އަންނަ މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ޚިދުމަތް ފެށިގެންދާނެ: ރައީސް

ވެވަޑައިގަތް ވައުދުފުޅާ އެއްގޮތަށް އަންނަ މަސް (ޖުލައި) ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވެފައިވަނީ "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ، ޖުލައި ނިމުމުގެ ކުރިން ބ އަތޮޅުގަައި ފެރީގެ ޚިދުމަތް ފައްޓަވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އެ އަތޮޅުގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދެން ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ހިދުމަތް ފައްޓަވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅު ވެސް ފުއްދިގެންދާނެ ކަމަށާއި އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވެސް ކުރިއަށްދާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގަތް ވައުދުފުޅާ އެއްގޮތަށް ރ. އަތޮޅުގައި ިއަދު ފެރީގެ ހިދުމަތް ފަށާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި ހިދުމަތް ފެށުމުގެ މުނާސަބަތުގައި ރ އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބުނީ އެ އަތޮޅުގެ ރައްޔިތުންނަށް އާރްޓީއެލް ފެރީގެ ހިދުމަތްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން މިއަދުން ފެށިގެން ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.

ނަމަވެސް ޖުލައި ތިންވަނަ ދުވަހުން ފެށިގެން ފެރީން ދަތުރު ކުރެވޭނީ ޓިކެޓް ނަގައިގެން ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

ފެރީގެ ޓިކެޓް އާރްޓީއެލް ވެބްސައިޓް މެދުވެރިކޮށް އަދި އާރްޓީއެލް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނެގެން ހުންނާނެކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

އާރްޓީއެލް ހިދުމަތް ފޯރުކޮށްދިނުން ޓްރާންސްޕޯޓް މިނިސްޓްރީން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.

އާރްޓީއެލް މަޝްރޫއަކީ މުޅިރާއްޖެ ތިން ފޭހަކަށް ބަހާލައިގެން ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *