ދީނީ ޢިލްމުވެރިޔާ ޝައިޚް ފަރީދު އަވަހާރަވެއްޖެ

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިބްރާހިމް ފަރީދު އަޙްމަދު އަވަހާރަވެއްޖެ އެވެ.

ޝައިޚް ފަރީދު އަވަހާރަވީ ޚިދުމަތް ޖަމްއިއްޔާގެ ޓީމަކާއެކު މީގެކުޑަވަގުތުކޮޅެއް ކުރިން މެލޭޝިޔާގެ އެއާޕޯޓަށް ވަޑައިގަތްފަހުން ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ފަރީދަކީ އިސްލާމްދީނާއި ރަސޫލާގެ ސުންނަތަށް މީހުންގެ ހޭލުންތެރިކުރުމަށް ތަފާތު ގިނަ ދަރުސްތަކެއް ދެއްވާފައިވާ އިލްމުވެރިއެކެވެ. އަދި މިއަދާ ހަމައަށްވެސް އެމަސައްކަތުގައި ޝައިޚް ވަނީ ދެމިހުންނަވާފައެވެ.

އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުނު ބޭފުޅެކެވެ. މަޝްހޫރު އޮގަސްޓް 12 އަދި 13ގެ ހަރަކާތާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ވެސް ޝެއިހް ހިމެނެ އެވެ.

ޝެއިހް ފަރީދަކީ މިނިވަން ބަހުސްގައި ވެސް ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. ޝެއިހް ވަނީ އިސްލާމް ދީނުގައި މަޝްވަރާކުރުމާއި ޚިޔާލު ފާޅުކުރުމަށް އޮތް މިނިވަންކަމާ ގުޅޭ ގޮތުން ވަކާލާތު ކުރައްވައިފަ އެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *