންޓް ހުޅުވައިފި

ހއ. ވަށަފަރުގެ ރަށުރަމްޒެއްގެ ގޮތުގައި ހަދާފާއިފާ މޮނިއުމަންޓް ހުޅުވައިފިއެވެ. މިމޮނިއުމަންޓް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ވަށަފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޑރ.ޢަބްދުﷲ ނާޒިމްއެވެ.

ވަށަފަރު ރަށުރަމްޒް މޮނިއުމަންޓު ހުޅުވައިދެއްވައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ މިފަދަ މަސައްކަތްތަކުން ރަމްޒުކޮށްދެނީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ރަށުގެ ތަރައްޤީއަށް ގެންގުޅޭ ވިސްނުންކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން މިއިން ވަރަށް ބޮޑަށް ހާމަވެގެންދާކަމަށް ވަޒީރު ނާޒިމް ވިދާޅުވިއެވެ. އަދި ރަށުގެ ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރާ މި ފަދަ މަސައްކަތްތަކަކީ ރަށުގެ ތަރައްޤީއަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަށަފަރުގައި ހަދާފައިވާ ރަށު ރަމްޒު ނުވަތަ މޮނިއުމަންޓަކީ އެރަށަށް ނިސްބަތްވާ ވަށަފަރު މީހުން އުނބަށް ޖެހުން މިހާދިސާއަށް ބިނާކޮށް ހަދާފައިވާ މޮނިއުމަންޓެކެވެ. މޮނިއުމަންޓުން ފެނިގެން ދަނީ އުނބެއްގެ މަތީގައި ބަހައްޓާފައިވާ ރިޔާނެގި ދޯންޏެކެވެ. އަދި ދޯނި ކައިރީގައި މަޑިއަކާއި ކޯމަހެއްވެސް ހަދާފައިވެއެވެ މިމޮނިއުމަންޓް ފުރިހަމަވެގެން ދަނީ ދޯނީގެ ކައިރީގައި ހުރި ހުސް އުނބުތަކުންނެވެ. ދޯނި ބަހައްޓާފައިވާ ބޮޑު އުނބު ވަނީ ފެން ފައިބާ ގޮތަށް ފަރުމާކޮށްފައެވެ. މުޅި މޮނިއުމަންޓު ދަށުގައި ވަނީ މަސްގެންގުޅޭގޮތަށް ޓޭންކެއް ހަދާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *